ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތިމަރަފުށި ފެށީ ވެސް ގަދަކޮށް
މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު އަފްލާޒް / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ތ. އަތޮޅުގެ ފެށުން ތިމަރަފުށިން ފެށީ ވެސް ގަދަކޮށެވެ. ތިމަރަފުށީގައި ބާއްވާ ތ. އަތޮޅު މުބާރާތުގައި ބައިވެރިވެފައި ވަނީ ތިން ރަށުން ނެވެ. އެއީ ތިމަރަފުށްޓާއި ވޭމަންޑޫ އަދި ކިނބިދޫ އެވެ. މުބާރާތުގައި ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ ތިމަފުށްޓާއި ވޭމަންޑޫ އެވެ.

ފަސޭހަކަމާއިއެކު ތިމަރަފުށި ކާމިޔާބުކުރި މި މެޗުގެ ހަތަރުވަނަ މިނިޓްގައި ތިމަރަފުށިން ވަނީ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާދަމް ނާސިހް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވޭމަންޑޫ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން އަރިމަތިން އޭރިޔާތެރެއަށް ވަދެ އަފްލާޒް ފޮނުވާލި ބާރު ހަމަލާ ގޯލްގެތެރެއަށް ވައްދާލައިގެން ނެވެ. ތިމަރަފުށިން ލަނޑު ޖެހުމާއިއެކު ނަތީޖާ ހަމަހަމަކުރުމަށް ވޭމަންޑޫން ވަނީ ކުރިޔަށް ޖެހި މަސައްކަތް ކޮށްފަ އެވެ.

ރަނގަޅު ދެ ފުރުސަތެއް ވޭމަންޑޫން ހޯދި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނު ތިމަރަފުށީގެ، އަޙްމަދު އަފްލާޒް ވަނީ 7 ވަނަ މިނިޓްގައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ރީތި ޕާސްތަކަކާއިއެކު އޭރިޔާތެރެއިން ހޯދި ފުރުސަތެއްގައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިބްރާހިމް ހަމްދާން ވަނީ ތިމަރަފުށީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ހާފު ނިމުމުގެ ކުރިން ވޭމަންޑޫން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފަ އެވެ. ހާފުގެ އިތުރު ވަގުތުގައި ވޭމަންޑޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އުންވާން އެވެ. އުންވާން މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ފްރީކިކް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު އޭރިޔާ ބޭރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  އެޗްޑީސީ ޗެމްޕިއަންކަން ހޯދައިފި

ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ތިމަރަފުށިން ދެއްކި އެވެ. 23 ވަނަ މިނިޓްގައި އާދަމް ނާސިހް ކާމިޔާބުކޮށްދިން ލަނޑާއިއެކު ތިމަރަފުށިން ހަތަރެއް ހަމަކުރިއިރު 25 ވަނަ މިނިޓްގައި އަޙްމަދު އަފްލާޒް ވެސް އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތިމަރަފުށިން ބޭކާރުކޮށްލި މި މެޗުގެ 33 ވަނަ މިނިޓްގައި އަޙްމަދު އަފްލާޒް އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. ލަނޑު ޖަހާނެ އެތައް ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔަ ފަހުން، ވޭމަންޑޫން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ވޭމަންޑޫން މި ލަނޑު ޖަހާފައިވަނީ އޭރިޔޭތެރެއިން ބޯޅަ ހޯދަން މަސައްކަތްކުރި ތިމަރަފުށީގެ ކީޕަރާއި ވޭމަންޑޫ ކުޅުންތެރިއެއް ޖެހި ދެ ކުޅުންތެރިން ވެއްޓުނު ވަގުތު ލިބުނު ބޯޅަ ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އަޙްމަދު ލާމިއު އެވެ.

ތިމަރަފުށިން އެ ޓީމުގެ ހަތްވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި ހެޓްރިކް ހެދި އަޙްމަދު އަފްލާޒް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކައުންޓާރ އެޓޭކަށް ވޭމަންޑޫ ޓީމު އެކުގައި ކުރިޔަށް ޖެހި ތިބި ވަގުތެއްގައި ތިމަރަފުށީ ހާފު ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ހުސްކޮށް ކުރިޔަށް އަރައި ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

7-2 އިން ތިމަރަފުށި ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ހަތަރު ލަނޑު ޖެހި އަޙްމަދު އަފްލާޒް އެވެ.

މިވެސް ކިޔާލަން:  ނިލަންދޫ ޗެމްޕިއަންކަން ހޯދައިފި

މި އަތޮޅުގެ މެޗެއް ދެން އޮންނާނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ އެވެ. މި މެޗުގައި ބައްދަލުކުރާނީ ތިމަރަފުށްޓާއި ކިނބިދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top