ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
16 އަހަރަށްފަހު ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފި
ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސްޕެއިން ހޯދައިފިއެވެ. ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފްރާންސާއި ސްޕެއިންނެވެ. ޔުނައިޓެޑް ސްޓޭޓްސްގެ ޑަލަސްގައި ކުޅުނު މި މެޗުން ސްޕެއިން މޮޅުވީ 2-0 އިންނެވެ. މިއީ ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން ކުޅޭ ދެވަނަ އަހަރެވެ. 2010 ގެ ވޯލްޑް ކަޕް ޗެމްޕިއަންއަކީ ސްޕެއިންއެވެ.

1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިން ކެޕްޓަން ޑެޝޯމްޕްސްގެ، ކޯޗުކަމުގައި 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރިއެވެ. ފްރާންސަކީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ވެސް ރަނަރަޕް ޓީމެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވިފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ސްޕެއިނުން ޖެހީ މެޗުގެ 22 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ފްރާންސްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ލަމީން ޔަމާލަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ލީޑު ނަގައިދިނީ މިކޭލް އޮޔާޒަބާލްއެވެ. މިއީ ވޯލްޑް ކަޕްގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރު ވޯލްޑް ކަޕް ފައިނަލުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ، ފްރާންސްގެ އެޓޭކްތައް ހުއްޓުވުމުގައި ސްޕެއިންގެ ޑިފެންޑަރުން ކާމިޔާބު ހޯދި މި މެޗުގައި އެ ޓީމުގެ ކީޕަރު ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކުއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސްޕެއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މި ލަނޑަކީ ޑެނީ އޮލްމޯ ފަހިކޮށްދިން ފުރުސަތެއްގައި ޕެޑްރޯ ޕޯރޯ ޖަހައިދިން ލަނޑެކެވެ.

މި މެޗުން މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ސްޕެއިން ހޯދިއިރު، ފައިނަލްގައި އެ ޓީމާއި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗު ނިމުމުންނެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި އިންގްލެންޑެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top