ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
“މަސްތީ” އެނގެނީ ކިހާ ވަރަކަށް؟

2004 ވަނަ އަހަރު ބޮލީވުޑުން ނެރުނު “މަސްތީ” ފިލްމު ބެލިންތަ؟ އެ ފިލްމު ބެލިއިރު ނުހީ ނުހުރެވުނު ދޯއެވެ. ތަފާތު ކޮމެޑީއެއްގެ ގޮތުގައި ފާހަގަކޮށްލެވުނު މި ފިލްމަކީ ލޯބީގެ ހިތްގައިމު އަސަރުގަދަ ފިލްމުތަކެއް ގެނެސްދިން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިންދަރް ކުމާރުގެ ފުރަތަމަ ފުލް ކޮމެޑީ ފިލްމެވެ.

ފިލްމުގެ ތަރިން:

އަޖޭ ދޭވްގަން، ވިވެކް އޮބެރޯއީ، ރިތޭޝް ދޭޝްމުކް، އަފްތާބް ޝިވްދަސާނީ، ލާރާ ދައްތާ، ޖެނީލިއާ ޑި’ސޫޒާ، އަމްރީތާ ރާއޯ އަދި ތާރާ ޝަރްމާ މުހިންމު ރޯލުތައް ކުޅުނު މި ފިލްމަކީވެސް “އޮރިޖިނަލް ޗޮއިސް” ގެ ތަރިން ލިބުނު ފިލްމެއް ނޫނެވެ. ގިނަ ތަރިންނަކީ ބަދަލު ތަރިންނެވެ.

– ރިތޭޝް ދޭޝްމުކް ކުޅުނު އަމަރްގެ ރޯލާއި އަފްތާބް ޝީވްދަސާނީ ކުޅުނު ޕްރޭމްގެ ރޯލު ފުރަތަމަ ހުށަހެޅީ ފަރްދީން ޚާން އާއި ސައިފް ޢަލީ ާޚާންއަށެވެ. އެ ދެ ތަރިން ފިލްމަށް ސޮއިކުރުމަށްފަހު ފަހުން ވަނީ ފިލްމުން ވަކިވެފައެވެ. ނަމަވެސް ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

– ލާރާ ދައްތާ ކުޅުނު މޮނިކާގެ ރޯލަށް ފުރަތަމަ ސޮއިކުރީ ބިޕާޝާ ބާސޫއެވެ. ނަމަވެސް އޭނާވެސް ވަނީ ފިލްމުން ވަކިވެފައެވެ.

– އަމްރީތާ ރާއޯ ކުޅުނު އާނޗަލްގެ ރޯލު ފުރަތަމަ ހުށަހެޅީ އަމީޝާ ޕަޓޭލްއަށެވެ. ނަމަވެސް ކުރިން ސޮއިކޮށްފައި ހުރި އެހެން ފިލްމުތަކުގެ މަސައްކަތުގައި ބިޒީވުމުގެ ސަބަބުން އޭނާ ވަނީ އެ ރޯލު ދޫކޮށްލާފައެވެ.

– އަޖޭ ދޭވްގަން ކުޅުނު ސިކަންދަރްގެ ރޯލުވެސް ފުރަތަމަ ހުށަހެޅީ އަޖޭއަކަށް ނޫނެވެ. އެ ރޯލު އަޖޭއަށް ލިބުނީ “ލަކްޝިޔާ”ގެ ޝޫޓިން ކުރިއަށްދާތީ އެ ރޯލު ހުށަހެޅުނު ރިތިކް ރޯޝަން ނޫނެކޭ ބުނުމުންނެވެ.

– އަޖޭ ދޭވްގަން ފިޔަވައި މި ފިލްމުގައި ހަރަކާތްތެރިވި ހުރިހާ ތަރިންނަކީ ވެސް އިންދަރްއާ އެކުގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރި ތަރިންނެވެ.

އިންދަރްގެ ލޯބީގެ ފިލްމުތަކަށް ނިމުމެއް:

މި ފިލްމަކީ އިންދަރް ކުރިން ގެނެސްދިން “ދިލް”، “ބޭޓާ”، “ރާޖާ”، “އިޝްޤް”، “މަން”، “އާޝިޤް” އަދި “ރިޝްތޭ” ފަދަ ހިތްގައިމު ލޯބީގެ ފިލްމުތަކަށް ނިމުމެއް ގެނެސްދިން ފިލްމެވެ. އޭނާ އުފައްދަމުން އައި ލޯބީގެ ފިލްމުތަކަށް ނިމުމެއް ގެނައީ އޭނާ ގެނެސްދިން “މަން” އާއި “އާޝިޤް” އަށް ލިބުނު ފިނި ތަރުޙީބުގެ އިތުރުން “ރިޝްތޭ” ބޮކްސް އޮފީހުގައި ފްލޮޕް ވުމުން ލޯބީގެ ފިލްމުތަކަށް ބެލުންތެރިންގެ ޝައުޤުވެރިކަން ކުޑަވެފައިވާކަމަށް އޭނާއަށް ޤަބޫލުކުރެވޭތީއެވެ.

ފްރެންޗައިޒެއްގެ ފެށުން:

“މަސްތީ” ގެ މި ފިލްމަށް ބޮކްސް އޮފީހުގައި “ހިޓް” އެއްގެ ދަރަޖައާއެކު ލިބުނު ކާމިޔާބީ އިތުރު ބައިތަކަކަށް ދެމިގެން ދިޔައެވެ. އެގޮތުން މިހާތަނަށް މި ފްރެންޗައިޒްގެ 4 ފިލްމެއް ގެނެސްދިންއިރު ފާޑުކިޔުންތެރިންގެ ތަޢުރީފު ލިބުނީ ހަމައެކަނި މި ފިލްމަށެވެ. އެންމެ ފަހުން ގެނެސްދިން ދެ ފިލްމު ކަމަށްވާ “ގްރޭޓް ގްރޭންޑް މަސްތީ” އަދި “މަސްތީ 4” ބޮކްސް އޮފީހުގައި ވެސް ނާކާމިޔާބުވީއިރު، ދެވަނަ ފިލްމު “ގްރޭންޑް މަސްތީ” ވަނީ ސުޕަހިޓެއްގެ ދަރަޖަ ހޯދާފައެވެ.

– މި ފިލްމަކީ އެންމެ ފުރަތަމަ ހިންދީ އެޑަލްޓް ކޮމެޑީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.

ފިލްމުގެ ލަވަތައް:

ފިލްމުގެ ލަވަތައް އެދުވަސްވަރު ވަރަށް މަޝްހޫރުވިއެވެ. އަނަންދު ރާޖް އަނަންދު މިއުޒިކް ތައްޔާރުކޮށްދިން މި ފިލްމުގެ ލަވަތައް ކިޔައިދީފައިވަނީ އުދިތު ނާރަޔަން، ޝާން، ސްނޭހާ ޕެންޓް، އަބީޖީތު ބަޓަޗާރިޔާ، ގަޔަތުރީ އިޔަރް، އަނަންދު ރާޖް އަނަންދު އަދި މެގްނާ އޮބެރޯއީއެވެ. މި ލަވަތަކުގެ ތެރެއިންވެސް އެންމެ މަޝްހޫރުވީ ޝާން އާއި ސްނޭހާ ޕެންޓްގެ އަޑުން އިވިގެންދިޔަ “އޮން ދަ ރޫފް އިން ދަ ރެއިން” އެވެ.

2004 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 9 ގައި ސިނަމާތަކުގައި އެޅުވި “މަސްތީ” އާ ބެހޭގޮތުން އެހާ އާންމު ނޫން ވާހަކަތަކެއް ހިއްސާކޮށްލެވުނު ކަމަށް އުންމީދުކުރަމެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top