ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމުތަކުން ބައްޕަގެ ރޯލު ކުޅުނު ނައީމް ނިޔާވެއްޖެ

ދިވެހި ފިލްމީ ދާއިރާގައި “ނުފޫޒުގަދަ ބައްޕަ”އެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ މުޙައްމަދު ނައީމް އުމުރުން 71 އަހަރުގައި ނިޔާވެއްޖެއެވެ.

މުޙައްމަދު ނައީމް އާންމުންގެ މެދުގައި އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ ނުފޫޒުގަދަ ބައްޕައެއް ރޯލުތަކުންނެވެ. މިގޮތުން ދިވެހި ފިލްމު އޯޑިއަންސް މިއަދުވެސް އެ ފިލްމެއްގެ މަތިން ހަނދާންނައްތައިނުލެވިފައިވާ ފިލްމު “ޒުލޭޚާ”ގެ އިތުރުން އެކި ޑްރާމާތަކުގައި ވެސް އޭނާ ވަނީ ރުޅިގަދަ އަދި ހަރުކަށި ބައްޕައެއްގެ ރޯލުތައް ކުޅެ ބެލުންތެރިންގެ ސަމާލުކަން ހޯދާފައެވެ.

ދިވެހިންގެ މެދުގައި މަޝްހޫރުވެގެން ދިޔަ “ގޮވިއްޖެ ނަދުރު” ލަވައިގައިވެސް މަޝްހޫރު ތަރިން ކަމަށްވާ މަރިޔަމް ނިޝާއާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އޭނާ ފެނިގެންދެއެވެ.

ނައީމްގެ ކަށުނަމާދު މިއަދު މެންދުރުނަމާދަށް ފަހު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top