ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސަބުދެލި: ނުކައި ދޫކޮށްލާވަރު މޭވާއެއް ނޫން

ދުޅަހެޔޮ ސިއްޙަތަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ އެއްޗެކެވެ. ދުޅަހެޔޮ ސިއްޙަތަކަށް މޭވާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ބަލާއިރު ސަބުދެއްޔަކީ ހަށިގަނޑަށް ބޭނުންވާ ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ފައިބަރާއި ވިޓަމިންސް އަދި މިނަރަލްސް އިން މުއްސަނދިވެފައިވާ މި މޭވާއަކީ ގިނަ މޭވާތަކާއި ޚިލާފަށް ބޭރުން ބަލައިލާއިރު މާ ކާހިތްވާ ކަހަލަ ގޮތެއް ނެތް ނަމަވެސް އަނގައަށް މީރު ފޮނި މޭވާއެކެވެ.

ސަބުދެލިން ލިބޭ މައިގަނޑު ސިއްޙީ ފައިދާތައް:

ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދިނުން: މީގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭތީ ހަޖަމުކުރުމަށް އެހީތެރިވެދީ، ބަނޑޫ ހިކުމުން ސަލާމަތްކޮށްދެއެވެ. އަދި ބަނޑަށް ފައިދާހުރި ބެކްޓީރިއާ އާލާކޮށްދެއެވެ.

ދިފާޢީ ނިޒާމު ވަރުގަދަކުރުން: ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްތަކުން މުއްސަނދިވެފައިވާތީ، ބަލިތަކުން ރައްކާތެރިކޮށްދީ ދިފާޢީ ބާރު ގަދަކޮށްދެއެވެ.

ވަގުތުން ހަކަތަ ލިއްބައިދިނުން: ޤުދުރަތީ ހަކުރު (ފްރަކްޓޯޒް އަދި ސޫކްރޯޒް) ގިނަ އަދަދަކަށް ހިމެނޭތީ، މިއީ ވަގުތުން ހަކަތަ ލިއްބައިދޭ، ކުޅިވަރު ކުޅޭ މީހުންނަށް ވަރަށް ރަނގަޅު މޭވާއެކެވެ.

ހިތުގެ ދުޅަހެޔޮކަން: މީގައި ހިމެނޭ ޕޮޓޭސިއަމް އަދި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ލޭގެ ޕްރެޝަރު ހަމަހިފަހައްޓައިދީ، ލޭ ދައުރުވުން ރަނގަޅުކޮށްދީ، ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.

ހަމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަން: ވިޓަމިން އޭ، އީ އަދި ސީގެ ސަބަބުން ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށާއި، އުމުރުން ދުވަސްވުމުން ފެންނަ އަސަރުތައް ކުޑަކުރުމަށް އެހީވެދެއެވެ.

ނަފްސާނީ ހަމަޖެހުމާއި ނިދުމަށް އެހީތެރިވުން: މިއީ ނާރުތައް ރިލެކްސްކޮށްދީ، ހާސްކަން ކުޑަކޮށްދީ، ނިދުމުގެ ފެންވަރު ރަނގަޅުކޮށްދޭ މެގްނީޒިއަމް ހިމެނޭ މޭވާއެކެވެ.

ކަށީގެ ދުޅަހެޔޮކަން: ކަށިތައް ވަރުގަދަކުރުމަށް ބޭނުންވާ ކެލްސިއަމް، ދަގަނޑު އަދި ފޮސްފަރަސް ފަދަ މާއްދާތައް މީގައި އެކުލެވިގެންވެއެވެ.

ސަބުދެއްޔަކީ ރަނގަޅަށް ދޮންވެ ފާވުމުން ކެއުމަށް ވަރަށް މީރު ފޮނި މޭވާއެކެވެ. ހުހަށް ކެއުމުގެ އިތުރުން އާންމުކޮށް ސަބުދެލި ބޭނުންކުރަނީ ސްމޫތީ އަދި މިލްކްޝޭކް ހެދުމަށެވެ. އަދި އައިސްކްރީމް ތައްޔާރުކުރުމަށްވެސް ސަބުދެލި ބޭނުންކުރެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top