ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކަސްޓަޑް ބްރެޑް ޕުޑިންގް – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏲️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 10 މިނެޓް
⏲️ ކައްކަން ހޭދަވާ ވަގުތު: 1 ގަޑިއިރު 30 މިނެޓް
⏲️ ޖުމްލަ ވަގުތު: 1 ގަޑިއިރު 40 މިނެޓް
🍽️ މިންވަރު: 12 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

🍳 4 ފޮތި ޕާން
🍳 ¼ ޖޯޑު ހިކި މޭބިސްކަދު (ނުވަތަ ބޭނުންވާ މިންވަރަކަށް)
🍳 ⅛  ސައިސަމުސާ ފޮނިތޮށި ކުނޑި (ނުވަތަ ބޭނުންވާ މިންވަރަކަށް)
🍳 1 ކުއާޓް (ގާތްގަނޑަކަށް 4 ޖޯޑު) ހާފް-އެންޑް-ހާފް (ކިރާއި ކްރީމް އެއްކޮށްފައިވާ ކިރު)
🍳 1 ޖޯޑު ހުދު ހަކުރު
🍳 4 ބޮޑު ކުކުޅު ބިސް
🍳 1 ސައިސަމުސާ ވެނީލާ އެސެންސް
🍳 ¼ ސައިސަމުސާ ލޮނު

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އެންމެ ފުރަތަމަ އަވަން 150 ޑިގްރީ ސެލްސިއަސް (300 ޑިގްރީ ފަރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ.

2 – 9×13 އިންޗީގެ ފިހަން ބޭނުންކުރާ ތަބަކެއްގައި ޕާން ފޮތިތައް އަތުރާލުމަށްފަހު، އޭގެ މައްޗަށް ހިކި މޭބިސްކަދު އަދި ފޮނިތޮށި ކުނޑި ބުރުވާލާށެވެ.

3 – މިކްސަރަކަށް ހާފް-އެންޑް-ހާފް، ހަކުރު، ބިސް، ވެނީލާ އެސެންސް އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އޮމާންވަންދެން ގިރާލާށެވެ. މިގޮތަށް ތައްޔާރުކުރި މިކްސްޗަރު، ތަބަކުގައި ހުރި ޕާންތަކުގެ މައްޗަށް އޮއްސާލާށެވެ.

4 – ދެން ޕުޑިންގް ތަބަކަށްވުރެ ބޮޑު އެހެން ތަބަކެއްގެ ތެރެއަށް ޕުޑިންގް ތަބައް ލާށެވެ. ބޮޑު ތަބަކުގެ ތެރެއަށް، ޕުޑިންގް ތަބަކުގެ ދެބައިކުޅަ އެއްބަޔަށް އަރާވަރަށް ހޫނުފެން އަޅާށެވެ.

5 – ކުރިން ހޫނުކުރަން ޖެއްސި އަވަނުގައި ގާތްގަނޑަކަށް 1 ގަޑިއިރާއި ބައި ވަންދެން، ޕުޑިންގް ރަނގަޅަށް ހަރުވަންދެން ފިހާށެވެ.

6 – މި ޕުޑިންގް ހޫނުކޮށް ނުވަތަ ފިނިކޮށްވެސް ސާވް ކުރެވިދާނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
ކަށްޑެވި – ބާބު 03
56 މިނެޓް ކުރިން
އުއްމީދު – ކުރު ވާހަކަ
1 ގަޑިއިރު ކުރިން
މާރވޭމްޕްސް – ބާބު 07
2 ގަޑިއިރު ކުރިން
Home
Menu
Search
Back to top