ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުލަބް މޯލްޑިވްސް ކުލެސިކް 2026 ޗެމްޕިއަންކަން ބިނާރާ ހޯދައިފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް ކުލެސިކް މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ބިރާނާ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ވޭތުވެދިޔަ އަހަރުގެ ރަނަރަޕް މަގާމު ހޯދި ކުލަބް ބިނާރާ އާއި ކުރިމިނަލް ކޯޓެވެ.

ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ.

ބިނާރާގެ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން، މެޗުގެ ފަސްވަނަ މިނެޓުގައި ޔައިޝް މުސްތަފާ ވަނީ ކުރިމިނަލް ކޯޓަށް ލީޑު ނަގައިދީފައެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ކުލަބް ބިނާރާއަށް އެކަން ކާމިޔާބުވީ ފުރަތަމަ ހާފުގެ ފަހުކޮޅުއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ރުވާއުއެވެ. މި ލަނޑަށްފަހު މެޗުގެ ކޮންޓްރޯލް ހޯދައި ކުލަބް ބިނާރާއިން ގިނަ ފުރުސަތުތަކެއް ފަހިކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރާލުމަށްޓަކައި ދެ ޓީމުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

ކުލަބް ބިރާނާގެ ހަމަލާއެއް ހުއްޓުވަން މަސައްކަތްކުރި ކުރިމިނަލް ކޯޓުގެ ކީޕަރު އޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން، ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ކުރިމިނަލް ކޯޓު ކޮޅަށް ބިނާރާއިން ދެވަނަ ލަނޑު ޖެހީ 23 ވަނަ މިނެޓުގައި އިސްމާއިލް އަޒުހާންއެވެ.

މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ކުރިމިނަލް ކޯޓުގެ ޔައިޝް މުސްތަފާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑެއް ދައްކާފައިވާއިރު ކުރިމިނަލް ކޯޓުގެ އޮފިޝަލަކަށް ވެސް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ކުރިމިނަލް ކޯޓުން ނަތީޖާ ހަމަހަމަ ކުރީ 24 ވަނަ މިނެޓުގައި މުޙައްމަދު ހައްސާނު ޖަހައިދިން ލަނޑުންނެވެ. ހައްސާނުގެ ލަނޑަށް މާ ގިނައިރެއްނުވެ ޢަބްދުﷲ ނާހިލް ވަނީ ދެވަނަ ފަހަރަށް ބިނާރާއަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފަހުކޮޅު މުޙައްމަދު ހައްސާނު ޖަހައިދިން ދެވަނަ ލަނޑާއިއެކު ކުރިމިނަލް ކޯޓުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަވެފައި އޮތުމުން ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ކުލަބް ބިނާރާއިން ކާމިޔާބުކުރީ 1-3 އިންނެވެ.

4-6 އިން މެޗު ކާމިޔާބުކޮށް ކުލަބް ބިނާރާ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިސްމާއިލް އަޒުހާންއެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކީ ބީސީސީގެ ޢަބްދުﷲ ލޫތުއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ބީސީސީއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަކީ ކުރިމިނަލް ކޯޓުގެ ޔައިޝް މުސްތަފާ އާއި ކުލަބް ބިނާރާގެ އަޙްމަދު ރުވާއުއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކުރިމިނަލް ކޯޓުގެ ޔައިޝް މުސްތަފާ، ކުލަބް ބިނާރާގެ އަޙްމަދު ރުވާއު، ކުލަބް ބިނާރާގެ މުޙައްމަދު މިންވާލް، އަވްސެކްގެ އިބްރާހީމް ޒިޔާން، ކުލަބް ބިރާނާގެ ކީޕަރު މުޙައްމަދު ރައުޝަންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކުލަބް ކުރިމިނަލް ކޯޓުގެ ޔައިޝް މުސްތަފާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކުލަބް ބިރާނާގެ ކޯޗު މުޙައްމަދު އިހުސާން ސައީދެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top