ޕާކިސްތާން ޑްރާމާ ސިލްސިލާ “ރަންގް ދޭ” ފަށަން ތައްޔާރުވެއްޖެއެވެ.
ޝެހެޒާދު ޝެއިޚް އަދި ސަބީނާ ފާރޫޤް ލީޑް ރޯލުން ފެނިގެންދާ “ރަންގް ދޭ” ގެ މުހިންމު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ސުނީތާ މާޝަލް، އަޒްފަރް ރެހްމާން، ސަމީނާ އަހްމަދު، ހީނާ ބަޔާތު، މަހްމޫދު އަސްލަމް، ސޮހައިލް ސަމީރް، ބީނިޝް ޗޯހަން، ޒައިނަބް ރާޒާ، އާޣާ މުސްތަފާ ހަސަން، ފަހީމާ އަވަން އަދި ސޮހައިލް މައްސޫދު ފަދަ ތަރިން ހިމެނެއެވެ.
މިއީ ދިރިއުޅުމުގައި ކުރިމަތިވި ބޭވަފާތެރިކަމަށްފަހު އަލުން ލޯބި ހޯދުމަށް ފަސްޖެހޭ މަންމައަކަށް އެހީތެރިވުމަށްޓަކައި އަންހެން ދަރިއަކު ކުރާ ޖަޒުބާތީ ދަތުރެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ޑްރާމާއެކެވެ. މި ޑްރާމާގައި އާއިލީ ގުޅުންތަކާއި ހިތްވަރާއި ދިރިއުޅުމުގައި ދެވަނަ ފުރުސަތެއް ހޯދުމުގައި ކުރިމަތިވާ ޖަޒުބާތީ ގޮންޖެހުންތައް ދައްކުވައިދޭނެއެވެ.
ރުކްސާނާ ނިގާރްގެ ސްކްރީންޕްލޭއަކަށް އުފައްދާފައިވާ މި އަސަރުގަދަ ޑްރާމާ ޑައިރެކްޓްކުރީ ސައްޔިދު އަހްމަދު ކަމްރާންއެވެ. ޕްރޮޑިއުސްކުރީ ސެވެންތު ސްކައި އެންޓަޓެއިންމެންޓް ކުޑައިގެ ދަށުން އަސަދު ޤުރޭޝީއާއި ޢަބްދުﷲ ކަދުވާނީއެވެ.
ޖީއޯ ޓީވީއިން ދައްކާ “ރަންގް ދޭ” ދައްކަން ފަށާނީ މި ހިނގާ މާރިޗު މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. ކޮންމެ ރެއެއްގެ 21:00 ގައި އާ އެޕިސޯޑްތައް ގެނެސްދޭން ނިންމާފައިވާ “ރަންގް ދޭ” ގެ އެޕިސޯޑްތައް ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރްޕަލް ޖީއޯއިންވެސް ބަލައިލެވޭނެއެވެ.
