ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދޮގު ޚަބަރު ނުފެތުރުމަށް ނިމާލްގެ އާއިލާއިން އެދިއްޖެ

31 ޑިސެމްބަރު 2025 ވަނަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެމުން އަންނަ މަޝްހޫރު އެކްޓަރު އަޙްމަދު ނިމާލް ނިޔާވެއްޖެކަމަށް ބުނެ ބައެއް ފޭސްބްކް ޕޭޖްތަކާއި ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާތީ ދޮގު ޚަބަރު ނުފެތުރުމަށް ނިމާލްގެ އާއިލާއިން އެދިއްޖެއެވެ.

ވާނުވާ ނަމަކަށް ކިޔާ ފޭސްބްކް ޕޭޖެއްގައި ވާނުވާ ނޭނގި ތިބެ ފަތުރާފައިވާ ޚަބަރަށް ނިމާލްގެ ދެ ދަރިން ކޮމެންޓްކުރަމުން ބުނެފައިވަނީ ދޮގު ޚަބަރު ނުފެތުރުމަށެވެ.

ތީ ދޮގު ޚަބަރެއް. ބައްޕަގެ ހާލު، އިންޝާﷲ އިއްޔެއަށް ވުރެން މިއަދު ރަނގަޅު. ހެޔޮއެދުންތަކާއި ދުޢާތައް ކޮށްދޭތީ އެންމެނަށް ޝުކުރިއްޔާ ❤️

ފިލްމީ ފަންނާނުން ހިމެނޭ އާއްމު ވައިބަރ ގްރޫޕްގައި ނިމާލްގެ ދަރިފުޅު އަދި މަޝްހޫރު އެކްޓަރު ޖުމައްޔިލް ނިމާލް އާއްމުކުރި މެސެޖްގައި ބުނެފައިވެއެވެ.

އިތުބާރު ހުރި މަސްދަރަކުން ނިމާލްގެ ދަރިފުޅު ޖުމައްޔިލްއާ ހަވާލާދީ ބުނެފައިވަނީ ފަތަރަމުންދަނީ ދޮގު ޚަބަރެއް ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top