ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފަސްމަންޒަރު: ކަނޑުގެ 18 މީޓަރު އަޑިން ފެނުނު ކީރިތި ޤުރުއާންގެ މުޞްޙަފެއް!

މި ފޮޓޯގެ ފަހަތުގައިވާ ވާހަކައަކީ 2023 ވަނަ އަހަރު ތިލަވި ވާހަކަތަކެކެވެ. މޮރިޝަސްގެ ކަނޑުގެ ސަރަޙައްދަކުން، 18 މީޓަރު އަޑިން ކީރިތި ޤުރުއާނުގެ މުޞްޙަފެއް ފެނިގެން މީސްމީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ. މުޞްހަފު ފެނުނުއިރު، މުޞްޙަފުން ފެންނަން އޮތީ ނޫހް ޢަލައިއްސަލާމްގެ ވާހަކަތައް ބަޔާންވެގެންވާ އާޔަތްތަކެއް ހިމެނޭ ޞަފްޙާއެކެވެ.

މި މުޞްޙަފު ފެނިފައިވަނީ ދެކުނު އެފްރިކާގެ ޑައިވަރެއް ކަމަށްވާ އިއަން ހެގަޓީ، މޮރިޝަސްގެ ކަނޑުގެ އަޑި ބަލައި ދިރާސާކުރުމަށް ފީނުމުގެ ތެރޭގައެވެ. ކަނޑުގެ 18 މީޓަރު (ގާތްގަނޑަކަށް 60 ފޫޓު) އަޑީގައި އޮތް މި މުޞްޙަފު ފެނުނުއިރު އޮތީ ސޫރަތުލް އަޢުރާފްގެ ސަފްޙާތަކަށް ހުޅުވިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ސަފްޙާތަކުގައި ބަޔާންވެގެންވަނީ ނޫޙުގެފާނުގެ ވާހަކަފުޅާއި، އެކަލޭގެފާނުގެ ދަޢުވަތަށް އިންކާރުކުރި މީހުން ޣަރަޤުވެ ހަލާކުވެދިޔަ ޙާދިސާގެ އާޔަތްތަކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ލޮނުގަނޑުގެ ސަބަބުން މުޞްޙަފަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އޭގައިވާ ލިޔުންތައް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. މިއީ ގިނަ ބައެއްގެ މެދުގައި ޙައިރާންކަމާއި ޝައުޤުވެރިކަން އުފެދުނު ކަމަކަށް ވެގެންދިޔައެވެ.

މިކަމާ ގުޅޭގޮތުން ޑައިވަރު ހެގަޓީ ބުނެފައިވަނީ، އެ މުޞްޙަފު ކަނޑުގެ އަޑިއަށް ދިޔަ ގޮތެއް އަދި އެތަނުގައި އޮންނަތާ ކިހާ ދުވަހެއް ވެދާނެ ކަމެއް އޭނާއަށް ވެސް ނޭނގޭ ކަމަށެވެ.

މިއީ 2023 ވަނަ އަހަރު ހިނގާފައިވާ އަދި ދުނިޔޭގެ ސަމާލުކަން ލިބުނު ޙާދިސާއެކެވެ. ނަމަވެސް، މި މުޞްޙަފު ކަނޑުގެ އަޑިއަށް ވެއްޓުނު ގޮތާއި އަދި އެތަނުގައި އޮތް މުއްދަތު މިނިވަން އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިވެސް ކިޔާލަން:  ލޯފަން މީހުންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމް އިފްތިތާޙްކޮށްފި

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top