ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ނޭޕާލު ޕޮލިހާއި ފޫލާދު ވެސް ފެށީ މޮޅަކުން
ފޮޓޯ. ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީލީގުގެ ތިންވަނަ މެޗުން ނޭޕާލްގެ ނޭޕާލް ޕޮލިސް ކުލަބު އަދި ހަތަރުވަނަ މެޗުން އީރާނުގެ ފޫލާދު މުބާރަކާ ސެޕަހާން މޮޅުވެއްޖެއެވެ.

ތިންވަނަ މެޗުން ނޭޕާލު ޕޮލިސް ކުލަބު މޮޅުވީ އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކުލަބާއި ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބް އަތުން ސީދާ ތިން ސެޓުން ބަލިވެފައިވާ ހޫމޯގެ ފެށުން މިމެޗްގައި ފެނުނީ ވަރުގަދަ ކޮށެވެ. ފުރަތަމަ ސެޓް ނިންމަން ދެޓީމަށް ވެސް ފުރުސަތު ލިބުނުއިރު، މިސެޓް ނޭޕާލު ޕޮލިސް ހޯދީ 30-28 އިންނެވެ. ދެވަނަ ސެޓު 25-21 އިން ހޫމޯ ހޯދުމާއިއެކު މެޗްގެ ފޯރި ގަދަވިއެވެ. ތިންވަނަ ސެޓް 21-25 އިން ހޯދައި މެޗް ނިންމުމުގެ ފުރުސަތު ނޭޕާލް ޕޮލިސް ތަނަވަސް ކުރިއިރު ހަތަރުވަނަ ސެޓްގައި ވެސް ހޫމޯ އިން ރަނގަޅު ކުޅުމެއް ދެއްކިއެވެ. ހަތަރުވަނަ ސެޓް ނޭޕާލު ޕޮލިސް ހޯދީ 23-25 އިންނެވެ. މި މެޗުން ވީ ބައްޔާއިއެކު ހޫމޯ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.

ފޮޓޯ. ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން

މުބާރާތުގެ ހަތަރުވަނަ މެޗްގައި ބައްދަލުކުރީ ދިވެހިރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބާއި އީރާނުގެ ފޫލާދު މުބާރަކާ ސެޕަހާންއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ފޫލާދު މުބާރަކާ ސެޕަހާން ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ.

މިމެޗްގެ ފުރަތަމަ ސެޓް ފަސޭހަކަމާއިއެކު 25-14 އިން ފޫލާދު ހޯދި ނަމަވެސް، ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 25-23 އިން ހުރާ ކޮމިއުނިޓީ ވަނީ ހޯދާފައެވެ. ދެވަނަ ސެޓްގައި ދެއްކި ކުޅުން ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓްގައި ހުރާ ކޮމިއުނިޓީއަކަށް ނުދެއްކުނެވެ. ފަސޭހަކަމާއެކު 14-25 ތިންވަނަ ސެޓް އަދި 25-12 އިން ހަތަރުވަނަ ސެޓް ހޯދައި ފޫލާދު މެޗް ކާމިޔާބުކުރިއެވެ.

މިމުބާރާތުގެ ދެމެޗް މިއަދާއި މިރޭ ވެސް އޮންނާނެ އެވެ. ހަވީރުގެ މެޗްގައި ބައްދަލު ކުރާނީ ދިވެހިރާއްޖޭގެ ވެމްކޯ އާއި ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކުލަބުއެވެ. ރޭގަނޑުގެ މެޗްގައި ބައްދަލު ކުރަނީ ފޫލާދު މުބާރަކާ ސެޕަހާން އާއި ނޭޕާލް ޕޮލިސް ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top