ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަގޭ ބިޓުގެ ވެޑިން” އަށް ދިޔަ ތޮލްގެ ޚުލާސާ ރިވިއު: ހިނިގަނޑު ފަޅައިގެންދިޔަ މޮޅު ފިލްމެއް!

ޑާކްރެއިން އެންޓަޓެއިންމަންޓުން މިމަހު 2 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި ފިލްމު “މަގޭ ބިޓުގެ ވެޑިން” އަކީ ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާނެ، ހެއްވާ މަޖާ އަދި ލޯބީގެ ފުރިހަމަ މިކްސްއެއް ކަމަށް ބުނެ ފިލްމު ބެލި ފަރާތްތަކުގެ މެދުގައި މަގުބޫލު އަޙްމަދު ޠަލާލް (ތޮލް). މި ފިލްމަށް އިންތިހާއަށް ތައުރީފުކޮށްފިއެވެ.

ފިލްމު ބެލުމަށްފަހު އޭނާގެ އިހުސާސްތައް ހިއްސާކުރަމުން ތޮލް ބުނީ، މިއީ ހިނިއައިސްގެން ރޮވޭވަރުގެ މޮޅު އުފެއްދުމެއް ކަމަށެވެ. އަދި ފިލްމުގެ ޑައިރެކްޓަރ ޝަހުދާ މަހުމޫދަށް ތައުރީފުކުރަމުން އޭނާ ބުނީ ޝަހުދާއަކީ ބެލުންތެރިން ލޯބިވާނެ ގޮތަށް ފިލްމު ހަދަން އެނގޭ ހުނަރުވެރި، ފާހަގަކޮށްލެވޭ ބާރެއް ކަމަށާއި، މި ފިލްމަކީ އޭނާގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކުވައިދިން މަސައްކަތެއް ކަމަށެވެ.

ތޮލްގެ ޚުލާސާ ރިވިއުގައި ފިލްމުގައި ހަރަކާތްތެރިވި ތަރިންގެ އެކްޓިންގއަށް ވަކިވަކިން އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޝަރަފް އަބްދުﷲ އަކީ ކޮންމެ ފަދަ ރޯލަކަށްވެސް ފައްކާ، ހުނަރުވެރި އެކްޓަރެއްކަން މި ފިލްމުން އަނެއްކާވެސް ސާބިތުކޮށްދީފައިވާ ކަމަށް ބުންޏެވެ. އަދި ފުބިއާނޯގެ ކޮމެޑީ ޓައިމިންގ އާއި މޮޅު އެކްޓިންގ އަށް ތައުރީފުކޮށް، މިއީ އޭނާގެ ފިލްމެއްގެ ގޮތުގައި ފާހަގަކުރިއެވެ.

މީގެ އިތުރުން، ހުނަރުވެރި އެކްޓްރެސް ޝީލާ ނަޖީބާއި އަހުމަދު ސައީދު އަދި ހާޒިފް މުހައްމަދުގެ މޮޅު އެކްޓިންގ އަށްވެސް ބޮޑު ތައުރީފެއް ވަނީ ކޮށްފައެވެ. އަދި ޒީވާގެ ރޯލުން ފެނިގެންދިޔަ ރާޔާގެ އަލަށް ފެނިލުން ވަރަށް ފުރިހަމަ ކަމަށާއި، މިއީ އޭނާގެ އަލަތު ފިލްމުކަން އެއްވެސް ބެލުންތެރިއަކަށް ފާހަގަ ނުވާނެހާ މޮޅަށް ރޯލު ކުޅެފައިވާ ކަމަށް ބުންޏެވެ. ހަމައެއާއެކު އާމިނަތު ނޫރާގެ ކުރު ނަމަވެސް ވަރުގަދަ ފެނިލުންވެސް ވަނީ ފާހަގަކޮށްފައެވެ.

މިވެސް ކިޔާލަން:  "މަގޭ ބިޓުގެ ވެޑިން" ގެ ޕޯސްޓަރާއެކު މައިގަނޑު ކާސްޓް ހާމަކޮށްފި

ފިލްމުގެ ނިންމުމުގައި ފެނިގެންދިޔަ ހާއްސަ ފެނިލުންތަކާއި ނެށުންތަކަށް ތައުރީފުކުރަމުން މަރިޔަމް އައްޒަ، ރިޝްމީ ރަމީޒް، މަޖުދާ، ޝާނާ، ނުޒުހަތު ޝުއައިބު އަދި އަމަންގެ ހަރަކާތްތައް ވަރަށް ފުރިހަމަ ކަމަށް ބުންޏެވެ. އަދި އާދަމް ރިޒްވީ، ޝާއްކޮ އައްމަޑޭ އަދި މުހައްމަދު މަޒީންގެ ސަބަބުން ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމުތަކަށް ލިބޭ ހާއްސަ ފުރިހަމަކަން މި ފިލްމަށްވެސް ގެނެސްދީފައިވާކަން ފާހަގަކުރިއެވެ.

ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލާއިރު، އަހުމަދު ޒިފާފުގެ ފުރިހަމަ ސިނެމަޓޯގްރަފީ އާއި އަލީ ޝިފާއުގެ މޮޅު އެޑިޓިންގގެ އިތުރުން އަޝްފާ އަދި ރާޔާ، ނާޝިއުގެ ރީތި އަޑުން ކިޔައިދީފައިވާ ލަވަތަކުން ފިލްމު އިތުރަށް ފުރިހަމަކޮށްދީފައިވާ ކަމަށް ތޮލް ފާހަގަކުރިއެވެ.

މޮގަރ އަދި އައިޝަތު ފުއާދު އިސްވެ ތިބެ ގެނެސްދިން މި ފިލްމަކީ ބެލުންތެރިންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ހިނިގަނޑު ފަޅައިގެންދާ މި މަޖާ ފިލްމު ބަލާލުމަށް މިހާރު އޮލިމްޕަހަށް ދިއުމަށް ތޮލް ވަނީ އެންމެހާ ބެލުންތެރިންނަށް ދައުވަތު އަރުވާފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top