ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހެލްމެޓް ހަނގުރާމަ: އެއް ހެލްމެޓް، ދެ މީހުން
މުނިއަވަސް ގްރެފިކްސް

މާލޭގެ ކޮންމެ ގެއެއްގައިވެސް ކޮންމެހެން ހުންނަންޖެހޭ ބައެއް ތަކެތި ހުރެއެވެ. އެއީ ހަނޑޫ، ސައިފަތް، ކޮންމެވެސް ގޮތަކުން ގެއްލޭ ޗާޖަރެއް، އަދި މިހާރަކަށް އައިސް މަދުވެގެން ރަނގަޅު ފެންވަރުގެ އެއް ހެލްމެޓެވެ.

ބަލާބެލުމަށް ހެލްމެޓަކީ އާދައިގެ ރައްކާތެރިކަމުގެ އާލަތެއް ކަމަށް ހީވި ނަމަވެސް، އެއް ވަގުތެއްގައި ދެ މީހަކު ބޭރަށް ދާންޖެހި، ގޭގައި އޮތީ އެންމެ ހެލްމެޓެއް ނަމަ، އެއީ ބައިނަލްއަޤުވާމީ ފެންވަރުގެ މަޝްވަރާއަކަށްވުރެވެސް ގޮތް ނިންމަން އުނދަގޫ ކަމަކަށް ވެގެންދެއެވެ.

އަންހެން ބޭފުޅުންނަށް މިއީ “ފުރަތަމަ ދާނީ ކާކުތޯ” ކުރެވޭ ސުވާލެކެވެ. ފިރިހެން ބޭފުޅުންނަށް މިއީ “މިހާރު އަންނާނަން، ހެލްމެޓް ދީބަލަ” ބުނެ ނިންމާލެވޭ ކަމެކެވެ. ނަމަވެސް، އެ ވަގުތު ގޭތެރޭގެ ކޮންމެވެސް ދިމާލަކުން “މިހާރު އަހަރެންވެސް ދާން ޖެހިއްޖެ” އޭ ބުނާ އަޑު އިވުމަކީ ދުރު ކަމެއް ނޫނެވެ.

މިގޮތުގެ މަތިން، މި އާދައިގެ ހެލްމެޓަކީ ގޭތެރޭގައި އެންމެ ބޮޑު ބަހުސް ހިނގާ އެއްޗަކަށް ވެގެންދެއެވެ.

މިއީ އާދައިގެ ޚިޔާލުތަފާތުވުމަކުން ފެށި، އެކަކު އަނެކަކަށް ދެވޭ ތުހުމަތުތަކަކަށް ބަދަލުވެ، ބާރަށް ދޮރު ލެއްޕުމާއި، ވާހަކަ ނުދައްކާ ތިބުމާ ހަމައަށް ދާ ކަމެކެވެ. އަދި ބައެއް ފަހަރު ރުޅިގަދަވެގެން ހެލްމެޓް ސޯފާ މައްޗަށް ނުވަތަ ދުރަށް އެއްލާލާ ފަހަރުވެސް އާދެއެވެ. ނަމަވެސް، ފަސް މިނެޓު ފަހުން އެންމެން އެކަމާ ހީނލައި، އާދައިގެ ޕްލާސްޓިކް އެތިކޮޅެއްގެ ސަބަބުން މިހާ ބޮޑު ހައިޖާނެއް އުފެދުނީ ކީއްވެގެންތޯ ހިތާހިތުން ސުވާލުކުރެއެވެ.

ބައެއް ރަހުމަތްތެރިކަން ބޮޑެތި ހިތާމަތަކުން ސަލާމަތްވި ނަމަވެސް، މީގެ ތިން މަސް ކުރިން ހެލްމެޓް ގެންދިޔަ ގޮތަށް އަނބުރާ ނުދޭ ރަހުމަތްތެރިޔާއާ އޮންނަ ގުޅުމަށް މީގެ ސަބަބުން ބުރޫއަރައެވެ.

މިވެސް ކިޔާލަން:  ގަބުރުތަކެއްގައި ކަށްބޮލުން ހަދާފައި ހުރި ހެލްމެޓް

ހެލްމެޓުގެ ކުލައާއި ބްރޭންޑަށްވުރެ މުހިންމު ސުވާލެއް އެބައޮތެވެ. އެއީ ގޭގައި އުޅޭ މީހުންނާ އަޅާބަލާއިރު އެކަށީގެންވާ ވަރަށް ހެލްމެޓް އެބަހުރިތޯ ކުރެވޭ ސުވާލެވެ. އަދި އެއަށްވުރެ ރަނގަޅު ގޮތަކީ ތިމާއަށް ހެޔޮވަރު ހެލްމެޓެއް އޮތުމެވެ. އޭރުން އެހެން މީހުން އެ ހެލްމެޓް ގެންގޮސް، އަނބުރާ ދޭން ހަނދާން ނެތުމުގެ ފުރުސަތު ކުޑަވާނެއެވެ.

މާލޭގައި ހެލްމެޓުގެ މުހިންމުކަން އެންމެ ބޮޑަށް އިޙުސާސްވަނީ ހުޅުމާލެއަށް ދާން އުޅޭ ވަގުތުއެވެ. އެ ވަގުތު އެންމެ ފުރަތަމަވެސް ކުރެވޭ ސުވާލަކީ “ހެލްމެޓް އަތުގައި އެބައޮތްތަ؟” މިއެވެ.

އޭގެ ފަހުން ކުރެވޭ އެންމެ މުހިންމު އަނެއް ސުވާލަކީ “އެ ސާފުތަ؟” މިއެވެ. ސަބަބަކީ، ހެލްމެޓް ބޭނުންކުރުމަކީ އެހެން ކަމެކެވެ. ނަމަވެސް އެހެން މީހެއްގެ ދަލާއި، ބޮލުގައިލާ ތެލާއި، ބޮލުގެ ހަންގަނޑުގެ ހުރިހާ މައްސަލަތަކެއް ހިއްސާކުރުމަކީ މުޅިން ތަފާތު ކަމެކެވެ.

އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް، ދުއްވަން އިނަސް ނުވަތަ ފަހަތުގައި އިނަސް، މެސެޖަކީ ސާފު މެސެޖެކެވެ. ހެލްމެޓަކީ ހަމައެކަނި ޒީނަތްތެރިވާން ބޭނުންކުރާ އެއްޗެއް ނޫނެވެ. އެއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އަދި ބައެއް ފަހަރު އެންމެ ހެލްމެޓަކުން ފުދޭކަށް ނޯވެއެވެ.

ވީމާ، ގެއިން ނިކުތުމުގެ ކުރިން ސައިކަލުގެ ތެޔޮ ހުރިތޯ ބަލާށެވެ. ފޯނާއި ތަޅުދަނޑި ހުރިތޯ ޔަގީންކުރާށެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުން ހެލްމެޓުގެ ހާލަތު ބަލާލާށެވެ.

ސަބަބަކީ ހެލްމެޓެއް އަލުން ގަނެވިދާނެއެވެ. ނަމަވެސް “2026 ގެ ބޮޑު ހެލްމެޓް ހަނގުރާމަ” އަށް ފަހު ވަރިފަށަށް އެރުމާއި ގެއްލޭ ރަހުމަތްތެރިކަން އަނބުރާ ހޯދުމަކީ މާ އުނދަގޫ ކަމަކަށް ވެދާނެތީއެވެ.

މިވެސް ކިޔާލަން:  ދިރާސާއަކުން ދައްކާގޮތުގައި މާކަނަމަދު (އާމަންޑްސް) އަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ މުހިންމު ބާވަތެއް
2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top