ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޭބިސްކަދުރުން ސިއްހީ އައު ފައިދާތަކެއް ސައިންސްވެރިންނަށް ފެނިއްޖެ
މޭބިސްކަދުރު ކެއުމުން އިންސާނުންގެ ލޮލުގެ ސިއްހަތަށް ފައިދާކުރޭ / މުނިއަވަސް ފައިލްސް

މޭބިސްކަދުރު ކެއުމުގެ ސަބަބުން ލޮލުގެ ފެނުމަށް މުހިންމު މާއްދާއެއް ކަމަށްވާ ‘މެކިއުލާ ޕިގްމަންޓް’ އިތުރުވެ، ހަށިގަނޑަށް ގެއްލުންދޭ ބައެއް ބަޔޯމާކްސްތަކުގެ މިންވަރު ދަށްކޮށްދޭކަން ހާމަވެއްޖެއެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، 16 ހަފުތާ ވަންދެން ގަވާއިދުން މޭބިސްކަދުރު ކެއުމުން އުމުރުން ދުވަސްވީ މީހުންގެ ލޮލުގެ ދުޅަހެޔޮކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެއެވެ. ‘ފުޑް އެންޑް ފަންކްޝަން’ މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބަލާފައިވަނީ މޭބިސްކަދުރު ކެއުމުން ލޮލުގެ މެކިއުލާ ޕިގްމަންޓް އިތުރުވުމަށާއި ލޮލުގެ ސިއްހަތާ ގުޅުންހުރި އެހެނިހެން މާއްދާތަކަށް ކުރާ އަސަރަށެވެ.

މިއީ މި މައުޟޫއަށް އިންސާނުން ބޭނުންކޮށްގެން ހެދި ފުރަތަމަ ދިރާސާއެވެ. މީގެ ކުރިން ހަދާފައިވާ ވަގުތީ ދިރާސާތަކުން ވެސް މޭބިސްކަދުރަކީ ލޮލުގެ ފަހަތު ފަށަލަ ނުވަތަ ރެޓިނާގެ ރައްކާތެރިކަމަށް އެހީތެރިވެދޭ އެއްޗެއްކަން ވަނީ ފާހަގަކުރެވިފައެވެ.

އުމުރުން ދުވަސްވުމާއި ކާނާގައި ހިމެނޭ އެންޓިއޮކްސިޑަންޓްސް

އުމުރުން ދުވަސްވާ ވަރަކަށް ލޮލުގެ ބަލިތަކާއި ފެނުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާކަން ސައިންސްވެރިން ފާހަގަކުރެއެވެ. ލޮލުގެ ބަލިތައް ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ‘އޮކްސިޑޭޓިވް ސްޓްރެސް’ އާއި ‘އެޑްވާންސްޑް ގްލައިކޭޝަން އެންޑް ޕްރޮޑަކްޓްސް’  ލޮލުގައި އިތުރުވުން ހިމެނެއެވެ. އެޑްވާންސްޑް ގްލައިކޭޝަން އެންޑް ޕްރޮޑަކްޓްސްގެ ސަބަބުން ރެޓިނާގެ ލޭހޮޅިތަކަށް ގެއްލުންވެ، ލޮލުގެ ސެލްތަކުގެ މަސައްކަތަށް ބުރޫއަރައެވެ.

ކާނާގައި ހިމެނޭ އެންޓިއޮކްސިޑަންޓްސްގެ ސަބަބުން އޮކްސިޑޭޓިވް ސްޓްރެސް ކުޑަކޮށްދީ، އެޑްވާންސްޑް ގްލައިކޭޝަން އެންޑް ޕްރޮޑަކްޓްސް އުފެދުން ހުއްޓުވައިދެއެވެ. މީގެ ސަބަބުން ރެޓިނާގެ ދުޅަހެޔޮކަން އިތުރުވެ، މެކިއުލާ ޕިގްމަންޓް އޮޕްޓިކަލް ޑެންސިޓީ ރަނގަޅުވެއެވެ. މޭބިސްކަދުރަކީ ގުދުރަތީ ގޮތުން މިފަދަ އެންޓިއޮކްސިޑަންޓްސް އާއި ޕޮލިފީނޯލްސް މުއްސަނދި މޭވާއެކެވެ.

މިވެސް ކިޔާލަން:  ބޮލީވުޑް ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުންތަކެއް

ދިރާސާގެ ތަފުސީލާއި ނަތީޖާ

މި ދިރާސާގައި 34 މީހުން ބައިވެރިކޮށް، 16 ހަފުތާގެ މުއްދަތަށް އެއްބަޔަކަށް ކޮންމެ ދުވަހަކު ބައި ޖޯޑު މޭބިސްކަދުރު ދެވުނެވެ. އަދި އަނެއް ބަޔަކަށް ދެވުނީ ޕްލަސީބޯ (އަސްލު މޭބިސްކަދުރު ނޫން އެއްޗެއް) އެވެ. މޭބިސްކަދުރު ކޭ މީހުންގެ ލޮލުގެ ‘މެކިއުލާ ޕިގްމެންޓް އޮޕްޓިކަލް ޑެންސިޓީ’ އިތުރުވެ، ލޭގައި އެންޓިއޮކްސިޑަންޓްސް ހުރި މިންވަރު ބޮޑުތަނުން މަތިވެފައިވާކަން ފާހަގަކުރެވުނެވެ. ނަމަވެސް، މޭބިސްކަދުރު ނުކާ މީހުންގެ ހަށިގަނޑުން ގެއްލުންދެނިވި އެޑްވާންސްޑް ގްލައިކޭޝަން އެންޑް ޕްރޮޑަކްޓްސް އިތުރުވެފައިވާކަން ހަމުގެ ޓެސްޓުތަކުން ދެއްކިއެވެ.

ޑރ. ޖަންގް އީން ކިމް ވިދާޅުވި ގޮތުގައި، “މިއީ މޭބިސްކަދުރު ކެއުމުން އިންސާނުންގެ ލޮލުގެ ސިއްހަތަށް ފައިދާކުރާކަން ހާމަވި ފުރަތަމަ ދިރާސާއެވެ. މިއީ ވަރަށް އުންމީދީ ނަތީޖާއެކެވެ.” އަދި މޭބިސްކަދުރަކީ ފަސޭހައިން ލިބޭ މޭވާއަކަށް ވެފައި، ދުވާލަކު އެންމެ ބައި ޖޯޑު މޭބިސްކަދުރު ކެއުމުން ވެސް މި ފައިދާ ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top