ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެއްވަދޫ އާއި ވިލިނގިލި ފައިނަލަށް
މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން މިފްރާހް ވަހީދު / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ގއ. އަތޮޅުގެ ފައިނަލަށް ދެއްވަދޫ އާއި ވިލިނގިލި ދަތުރުކޮށްފި އެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ހަތަރު ޓީމުގެ މެދުގައި ކުރިޔަށް ގެންދިޔަ ލީގު ބުރު ނިމުނުއިރު، ދެއްވަދޫން ވަނީ އެ ޓީމު ކުޅުން ތިން މެޗު ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއިއެކު ލީގު ބުރުގެ އެއްވަނަ ހޯދާފަ އެވެ. ދެވަނަ ހޯދި ވިލިނގިއްޔާއި ތިންވަނަ ހޯދި ގެމަނަފުށްޓަށް ލިބިފައިވަނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ. ފަހު މެޗުގެ ފަހުކޮޅު ކާމިޔާބުކުރި ލަނޑުތަކާއިއެކު ހަތަރު ޕޮއިންޓް ހަމަކުރި ވިލިނގިއްޔަށް ދެވަނަ ލިބުނީ އެ ޓީމުގެ ފައިދާ ގޯލު އިތުރުވުމުން ނެވެ. އިއްޔެ އާއި ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 5

އިއްޔެ ހަވީރު ކުޅެވުނީ މި އަތޮޅުގެ ފަސްވަނަ މެޗެވެ. މިއީ މި ދެ ޓީމު ވެސް ލީގު ބުރުގައި ކުޅޭ ފަހު މެޗެވެ. މި މެޗަށް ނުކުތްއިރު ވެސް ދެއްވަދޫ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފައިވާއިރު، މި މެޗުން ބަލިވުން ނޫން ކޮންމެ ނަތީޖާއެއް ހޯދައިގެން ވެސް ފައިނަލްގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ގެމަނަފުށްޓަށް އޮތީ ހުޅުވިފަ އެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ގެމަނަފުށިން ނެވެ. މެޗުގެ ފަސްވަނަ މިނިޓްގައި ޢަލީ ޝާޒް ހަބީބް ކާމިޔާބުކޮށްދިން ލަނޑާއިއެކު ގެމަނަފުށިން ލީޑު ނެގިއިރު، 13 ވަނަ މިނިޓްގައި ޢަލީ ޝާޒް ހަބީބު ވަނީ ގެމަނަފުށީގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި އޭގެ މިނިޓެއްފަހުން އަލްވިން އަޙްމަދު ސޯލިހް އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނެވެ. މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އައި ދެއްވަދޫއަށް މި މެޗުގައި ލަނޑެއް ޖެހޭވަރުވީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ގެމަނަފުށީގެ ދެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ދެ ލަނޑުން، މެޗު ކާމިޔާބުކުރުމުގެ ހިތްވަރު ދެއްވަދޫއަށް ލިބުނުއިރު އަޙްމަދު ރާހިލް ރަޝީދު އާއި މުޙައްމަދު އިމްރާން އިތުރު ދެ ލަނޑު ޖަހައި ދެއްވަދޫ ކޮޅަށް މެޗު އަނބުރާލި އެވެ.

މިވެސް ކިޔާލަން:  އެޗްޑީސީ ޗެމްޕިއަންކަން ހޯދައިފި

4-3 އިން ދެއްވަދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެއްވަދޫ ޓީމުގެ މުޙައްމަދު އިމްރާން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އިމްރާން / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

މެޗު 6

ހަވަނަ މެޗުގައި ބައްދަލުކުރީ ލީގު ބުރުގެ ފުލުގައި އޮތް ކޮނޑޭ އާއި ވިލިނގިއްޔެވެ. މި މެޗަށް ނުކުތްއިރު ވެސް ފައިނަލްގެ ފުރުސަތު ކޮނޑޭއަށް ގެއްލިފައިވާއިރު، ތިން ލަނޑުގެ ތަފާތުން މެޗު ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ވިލިނގިއްޔަށް އޮތެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ކޮނޑޭއިން ނެވެ. މެޗުގެ 20 ވަނަ މިނިޓްގައި ކޮނޑޭއިން ލީޑު ނެގިއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިންސައު އަޙްމަދު އެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފުގައި ވިލިނގިލިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ހަތަރު ލަނޑު ޖަހާފަ އެވެ. ފަހަތުން އަރައި ވިލިނގިލިން ހޯދި މި ކާމިޔާބާއިއެކު އެ ޓީމަށް ވަނީ ފައިނަލްގެ ދެވަނަ ޖާގަ ލިބިފަ އެވެ. މި މެޗުގައި ވިލިނގިލީގެ ލަނޑުތައް ޖަހައިދިނީ އަހްޝަމް ރަޝާދު އާއި އަފްރާދު ހަސަން އަދި ހުސައިން މިފްރާހް ވަހީދު އާއި ޝާޒްމީން މުޙައްމަދު ރާޝިދު އެވެ.

4-1 އިން ވިލިނގިލި ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ހުސައިން މިފްރާހް ވަހީދު އެވެ.

މި އަތޮޅުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެވެ.

މިވެސް ކިޔާލަން:  ހޯކްސްއަށް ގުރޫޕްގެ އެއްވަނަ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top