ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަޖޭގެ “ގޯލްމާލް 5 ” ރިލީޒްކުރަނީ ޑިސެމްބަރުގައި؟
ފޮޓޯ: ގޫގަލް

ހިންދީ ސިނަމާގެ އެންމެ މަޤުބޫލު އެއް ކޮމެޑީ ފްރެންޗައިޒް ކަމަށްވާ “ގޯލްމާލް” ގެ ފަސްވަނަ ފިލްމު ރިލީޒްކުރާ ތާރީޚާ ގުޅޭގޮތުން ފެތުރެމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

ރޯހިތް ޝެޓީ ޕިކްޗަރޒްގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު “ގޯލްމާލް 5” ރިލީޒްކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ފިލްމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނުވަތަ ރިލީޒްކުރާ ތާރީޚެއް ރަސްމީކޮށް އިޢުލާން ކުރާނީ ފިލްމުގެ ޓީމުން ކަމަށްވެސް އޭނާގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ސައްޙަ ނޫން މަޢުލޫމާތު ނުފެތުރުމަށް މީޑިއާތަކަށް އިލްތިމާސްކުރަމުން ތަރުޖަމާނު ބުނެފައިވަނީ، މިވަގުތު މުޅި ޓީމުން މަސައްކަތް ކުރަމުންދަނީ ބެލުންތެރިން ގަޔާވާނެ ފަދަ މޮޅު ފިލްމެއް އުފެއްދުމަށް ކަމަށެވެ.

އަޑުފެތުރިފައިވާ ގޮތުގައި، “ގޯލްމާލް 5” ރިލީޒްކުރަން ހަމަޖެހިފައިވަނީ ޕްރަބާސްގެ “ފައުޖީ” އަދި އަކްޝޭ ކުމާރުގެ އާ ފިލްމާ އެއް ދުވަހެއްގައެވެ. ނަމަވެސް މި އާ ޚަބަރާއެކު އެ ވާހަކަތަކަށް މިވަނީ ނިމުން އައިސްފައެވެ.

“ގޯލްމާލް 5” އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. މި ފިލްމުން އަޖޭ ދޭވްގަން، އަރުޝަދު ވަރްސީ، ތުޝާރު ކަޕޫރު، ކުނާލް ކޭމޫ އަދި ޝްރެޔާސް ތަލްޕަޅޭ ފެނިގެންދާނެއެވެ. އަދި ފުރަތަމަ ފިލްމަށްފަހު ފެނިފައިނުވާ ޝަރުމަން ޖޯޝީވެސް މި ފަހަރު ފިލްމުގެ ކާސްޓުގައި ހިމެނެއެވެ. މީގެ އިތުރުން އަކްޝޭ ކުމާރު އަދި ޕްރިޔާ މަނީ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިވެސް ކިޔާލަން:  ޑާކް ރެއިން އެންތޮލޮޖީ "ގުޅުން" - ޕްރީޕްރޮޑަކްޝަން ކުރިއަށް

ޚަބަރުތައް ބުނާގޮތުގައި އަކްޝޭ ކުމާރު މި ފިލްމުގައި ފެނިގެންދާނީ ތަފާތު “ބޯލްޑް” ލުކެއްގައެވެ. އަދި އޭނާ ފެނިގެންދާނީ ކޮމެޑީގެ ތެރެއިން ނެގެޓިވް ކެރެކްޓަރއަކުން ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top