ބިގްގޭމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އޮފީސްލީގު 2026 ފުޓްސަލް މުބާރާތުގެ ހަތް ވަނަ ރޭ ގެ ކުޅުން ނިމި މުބާރާތުގެ ކުއާޓާރއަށް ދަތުރުކުރި ޓީމްތައް ޔަގީންވެއްޖެއެވެ. ހަތް ވަނަ ރޭ ކުޅެވުނީ ޕްލޭއޮފްގެ 4 މެޗެވެ.
ރޭ ކުޅެވުނު މެޗްތަކާއި ނަތީޖާތައް:
ޕްލޭއޮފްގެ ފުރަތަމަ މެޗް
މިފްކޯ 5 – 0 ކުލަބް ހައްޖު
މެޗް ފެށީއްސުރެ މޮޅަށް ކުޅުނު މިފްކޯއިން މިމެޗް ކާމިޔާބުކުރީ ފަސޭހަކަމާއިއެކުއެވެ. ގުރޫޕް އޭ ގައި ހިމެނުނު މި ދެޓީމު ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗް ވެސް މިފްކޯއިން ކާމިޔާބު ކޮށްފައިވަނީ މިނަތީޖާއިންނެވެ. މިމެޗުން މޮޅުވުމުން ކުއާޓާރ ފައިނަލްގައި މިފްކޯ ބައްދަލުކުރަން ޖެހޭނީ، މިފްކޯ ވެސް ހިމެނުނު އޭ ގުރޫޕުން އެއްވަނަ ހޯދި ސްޓެލްކޯ އާއެވެ.
ލަނޑު ޖެހި ކުޅުންތެރިން:
އަހްމަދު އަނޫފް ( މިފްކޯ ) 1 ލަނޑު
ހަސަން ޒާހިދު ( މިފްކޯ ) 1 ލަނޑު
މުޙައްމަދު ރިފްޝާން ( މިފްކޯ ) 1 ލަނޑު
ސަމްވީލް މުޙައްމަދު ( ކުލަބް ހައްޖު ) 1 ލަނޑު ( ބައިކޮޅަށް )
މެޗްގެ މޮޅު ކުޅުންތެރިޔާ: މުޙައްމަދު ރިފްޝާން ( މިފްކޯ )
ޕްލޭއޮފްގެ ދެ ވަނަ މެޗް
އެމްޓީސީސީ 3 – 0 ސިޓީސް މިނިސްޓްރީ
ސަރުކާރުގެ ހިންގުމަށް އައި ބަދަލާއި ގުޅިގެން ސިޓީސް މިނިސްޓްރީ އުވާލާފައިވާތީ، މިމެޗް ވަނީ 3 – 0 އިން އެމްޓީސީ މޮޅުވީ ކަމަށް ނިންމައިފައެވެ. މިމެޗުން އެމްޓީސީސީ މޮޅުވީ ކަމަށް ނިންމުމާއިއެކު އެޓީމަށް ވަނީ ކުއާޓާރ ފައިނަލްގެ ޖާގައެއް ކަށަވަރު ވެފައެވެ. ކުއާޓާރ ފައިނަލްގައި އެމްޓީސީސީ ބައްދަލުކުރަން ޖެހެނީ އެމްޓީސީސީ އާ އެއްގުރޫޕެއްގައި ހިމެނި، އެގުރޫޕްގެ އެއްވަނަ ހޯދި އެމްއައިބީ އާއެވެ.
ޕްލޭއޮފްގެ ތިން ވަނަ މެޗް
ކަސްޓަމްސް 4 – 2 ރައީސް އޮފީސް
މިއީ ގުރޫޕް ސީ އިން ޕްލޭއޮފްއަށް އައި ދެޓީމެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުން ކަސްޓަމްސް މޮޅުވެ ކުއާޓާރ ފައިނަލްގެ ޖާގައެއް ހޯދިއިރު، ކުއާޓާރ ފައިނަލްގައި އެޓީމް ބައްދަލު ކުރަން ޖެހޭނީ މިދެޓީމާއިއެކު ގުރޫޕް ސީ ގައި ހިމެނި ގުރޫޕްގެ އެއްވަނަ ހޯދި އެސްޓީއޯ އާއެވެ.
ލަނޑު ޖެހި ކުޅުންތެރިން:
ސައްމާމް ސަމީރު ( ކަސްޓަމްސް ) 1 ލަނޑު
މުޙައްމަދު މައުމޫން ( ކަސްޓަމްސް ) 1 ލަނޑު
އިމާދް މުޙައްމަދު ( ކަސްޓަމްސް ) 1 ލަނޑު
އަލީ ސަމީރު ( ކަސްޓަމްސް ) 1 ލަނޑު
އައިމަން ތައުފީގު ( ރައީސް އޮފީސް ) 2 ލަނޑު
މެޗްގެ މޮޅު ކުޅުންތެރިޔާ: ސައްމާމް ސަމީރު ( ކަސްޓަމްސް )
ޕްލޭއޮފްގެ ހަތަރު ވަނަ މެޗް
ޕޮލިސް ކުލަބް 2 – 0 މެޑްޓެކް
ގުރޫޕް ޑީ އިން ޕްލޭއޮފްއަށް އައި މި ދެޓީމު ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗުން 3 -1 އިން ޕޮލިސް މޮޅުވި ނަމަވެސް، ކުރިން މެޗަށްވުރެ މިމެޗް ފެނުނީ އުނދަގޫކޮށެވެ. މިމެޗުން މޮޅުވި ޕޮލިސް ކުއާޓާރ ފައިނަލްގައި ބައްދަލުކުރާނީ މި ގުރޫޕްގެ އެއްވަނަ ހޯދި ކުލަބް އާސަންދަ އާއެވެ.
ލަނޑު ޖެހި ކުޅުންތެރިން:
އާދަމް ނިޒާމް ( ޕޮލިސް ކުލަބް ) 1 ލަނޑު
މުޙައްމަދު މާދިހް ( ޕޮލިސް ކުލަބް ) 1 ލަނޑު
މެޗްގެ މޮޅު ކުޅުންތެރިޔާ: އަލީ ރިސްވާން ( ޕޮލިސް ކުލަބް )
މިމުބާރާތުގެ ކުއާޓާރ ފައިނަލް މެޗްތައް އޮންނާނީ 17 ވަނަ ދުވަހުގެ ރޭ އެވެ.
ކުއާޓާރ ފައިނަލް މެޗްތައް:
މެޗް 1 ސްޓެލްކޯ – މިފްކޯ
މެޗް 2 އެމްއައިބީ – އެމްޓީސީސީ
މެޗް 3 އެސްޓީއޯ – ކަސްޓަމްސް
މެޗް 4 ކުލަބް އާސަންދަ – ޕޮލިސް ކުލަބް
