ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މޫނުމަތީގައި ހުންނަ ރޫތައް ޤުދުރަތީ ގޮތުން ފިލުވައިލާނެ ގޮތް

އިންސާނާގެ އުމުރުން ދުވަސްވުމާއެކު މޫނުމަތިން ފާޅުވާ ރޫތަކަކީ ޤުދުރަތީ ކަމެކެވެ. ނަމަވެސް، ކެމިކަލް އެކުލެވޭ ބޭސްތަކާއި ސާޖަރީގެ ބަދަލުގައި، ޤުދުރަތީ ގޮތުން މިކަންކަމުން ސަލާމަތްވެ، މޫނުގެ ތާޒާކަން ދެމެހެއްޓިދާނެ ގޮތްތައް ދުނިޔޭގެ މަޝްހޫރު ފެޝަން މެގަޒިން “ވޯގް” އިން ވަނީ ހިއްސާކޮށްފައެވެ.

ކަމާބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި، މޫނުމަތީގެ ރޫތައް ފިލުވުމަށް އެންމެ މުހިންމު އެއް ކަމަކީ ހަމުގެ ތާޒާކަން ހިފެހެއްޓުމެވެ. މީގެ ތެރޭގައި އެންމެ އިސްކަމެއް ދޭންޖެހެނީ އިރުގެ އަލިން ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކުރުމަށެވެ. އަވިން ރައްކާތެރިވުމަށް ބޭނުންކުރާ ސަންސްކްރީންގެ އިތުރުން، ޤުދުރަތީ ތެޔޮތައް ބޭނުންކޮށްގެން ހަންގަނޑު މޮއިސްޗަރައިޒް ކުރުމަކީ ރޫތައް މަދުކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، ކެއިންބުއިމުގެ އާދަތަކަށް ބަދަލު ގެނައުމަކީ ވެސް މާހިރުން ބާރުއަޅާ ކަމެކެވެ. އެގޮތުން އެންޓިއޮކްސިޑެންޓްސް ގިނަ ކާނާ، މިސާލަކަށް ފެހިކަން ގަދަ ފަތާއި، އެކި ބާވަތްތަކުގެ ބެރީޒް ބޭނުންކުރުމަކީ ހަންގަނޑު ދިރުވައިދޭ ކަމެކެވެ. އަދި ހަށިގަނޑުން ފެން މަދުވިޔަނުދީ، ގިނައިން ފެން ބުއިމަކީ ހަންގަނޑުގެ އިލާސްޓިސިޓީ ނުވަތަ ދެމޭ ގޮތް ދަމަހައްޓައިދޭނެ ކަމެކެވެ.

ހަންގަނޑަށް ބޭނުންވާ ވިޓަމިން ސީ އާއި ވިޓަމިން އީ ފަދަ މާއްދާތައް ޤުދުރަތީ މޭވާތަކުން ހޯދުމާއި، މޫނުގެ މަސްތަކަށް ބޭނުންވާ ކަސްރަތު ނުވަތަ “ފޭޝަލް ޔޯގާ” ހެދުމަކީ ވެސް ރޫތައް ފިލުވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

މާހިރުން ވިދާޅުވާ ގޮތުގައި، މި ފަރުވާތަކަކީ އެއް ދުވަހުން ނަތީޖާ ފެންނާނެ ކަންކަމެއް ނޫނެވެ. ނަމަވެސް، ކެތްތެރިކަމާއެކު މި އާދަތައް ދެމެހެއްޓުމަކީ ސިއްޙަތަށް ފައިދާހުރި އަދި ހަންގަނޑަށް ރައްކާތެރި ގޮތުގައި މޫނުގެ ރީތިކަން ދަމަހައްޓައިދޭނެ މަގަކަށް ވާނެއެވެ.

މިވެސް ކިޔާލަން:  ކުޅިވަރުގެ މައިދާނުން ބޭރުން: ކްރިސްޓިއާނޯ ރޮނާލްޑޯ
2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top