ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަމާޒަކީ ހުރިހާ ތައްޓެއް ހޯދުން” : ނިއުރޭޑިއަންޓް
ފޮޓޯ: ނިއުރޭޑިއަންޓް ފޭސްބުކް ޕޭޖް

2026/2027 ގެ ފުޓްބޯޅަ ސީޒަންގެ ހުރިހާ ތަށްޓެއް ހޯދުމަށް އަމާޒުކޮށް ނިއުރޭޑިއަންޓު ސްޕޯރޓްސް ކުލަބް ވަރުގަދަކޮށްފިއެވެ. ނިމިދިޔަ ސީޒަންގެ ދިވެހި ޕްރެމިއާ ލީގުގެ ތިންވަނަ ހޯދައި، ޤައުމީ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުމުގެ އިތުރުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ނިއުރޭޑިއަންޓުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ މި ސީޒަންގެ ހުރިހާ ތަށްޓެއް ހޯދައި ދިވެހި ފުޓްބޯޅައިގެ ރަސްކަމުގައި އެ ޓީމު އޮތް އޮތުމަށް ކާމިޔާބުގެ ބޮޅެއް އިތުރުކުރުމެވެ. އަދި ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ އަޑިގަނޑުން ނަގައިދީ އަލުން ފުޓްބޯޅައިގެ ފޯރި ގެނައުމެވެ.

މީގެ ކުރިން ވެސް ސީޒަންގެ ހުރިހާ ތަށްޓެއް ހޯދާފައިވާ ނިއުރޭޑިއަންޓުން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިންނާއި ދިވެހި ބައެއް ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. ނިމިދިޔަ ސީޒަންގައި ވެސް ނިއުރޭޑިއަންޓްގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލް ކުޅުންތެރިޔާ ގިލްހާމް ލުއިސް ގޯމޭޒް ޑަ ސިލްވާ އާއި ލައިބީރިޔާ ޤައުމީ ޓީމުގެ ކެޕްޓަން އަބްދުލްލައި ބިލިޓީގެ އިތުރުން މިއަހަރު އެ ޓީމާއި ގުޅުނު ބިދޭސީ ކުޅުންތެރިންނަކީ ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓޮން ގޯމޭޒް ނަޝިމެންޓޯ އާއި ލައިބީރިޔާގެ ޤައުމީ ޓީމުގެ ޑިފެންޑަރ އަލްބާޓް ކޭ ސްވަން އެވެ.

މި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ފޯވާޑް ގޯމޭޒް ނަޝިމެންޓޯ އަކީ މިދިޔަ ސީޒަންގައި ބަނގުލަދޭޝްގެ ބަޝުންދުރަ ކިންގްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން، މިވަގުތު އޭޝިޔާ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. ގޯލާއި ރައްޓެހި ފޯވާޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނަޝިމެންޓޯ ނިމިދިޔަ ސީޒަންގައި ބަޝުންދުރަ ކިންގަށް ކުޅެދިން 16 މެޗުން 19 ލަނޑު ޖަހާފައިވާއިރު، އެ ޓީމުން ހޯދި ހުރިހާ ކާމިޔާބެއްގައި އޭނާގެ ހިއްސާ ބޮޑެވެ. ބައިނަލްއަޤުވާމީ ކެރިއަރުގައި 300 އާ ގާތްކުރާ އަދަދަކަށް އޭނާ ވަނީ ލަނޑު ޖަހާފައެވެ. ބްރެޒިލްގެ ޓީމުތަކުގެ އިތުރުން ޗައިނާގެ ބައެއް ޓީމުތަކާއި އިންޑިޔާގެ ބައެއް ޓީމުތަކަށް ވެސް ނަޝިމެންޓޯ ކުޅެފައިވެއެވެ.

ނިއުރޭޑިއަންޓާއި އަލަށް ގުޅުނު ދިވެހި ކުޅުންތެރިންނަށް ބަލާލާއިރު، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް މުޙައްމަދު ނާއިމް އާއި ޖޫނިއާރ ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީ ހިމެނެއެވެ.

ނިމިދިޔަ ސީޒަންގައި ބުރު ސްޕޯރޓްސްގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރި ނާއިމް ވަނީ ދިވެހި ޕްރިމިއާ ލީގުގައި އެކަނި ވެސް އެ ޓީމަށް 12 ލަނޑު ޖަހައިދީފައެވެ. ނިމިދިޔަ ސީޒަންގައި ވެލެންސިޔާގައި މޮޅު ކުޅުމެއް ދެއްކި އީތަން އަކީ އެ ޓީމުގެ ކެޕްޓަނެވެ. އަދި ދާދިފަހުން ނިމުނު ޔޫތު ޗެމްޕިއަންޝިޕްގައި 19 އަހަރުން ދަށު ފުޓްބޯޅަ މުބާރާތުގެ ދެވަނަ ނިއުރޭޑިއަންޓް ހޯދިއިރު، އެ ޓީމުގެ ކެޕްޓަނަކީ ވެސް އީތަން އެވެ.

މި ސީޒަންގައި ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރެއެވެ. ފުޓްބޯޅަ ސީޒަން ރަސްމީކޮށް ފެށުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މި މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top