ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ތުނޑީ ބަނދަރު މިސްކިތް” ހުޅުވައިފި
ލ. ގަން “ތުނޑީ ބަނދަރު މިސްކިތް” - ފޮޓޯ: ލ. ގަން ކައުންސިލް

– މިއީ 342 މީހުންގެ ޖާގައިގެ މިސްކިތެއް

ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރި އައު މިސްކިތް “ތުނޑީ ބަނދަރު މިސްކިތް” 06 ފެބްރުއަރީ 2026ވީ ހުކުރުދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ.

ހުކުރު ނަމާދަށް ފަހު މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް، އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރާއި ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީ އެވެ.

11 މެއި 2023 ގައި ޢަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ޒަމާނީ ސްޓައިލަކަށް ފަރުމާކޮށްފައިވާ މި މިސްކިތަކީ މިވަގުތު ގަމުގައި ހުރި އެންމެ ހިތްގައިމު މިސްކިތްކަން ފާހަގަކޮށްލެވެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ލޯ ރަތްބެ5 މަސް ކުރިން

އަސްލުވެސް ވަަރަށް ރީތި މިސްކިލެއް

Home
Menu
Search
Back to top