ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މާ ކުޅިކޮށް ނުކާތި!
ފޮޓޯ: އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރެއް / މުނިއަވަސް

ދިވެހީންނަކީ ޒަމާނުއްސުރެ ކުޅިކޮށް ކެއުމަށް ލޯބިކުރާ ބައެކެވެ. ރިހައާއި، ގަރުދިޔަ އަދި ތަފާތު ސޯސްތަކުގައި ގިތެޔޮ މިރުސް ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ކެއުމުގެ ސަގާފަތުގެ މުހިންމު ބައެކެވެ. ނަމަވެސް، މާބޮޑަށް ކުޅިކޮށް ކެއުމަކީ އޭގެ ސަބަބުން ސިއްޙަތަށް ތަފާތު އަސަރުތަކެއް ކުރާ ކަމެކެވެ. މީގެ ތެރޭގައި ފައިދާތަކާއި ގެއްލުންތައް ވެސް ހިމެނެއެވެ.

މިރުހުގައި އެކުލެވޭ “ކެޕްސެއިސިން” އަކީ ސިއްޙީ ގޮތުން ބައެއް ފައިދާތައް އެކުލެވޭ މާއްދާއެކެވެ. މި މާއްދާއަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށްދީ، ކޮންމްވެސް މިންވަރަކަށް ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، މެދުމިންވަރަކަށް ކުޅިކޮށް ކެއުމަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ބާރުއަޅައިދޭ ކަމެކެވެ. މީގެ އިތުރުން، ކުޅިކޮށް ކެއުމުން ހަށިގަނޑުގައި “އެންޑޯފިން” އިތުރުވެ، އުފާވެރިކަމުގެ އިޙުސާސް ގެނެސްދެއެވެ.

ނަމަވެސް، މާބޮޑަށް ކުޅިކޮށް ކެއުމަކީ ގޮހޮރާއި ބަނޑުގެ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. ޚާއްސަކޮށް ބަނޑުގައި ރިއްސުމާއި، އެސިޑް ރިފްލަކްސް ނުވަތަ މޭ އެންދުމުގެ މައްސަލަ މާބޮޑަށް ކުޅިކޮށް ކެއުމުން އިތުރުވެއެވެ. ބަނޑުގެ ފާރު ހުންނަ މީހުންނަށް މާ ކުޅިކޮށް ކެއުމަކީ ބަލި އިތުރަށް ގޯސްވެ، ތަދު ބޮޑުވާ ކަމެކެވެ. މީގެ އިތުރުން، މާބޮޑަށް ކުޅިކޮށް ކެއުމުގެ ސަބަބުން ނިދުމަށް އުނދަގޫވުމާއި، ބައެއް މީހުންނަށް ބޭރަށް ހިންގުން ފަދަ އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހެއެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކޮންމެ ކަމެއްގައި ވެސް މެދުމިންގަނޑެއް އިޚްތިޔާރުކުރުމަށް ބާރުއަޅުއްވާފައިވެއެވެ. ކެއިންބުއިމުގައި ވެސް މާބޮޑަށް ހައްދުފަހަނައަޅައި ދިއުމަކީ ނުވަތަ ހަށިގަނޑަށް ގެއްލުންވާ މިންވަރަށް ތަކެތި ބޭނުންކުރުމަކީ ދީނީ ގޮތުން ވެސް ބާރުއަޅާ ކަމެއް ނޫނެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހަމަހަމަ ގޮތެއްގައި ލިބިދޭ، މެދުމިނުގެ ކެއުމެއް އިޚްތިޔާރުކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

މާ ކުޅިކޮށް ކެއުމަކީ ކާތަކެތީގެ ރަހަ މީރުކޮށްދޭ ކަމެއް ކަމުގައި ވިޔަސް، އޭގެ ސަބަބުން ސިއްޙީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އެހެންކަމުން، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކެއުމުގައި ކުޅިކަން އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށް، އަމިއްލަ ހަށިގަނޑަށް އެންމެ ފައިދާހުރި މިންވަރަކަށް ބޭނުންކުރުން މުހިންމެވެ. ކޮންމެ އެއްޗަކީ ވެސް މާ ގިނަވުމުން އޭގެ ގެއްލުން ވާނެ އެއްޗެއްކަން ހަނދާނުގައި ބަހެއްޓުން މުހިންމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top