ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހަފުތާއެއް ވަންދެން ކޮންމެ ރެއަކު 8 ޖަހާއިރު ނިދަން އޮށޯތީން: ދެންވީ ކިހިނެއް؟

އިރު ނުއޮއްސެނީސް ނުވަތަ އިރުގެ އަލިކަން ހުއްޓާ ނިދަން އޮށޯތުމަކީ ހަށިގަނޑަށް ވަރަށް އަރާމު ކަމަކަށް ވެދާނެއެވެ.

މިހާރު ޓިކްޓޮކްގައި “މާއިރާ ނިދުން” ނުވަތަ މާއަވަހަށް ނިދުމުގެ އާދަ ދަނީ ވަރަށް ބޮޑަށް މަގުބޫލުވަމުންނެވެ. ގިނަ ބަޔަކު ދަނީ “މާމަމެންގެ ރޭގަނޑުގެ އާދަކާދަ” އިޚްތިޔާރު ކުރަމުންނެވެ. މާނައަކީ މާމަމެންހެން އަވަހަށް ނިދުމެވެ. މިއީ އިރުއޮއްސި 7 ނުވަތަ 8 ޖަހާއިރު ނިދަން ތައްޔާރުވުމަށް ބޭނުންކުރާ އުކުޅެކެވެ. މިގޮތަށް އަމަލުކުރާ މީހުން ބުނާ ގޮތުގައި، މި އާދައިގެ ސަބަބުން ހެނދުނު ހޭލާއިރު މަސައްކަތްތަކަށް ސަމާލުކަންދެވޭ މިންވަރު އިތުރުވެ، ސިކުނޑި ތާޒާވެފައި، އުފާވެރިކަން އިހުސާސްކުރެވެއެވެ.

މަޝްހޫރު ފަރާތްތަކަށް މިއީ އާ ކަމެއް ނޫނެވެ. ޖޭމީ ލީ ކާޓިސް އަކީ މި އާދަ ފެށުމުގައި އިސްދައުރެއް އަދާކުރި ފަރާތެކެވެ. އޭނާ އޮސްކާ އެވޯޑު ކާމިޔާބުކުރި އަހަރުވެސް، ރޭގަނޑު 6:58 ގައި ނިދުމުގެ އާދަ ދެމެހެއްޓުމަށްޓަކައި އެވޯޑް ހަފްލާގެ ފަރިއްކޮޅަކަށް ދިއުމަށް އިންކާރު ކުރިއެވެ. ހަމައެއާއެކު، އެމީ ފޯލާ އާއި ގުވިނެތު ޕަލްޓްރޯ ފަދަ ތަރިންވެސް ބުނާ ގޮތުގައި ރޭގަނޑު 8 ނުވަތަ 8:30 ހާއިރު ނިދުމަކީ ދުޅަހެޔޮ ސިއްހަތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއީ ލިޔުންތެރިއެއް ކަަމަށްވާ ލީސާ މުލާހަސީ ހިއްސާކޮށްފައިވާ ލިޔުމެކެވެ. ލިޔުން ކުރިއަށް މި ގެންދަނީ އޭނާގެ ނަޒަރިއްޔާތުންނެވެ.

އަޅުގަނޑަކީވެސް އާންމުކޮށް ރޭގަނޑު 9 ޖަހާއިރު ނިދާ މީހެކެވެ. ނަމަވެސް، މިއަށްވުރެ އަވަހަށް ނިދުމުން ލިބޭ ފައިދާތައް އިތުރުވެދާނެކަން އެނގުމުން، އެކަން ތަޖުރިބާކޮށްލަން އަޅުގަނޑު ބޭނުންވިއެވެ.

ކޮންމެ ރެއަކު 8 ޖަހާއިރު ނިދުމުން ލިބޭނެ ފައިދާތަކަކީ ކޮބައިތޯ؟

މިވެސް ކިޔާލަން:  ފޮތް ކިޔުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިން ބީވެއްޖެބާ؟

މާހިރުން ވިދާޅުވާ ގޮތުގައި އަވަހަށް ނިދުމަކީ ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިންގެ މާހިރު ޑރ. ޖޯން ސައިޓޯ ވިދާޅުވާ ގޮތުގައި، ބޮޑެތި މީހުން ކޮންމެ ރެއަކު މަދުވެގެން 7 ގަޑިއިރު ނިދި ފުރިހަމަކުރަން ޖެހެއެވެ. އަވަހަށް ނިދަން އޮށޯތުމަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހާވާޑް ޔުނިވަރސިޓީން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ރޭގަނޑު 9 ޖަހާއިރު ނިދާ މީހުން، ދަންވަރު 1 ޖަހާއިރު ނިދާ މީހުންނަށްވުރެ ގިނައިން އަނެއްދުވަހު ހަށިގަނޑަށް ފައިދާހުރި ކަސްރަތު ކުރުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން، ސްޓެންފޯޑް ޔުނިވަރސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި އަވަހަށް ނިދާ މީހުންގެ ކިބައިން މާޔޫސްކަމާއި ނުތަނަވަސްކަން ފެންނަ މިންވަރު މަދެވެ.

މާ އަވަހަށް ނިދުމުގެ އެއްވެސް ނޭދެވޭ އަސަރެއް އޮވޭތޯ؟

އާދެ، ބައެއް މީހުން ބުނާ ގޮތުގައި މާ އަވަހަށް ނިދުމުން ދަންވަރު 3 ޖަހާއިރު ހޭލެވި، ދެން ނުނިދޭ ގޮތް ދިމާވެއެވެ. މިއީ ހަށިގަނޑުގެ ގުދުރަތީ ގަޑި ނުވަތަ “ސާކޭޑިއަން ރިދަމް” އެ ބަދަލަށް ހޭނިފައި ނުވާތީ ވާގޮތެކެވެ. މިއަށް އޮތް ހައްލަކީ ކޮންމެ ހަފްތާއަކުވެސް، ތިމާ ނިދާ ގަޑި 30 މިނެޓް ކުރިއަށް ޖައްސަމުން ގޮސް މަޑުމަޑުން އެ އާދައަށް ހޭނުމެވެ.

އަވަހަށް ނިދުމަށް އެހީތެރިވެދޭނީ ކޮން ކަންތައްތަކެއް؟

1- ދުވާލުގެ އަލިކަން: ދުވާލު ވަގުތު އިރުގެ އަލިކަމަށް ހުށަހެޅުމަކީ އަވަހަށް ނިދުމަށް އެހީތެރިވެދޭ ކަމެކެވެ.

2- ފިނި މާހައުލެއް: ނިދާ ކޮޓަރީގެ ފިނިހޫނުމިން މަޑުކޮށް ބެހެއްޓުމަކީ އަވަހަށް ނިދި އައުމަށް މަގުފަހިވާ ކަމެކެވެ.

މިވެސް ކިޔާލަން:  ރަމަޟާން މަހަށް ތައްޔާރުވުން

3- އިލެކްޓްރޯނިކް ސާމާނާ ދުރުވުން: ނިދުމުގެ ކުރިން ފޯނު، ކޮމްޕިއުޓަރު އަދި ޓީވީ ބެލުމާ ދުރުވާށެވެ.

4- ކެއިންބުއިމަށް ސަމާލުވުން: ބަރު ކެއުންތަކާއި، ކެފޭއިން އެކުލެވޭ ބުއިންތައް ނިދުމުގެ ކުރިން ބޭނުން ނުކުރާށެވެ.

އަޅުގަނޑު ހަފުތާއެއް ވަންދެން މިކަން ކުރި ގޮތުގެ ތަޖުރިބާ:

ފުރަތަމަ ރޭ އަޅުގަނޑު އޮށޯތީ 8 ޖަހާއިރެވެ. ވަރަށް އަވަހަށް ނިދިޖެހި، ފަތިހު 5 ޖެހިއިރު ހޭލެވުނީ ވަރަށް ތާޒާކަމާއެކުގައެވެ. ދެވަނަ އަދި ތިންވަނަ ރޭވެސް މިކަން ދިޔައީ ވަރަށް އޮމާންކޮށެވެ. ހަތަރުވަނަ ރޭ ދަންވަރު 2:15 ގައި ހޭލެވުނު ނަމަވެސް، ނޭވާލުމުގެ ބައެއް އުކުޅުތައް ބޭނުންކޮށްގެން އަލުން ނިދިއްޖެއެވެ. ފަސްވަނަ އަދި ހަވަނަ ރޭ ވީއިރު ހަށިގަނޑު މި އާދައަށް ހޭނި، ގާތްގަނޑަކަށް 9 ގަޑިއިރުގެ ނިދި ލިބުނެވެ.

ނިންމުން:

އަޅުގަނޑު މިހާރު ހުރީ މި އާދައިގައި ހިފާފައެވެ! އަވަހަށް ނިދުމުން ލިބޭ އަރާމު މާ ބޮޑެވެ. މިއީ ހަމައެކަނި ނިދި އިތުރުވުމެއް ނޫނެވެ، މިއީ ދުވާލުގެ ވަރުބަލިކަމާއި ފިކުރުތަކުން އަވަހަށް މިންޖުވެ، ހަށިގަނޑަށް ބޭނުންވާ ފުރިހަމަ އަރާމު ހޯދައިދިނުމެވެ. އަޅުގަނޑު މި އާދަ ކުރިއަށް ގެންދާނަމެވެ. އަދި ތިޔަބޭފުޅުންވެސް ތަޖުރިބާކޮށްލެއްވުން ރަނގަޅެވެ!

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top