ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
ދިލް މެރާ ތޯޅް ދިޔާ އުސްނޭ – ދިމާނަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މިއީ ލޯބީގައި ހިތް ހަލާކުވެފައިވާ ފަރާތްތަކަށް ވަރަށް ކަމުދާނެ ލަވައެކެވެ. މެލޮޑީ ކުއީން އަލްކާ ޔަގްނިކްގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ މި ލަވައަކީ 2001 ވަނަ އަހަރު ނެރުނު މަޝްހޫރު ލީގަލް ތުރިލާ “ކުސޫރް” ގެ ލަވައެކެވެ.

ޅެންވެރިޔާ ސަމީރުގެ ޅެންވެރިކަމުން ފައްކާކޮށްފައިވާ މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ މަޝްހޫރު މިއުޒިކް ޑުއޯ ނަދީމް – ޝްރަވަން އެވެ.

ވިކްރަމް ބަޓް ޑައިރެކްޓްކޮށްފައިވާ “ކުސޫރް” ގެ މި ލަވައިން ފެނިގެންދަނީ ފިލްމުގެ ބަތަލާ ލީސާ ރޭ އާއި އަޕުރްވާ އަގްނިހޮޓްރީ އެވެ.

ހިންދީ ލަވައާއި މާނަ

ދިލް މެރާ ތޯޅް ދިޔާ އުސްނޭ، ބުރާ ކިޔޫން މާނޫން

އޭނާ އަހަރެންގެ ހިތް ހަލާކުކޮށްލުމުން، އެކަމާ އަހަރެން ހިތްބަރުކުރަންވީ ކީއްވެ ހެއްޔެވެ؟

ދިލް މެރާ ތޯޅް ދިޔާ އުސްނޭ، ބުރާ ކިޔޫން މާނޫން

އޭނާ އަހަރެންގެ ހިތް ހަލާކުކޮށްލުމުން، އެކަމާ އަހަރެން ހިތްބަރުކުރަންވީ ކީއްވެ ހެއްޔެވެ؟

އުސްކޯ ހަޤް ހޭ ވޯ މުޖޭ ޕިޔާރް ކަރޭ ޔާ ނާ ކަރޭ

އަހަރެންދެކެ ލޯބިވުމާއި ނުވުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެކެވެ.

ދިލް މެރާ ތޯޅް ދިޔާ އުސްނޭ، ބުރާ ކިޔޫން މާނޫން

ވީއިރު އޭނާ އަހަރެންގެ ހިތް ހަލާކުކޮށްލުމުން، އެކަމާ އަހަރެން ހިތްބަރުކުރަންވީ ކީއްވެ ހެއްޔެވެ؟

*****

ޕެހެލޭ މާލޫމް ނާ ތާ އާޖު ޔޭ މޭނޭ ސަމްޖާ

ކުރިން ނޭނގުނު ކަމެއް މިއަދު އަހަންނަށް ވިސްނިއްޖެއެވެ.

ޕިޔާރް ކެހެތޭ ހޭ ޖިސޭ ވޯ ހޭ ދިލޯން ކާ ސައުދާ

މިވެސް ކިޔާލަން:  "ޝޭރްޝާހް" މިމަހު 12 ގައި ރިލީޒް ކުރަނީ

ލޯތްބޭ މިކިޔާ އެއްޗަކީ ހިތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތެކެވެ.

ދިލް ކީ ދަޅުކަން ކޯ ބަލާ ކައިސޭ ކޮއީ ޤައިދު ކަރޭ

ހިތުގެ ތެޅުން ހިފަހައްޓައި ބަންދުކުރެވޭނީ ފަހެ ކާކަށް ހެއްޔެވެ؟

ޔޭ ތޯ އާޒާދު ހޭ ޖަބް ޗާހޭ ޖަހާ އާހޭ ބަރޭ

ހިތަކީ މިނިވަން އެއްޗެކެވެ. ބޭނުން އިރަކު، ބޭނުން ތަނެއްގައި ހިތުގެ އާހްތައް ބޭރުކުރެވިދާނެއެވެ.

އުސްކޭ ރާސްތޭ މޭ ކަޅީ ކިޔޫނ ކޮއީ ދީވާރު ކަރޭ

ވީއިރު އޭނާގެ މަގަށް ހުރަސްއަޅާ ފާރަކަށް އަހަރެން ވާންވީ ކީއްވެ ހެއްޔެވެ؟

އުސްކޭ ރާސްތޭ މޭ ކަޅީ ކިޔޫނ ކޮއީ ދީވާރު ކަރޭ

އޭނާގެ މަގަށް ހުރަސްއަޅާ ފާރަކަށް އަހަރެން ވާންވީ ކީއްވެ ހެއްޔެވެ؟

އުސްކޯ ހަޤް ހޭ ވޯ މުޖޭ ޕިޔާރް ކަރޭ ޔާ ނާ ކަރޭ

އަހަރެންދެކެ ލޯބިވުމާއި ނުވުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެކެވެ.

ދިލް މެރާ ތޯޅް ދިޔާ އުސްނޭ، ބުރާ ކިޔޫން މާނޫން

ވީއިރު އޭނާ އަހަރެންގެ ހިތް ހަލާކުކޮށްލުމުން، އެކަމާ އަހަރެން ހިތްބަރުކުރަންވީ ކީއްވެ ހެއްޔެވެ؟

*****

ސާރޭ ވާދޯން ކާ ބްރަމް ޕަލް މޭން ވޯ ތޯޅް ގަޔާ

ވީ ހުރިހާ ވަޢުދެއްގެ އިތުބާރު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ މުގުރާލައިފިއެވެ.

ޣަމް ކޭ ޖިސް މޯޅް ޕޭ ލާކޭ ވޯ މުޖޭ ޗޯޅް ގަޔާ

ހިތާމައިގެ އެ ބޮޑު މަގުއޮޅުމެއްގެ ތެރެއަށް، އޭނާ އަހަރެން ދޫކޮށްލާފައި އެދިޔައީއެވެ.

މޭން އުސީ މޯޅް ކީ ދެހްލީޒް ޕޭ ސޯ ޖާއޫންގީ

މިވެސް ކިޔާލަން:  ސަންނުގެ ހަތަރުމައިންގެ ހުނަރުވެރިކަން "ޔާ ސްޓޫޑިއޯ" ގެ ދެ ކުރު ފިލްމުން

އެ ދޫކޮށްލި ހިސާބުގައި އަހަރެން ނިދާފާނަމެވެ.

އުމްރު ބަރް އުސްކޭ ލިޔޭ އަޖްނަބީ ހޯ ޖާއޫންގީ

އަދި މުޅި އުމުރަށް އޭނާއަށް ބީރައްޓެއްސަކަށް ވެދާނަމެވެ.

ހަރް ސިތަމް ޝައުޤު ސޭ މުޖްޕޭ ދިލްދާރު ކަރޭ

އޭނާ ކުރާ ކޮންމެ އަނިޔާއެއް އަހަރެން އުފަލާއެކު ބަލައިގަންނާނަމެވެ.

ހަރް ސިތަމް ޝައުޤު ސޭ މުޖްޕޭ ދިލްދާރު ކަރޭ

އޭނާ ކުރާ ކޮންމެ އަނިޔާއެއް އަހަރެން އުފަލާއެކު ބަލައިގަންނާނަމެވެ.

އުސްކޯ ހަޤް ހޭ ވޯ މުޖޭ ޕިޔާރް ކަރޭ ޔާ ނާ ކަރޭ

އަހަރެންދެކެ ލޯބިވުމާއި ނުވުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެކެވެ.

ދިލް މެރާ ތޯޅް ދިޔާ އުސްނޭ، ބުރާ ކިޔޫން މާނޫން

ވީއިރު އޭނާ އަހަރެންގެ ހިތް ހަލާކުކޮށްލުމުން، އެކަމާ އަހަރެން ހިތްބަރުކުރަންވީ ކީއްވެ ހެއްޔެވެ؟

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top