ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޗިއާ ސީޑްސްގެ ސިއްހީ ފައިދާތަކުން ތަފާތު ވާހަކަތަކެއް!

ޗިއާ ސީޑްސްއަކީ ޖިންސީ ދުޅަހެޔޮކަމަށް ބޭނުންކުރެވިދާނެ ގުދުރަތީ އަދި ފައިދާހުރި އެއްޗެކެވެ. މިއީ ދުޅަހެޔޮ ޖިންސީ ދިރިއުޅުމަކަށް ބޭނުންތެރި އެއްޗެއްކަން އެކި ދިރާސާތަކުން ވަނީ ހާމަވެފައެވެ.

ކުޑަކުޑަ ޗިއާ ސީޑަކީ ހަމައެކަނި މިޒަމާނުގެ “ސުޕަރފުޑް” އެއް ނޫނެވެ. މިއީ ޖިންސީ އެދުންވެރިކަމާއި ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ ސިއްރު ހަތިޔާރަކަށް ވެދާނެއެވެ. ޗިއާ ސީޑަކީ ‘ސަލްވިއާ ހިސްޕަނިކާ’ ނަމަކަށް ކިޔާ ގަހަކުން ލިބޭ އޮށެކެވެ. މީގައި އެކުލެވޭ މުއްސަނދި ކާނާގެ ބައިތަކާއި ސިއްހީ ފައިދާތަކުގެ ސަބަބުން ފަހަކަށް އައިސް މީގެ ބޭނުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު އެއްޗެކެވެ.

ޗިއާ ސީޑްގެ ތާރީޚު
މޮލިކިއުލް ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި، ޗިއާ ސީޑަކީ އެންމެ ފުރަތަމަ މެސޮޕޮޓޭމިއާގެ ހަޟާރާތްތަކުގައި ބޭނުންކުރި އެއްޗެކެވެ. އޭގެ ފަހުން އެތައް ގަރުނެއް ވަންދެން މީގެ ބޭނުން މެދުކެނޑިފައި އޮތުމަށްފަހު، އަލުން ފެނިފައިވަނީ 20 ވަނަ ގަރުނުގެ މެދުތެރޭގައެވެ.

ކާނާގެ މުއްސަނދިކަން
ޗިއާ ސީޑްގައި އޮމެގާ-3 ފެޓީ އެސިޑް، ފައިބަރު، ޕްރޮޓީން، ވިޓަމިން އަދި މިނަރަލްސް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މީގެ އިތުރުން މީގައި އެންޓިއޮކްސިޑެންޓްތަކާއި ކެފީކް އެސިޑް ފަދަ ސިއްހަތަށް ފައިދާހުރި މާއްދާތައް ހިމެނެއެވެ. މީގައި ހިމެނޭ ފެޓީ އެސިޑްތަކަކީ ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ މާއްދާތަކެކެވެ.

ޖިންސީ އެދުންވެރިކަން އިތުރުކުރުން
‘ދަ ޖާނަލް އޮފް ސެކްޝުއަލް މެޑިސިން’ ގައިވާ ގޮތުން، އެކަށީގެންވާ މިންވަރަކަށް ޗިއާ ސީޑް ބޭނުންކުރުމުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވެ، ފިރިހެނުންގެ ޖިންސީ އެދުންވެރިކަން އިތުރުކޮށްދެއެވެ. މީގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑަކީ ހަށިގަނޑުން ގުދުރަތީ ގޮތުން ޓެސްޓޮސްޓަރޯން ހޯރމޯން އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ ސަބަބުން ޖިންސީ ގުޅުން ހިންގާއިރު ވަރުބަލިކަން ކުޑަކޮށްދީ، ހަކަތަ އިތުރުކޮށްދެއެވެ.

މިވެސް ކިޔާލަން:  އަންހެނުންގެ ދަރިމައިވުމުގެ ދުޅަހެޔޮކަމާއި އޯބަތް

އަންހެނުންގެ ދަރިމައިވުމުގެ ދުޅަހެޔޮކަން
‘ޖާނަލް އޮފް ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ’ ގައިވާ ގޮތުން، ޗިއާ ސީޑަކީ އަންހެނުންގެ ދަރިމައިވުމުގެ ދުޅަހެޔޮކަމަށް ވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. މީގައި ހިމެނޭ ނިއުޓްރިއަންޓްތަކަކީ ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

ގާތުންދޭ މައިންނަށް ފައިދާހުރި
ޗިއާ ސީޑަކީ ގުދުރަތީ ގޮތުން މައިމީހާގެ ގާތުންދޭ ކިރު އިތުރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން، ކޮންމެ ދުވަހެއްގެ ކެއުމުގައި ޗިއާ ސީޑް ހިމެނުމަކީ މުހިންމު ކަމެކެވެ. މިއީ މުޅި ދުވަހު ހަށިގަނޑު ހަކަތައިގައި ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ދަރިމައިވުމުގެ ފުރުސަތު އިތުރުކުރުން
ޗިއާ ސީޑްގައި ހިމެނޭ އަޔަން (ދަގަނޑު)، މެގްނީޒިއަމް އަދި ޒިންކް (ތުތިޔާ) ފަދަ މިނަރަލްތަކަކީ މާބަނޑުވުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. މިއީ ހަށިގަނޑުގައި ދުޅަހެޔޮ ބިސް އުފެއްދުމަށާއި، ލޭގެ ރަތް ސެލްތައް (ރަތަނަ) އިތުރުކުރުމަށާއި، ހޯރމޯންތައް ހަމަހަމަކޮށް ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ.

އެހެނިހެން ސިއްހީ ފައިދާތައް
ޗިއާ ސީޑަކީ ގްލޫޓަން ނުހިމެނޭ ޕްރޮޓީން އަދި ފައިބަރުން މުއްސަނދި އެއްޗަކަށް ވާތީ، މިއީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ފައިދާހުރި އެއްޗެކެވެ. ހަކުރު ބައްޔާއި، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް ވެސް މީގެ އެހީތެރިކަން ލިބެއެވެ. މީގެ އިތުރުން، ނަފްސާނީ ބަލިތަކާއި، ކަންބޮޑުވުން (އެންޒައިޓީ) ކުޑަކުރުމަށާއި، ލޮލުގެ ފެނުން ރަނގަޅުކުރުމާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ވެސް ޗިއާ ސީޑަކީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ފައިދާހުރި ކާނާއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top