ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަހަރެންގެ ހަޤީޤަތް އެނގެން ބޭނުންނަމަ އަހަރެންގެ ލަވަތައް އަޑުއަހާ: އަދުނާން ސާމީ
ގޫގަލް

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަރު އަދުނާން ސާމީގެ ޒާތީ ދިރިއުޅުމުގެ ހަޤީޤަތްތައް ދެނެގަންނަން ބޭނުންނަމަ އޭނާގެ ލަވަތައް އަޑުއެހުމަށް އޭނާ އެދިއްޖެއެވެ.

އަދުނާން ސާމީގެ އާ ސިންގަލް “އިޝްޤް ތަމާޝާ” ނެރުމާ ގުޅުވައިގެން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، މިއުޒިކަކީ ހަމައެކަނި ރާގުތަކެއް ނޫން ކަމަށާއި އެއީ އޭނާގެ އިޙުސާސްތައް އެންމެ ފުރިހަމައަށް ބޭރުކޮށްދޭ ވަސީލަތް ކަމަށެވެ. އަދި ފިލްމުތަކަށް ހަދާ ލަވަތަކަކީ ވަކި ވާހަކައަކަށް އަމާޒުކޮށްގެން ހަދާ އެއްޗަކަށް ވިޔަސް، އޭނާގެ އަމިއްލަ އަލްބަމްތަކުގެ ގާތްގަނޑަކަށް 98 އިންސައްތަ ލަވަތަކަކީ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ “ބަޔޯގްރަފިކަލް” ލަވަތަކެއް ކަމަށް އޭނާ ހާމަކުރިއެވެ.

“އަހަރެންގެ ހަޤީޤަތް އެނގެން ބޭނުންނަމަ އަހަރެންގެ ލަވަތައް އަޑުއަހާ. އަހަރެންގެ ލަވަތަކުން އަހަރެންގެ އިޙުސާސްތައް އެއްވެސް ފޮރުވުމެއް ނެތި ހާމަކުރަން. މީހަކާ އިނދެގެން އެ ވާހަކަތައް ދައްކަން ވެއްޖެނަމަ ފަހަރެއްގައި ޖެހިލުންވެދާނެ. އެއީ އަމިއްލަ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ އެހެން މީހަކު ނަގާފާނެތީ.” އަދުނާން ސާމީ ބުންޏެވެ.

އޭނާގެ އާ ލޯބީގެ ލަވަ “އިޝްޤް ތަމާޝާ” އާ ގުޅޭގޮތުން ވާހަކަދައްކަމުން އަދުނާން މަޖާޒީ ގޮތަކަށް ބުނީ، އޭނާގެ އަމިއްލަ ދިރިއުޅުމުގައި ލޯބީގެ ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށާއި، ދިރިއުޅުމުގައި ވަރަށް ގިނަ “ތަމާޝާ” ތައް ހިނގާފައިވާ ކަމަށެވެ.

މީގެ އިތުރުން، މުޖުތަމައުގައި ލޯތްބާމެދު ދެކޭގޮތުގެ ފުށުއެރުންތަކަށް އަލިއަޅުވާލަމުން އަދުނާން ބުނީ، ފިލްމުތަކާއި ވާހަކަތަކުގައި ފެންނަ ވަރުގަދަ ލޯބީގެ ހާދިސާތަކަށް މީހުން ވަރަށް ތަޢުރީފުކުރާ ކަމަށެވެ. އެގޮތުން “ޓައިޓެނިކް”، “ރޯމިއޯ އެންޑް ޖޫލިއަޓް”، “ސައްސީ ޕުންނޫ” އަދި “ހީރް ރާންޖާ” ފަދަ ލޯބީގެ ވާހަކަތަކަކީ ދުނިޔޭގެ އެންމެންވެސް ބަލައިގަންނަ އަދި އެއަށް ޝައުޤުވެރިވާ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  ކަރަންއަށް "ނާގިން 5 " ވެސް ހުށަހެޅި

ނަމަވެސް، ހަޤީޤީ ދިރިއުޅުމުގައި މީހަކު އެފަދަ މޮޔަ ލޯތްބެއް ވެއްޖެނަމަ، މުޖުތަމައުން އެމީހަކަށް މަލާމާތްކޮށް، އެއީ މޮޔައެއްގެ ގޮތުގައި އަދި ކުރާ “ތަމާޝާ” އެއްގެ ގޮތުގައި ސިފަކުރާ ކަމަށް ބުނެ އަދުނާން ވަނީ މުޖުތަމައުގެ މި ވިސްނުމަށް ފާޑުކިޔާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top