ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލަމީން ޔަމާލް، އޭނާގެ ކޮއްކޮ ކީން އާއެކު ސްޕެއިންގެ ވޯލްޑް ކަޕް ކާމިޔާބީ ފާހަގަކޮށްފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތަށި ސްޕެއިން ކާމިޔާބުކުރުމާ ގުޅިގެން، ލަމީން ޔަމާލްގެ އުމުރުން އެންމެ ތިން އަހަރުގެ ކޮއްކޮ ކީން، ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގެ ދަނޑުމައްޗަށް އަރައި އެ އުފަލުގައި ބައިވެރިވެއްޖެއެވެ. މި މުބާރާތުގެ ތެރޭގައި ކީން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައި، ކުޑަކުޑަ ސެލެބްރިޓީއަކަށް ވެފައެވެ.

2026ގެ ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި ފޯރިގަދަ މެޗު 1-0 އިން ކާމިޔާބުކޮށް، ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދިއިރު، ކީން ހުރީ އޭނާގެ މަންމަ ޝީލާ އެބާނާ އާއެކު ސްޓޭޑިއަމްގައެވެ. މެޗު ނިމުމުން ކީން ދަނޑުމައްޗަށް އަރައި އޭނާގެ ބޭބެ ލަމީން އާއެކު އުފާފާޅުކުރިއިރު، އޭނާއަކީ ލަމީން އާއި ސްޕެއިން ޓީމުގެ އެންމެ ބޮޑު ސަޕޯޓަރުކަން ވަނީ ސާބިތުކޮށްދީފައެވެ.

ޝީލާ އެބާނާ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ އާއިލާއާއި ކީންއާއެކު ސްޓޭޑިއަމް ބޭރުގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. ދަރިފުޅުގެ ކެރިއަރުގެ މި މުހިންމު ދުވަހު ޝީލާ ހުރީ ލަމީންގެ ނަންބަރު 19 ޖަހާފައިވާ ޖާޒީއަކާއި، އޭނާގެ ނަމާއި ނަންބަރު ޖަހާފައިވާ ހާއްސަ ދަބަހެއް ހިފައިގެންނެވެ. ކުޑަކުޑަ ކީން ވެސް ހުރީ އޭނާގެ ބޭބެއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން 19 ނަންބަރު ޖާޒީއެއްގައެވެ.

މި އުފާވެރި ވަގުތުކޮޅުގައި ލަމީންއާ އެންމެ ގާތް މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ލަމީންގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ ސޮހައިބް ހިމެނެއެވެ. މަޓާރޯގެ ރޮކަފޮންޑާ އަވަށުގައި އެކުގައި ބޮޑުވި ސޮހައިބަކީ ލަމީންއަށް ބޭބެއެއް ފަދަ މީހެކެވެ. ކީން އުރައިގެން ހުރީ ވެސް އޭނާއެވެ. މީގެ އިތުރުން ކީންގެ ބައްޕައާއި، ޝީލާގެ ބައިވެރިޔާގެ އިތުރުން ލަމީންގެ ފަހުލަވާނު މުހައްމަދު އަބްދޭ ވެސް މި ގްރޫޕުގައި ހިމެނެއެވެ. ޝީލާ ވަނީ “މުޅި ގޭންގު އޮތީ ތައްޔާރަށް” ކަމަށް ބުނެ ފޮޓޯއެއް ހިއްސާކޮށްފައެވެ.

ކޮއްކޮ ކީންއަށް ލަމީންގެ ހިތުގައި އޮތް ލޯބި

މެޗު ނިމުމާއެކު ކީން ދަނޑުމައްޗަށް އެރީ އޭނާގެ ބޭބެއާއެކު އުފާފާޅުކުރުމަށެވެ. މުޅި މުބާރާތުގެ ތެރޭގައި ވެސް ލަމީން ވަނީ ކީންއަކީ އޭނާގެ އެންމެ ގާތް މީހާކަން ހާމަކޮށްފައެވެ.

ސްޕެއިން އާއި އޮސްޓްރިއާ ބައްދަލުކުރި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލަމީން ބުނީ، އޭނާގެ ކޮއްކޮ އާއި މަންމަ އުފަލުގައި ތިބޭތަން ފެނުމުން ވަރަށް ބޮޑަށް އަސަރުކުރާ ކަމަށެވެ. “މަންމަ އަބަދުވެސް ދެކެމުން އައި ހުވަފެނީ ދިރިއުޅުން މިއަދު ލިބިފައިވާތީ ވަރަށް އުފާވޭ. ފުޓްބޯޅައަށްވުރެ ބޮޑަށް، ކޮންމެ ކުއްޖެއްގެ ވެސް އެންމެ ބޮޑު ހުވަފެނަކީ މިއީ،” ލަމީން ބުންޏެވެ. އަދި އޭނާގެ ކޮއްކޮއަކީ އޭނާއަށް ހުރިހާވެސް އެއްޗެއް ކަމަށާއި، އަމިއްލަ ދަރިއެއް ފަދައިން އެ ކޮއްކޮދެކެ އިންތިހާއަށް ލޯބިވާކަން ވެސް އޭނާ ފާހަގަކުރިއެވެ.

ވޯލްޑް ކަޕް ކާމިޔާބީގެ ފާހަގަކުރުންތަކުގެ ތެރެއިން، ކީން އޭނާގެ ބޮލަށްވުރެ ބޮޑު ތޮއްޕެއް އަޅައިގެން ހުރި މަންޒަރު ކެމެރާތަކަށް ވަނީ އަރާފައެވެ. އޭނާގެ ފަހަތުގައި ލަމީން ހުރީ ވަރަށް ފަރުވާތެރިކަމާއެކު ކޮއްކޮއަށް ބަލަހައްޓައިގެންނެވެ. އަދި މެޓްލައިފް ސްޓޭޑިއަމްގެ ސެކިއުރިޓީ އޮފިސަރެއްގެ އަތުން އަތުލައިގެން ފުލުސް ތޮއްޕެއް އަޅައިގެން ކީން ހުރި ލޯބި މަންޒަރުތަކެއް ވެސް ވަނީ ފެނިގެން ގޮސްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top