ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޕަލްގެ އައިފޯން އަޕްގްރޭޑް ސައިކަލް، ކުރިން އުންމީދު ކުރި މިންވަރަށް ވުރެ ރަނގަޅުވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި

އެވަކޯ އައި.އެސް.އައި އިން އިންވެސްޓަރުންނަށް ފޮނުވި ނޯޓެއްގައި ބުނެފައިވަނީ، އެ ކުންފުނިން އެންމެ ފަހުން ކުރި ކޮންސިއުމަރ ސާވޭއިން ދައްކާ ގޮތުގައި، އެޕަލްގެ އައިފޯން އަޕްގްރޭޑް ސައިކަލް ކުރިން ލަފާކުރި މިންވަރަށް ވުރެ ވަރުގަދަވާނެ ކަމަށާއި، އަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުންފުންޏަށް ބޮޑު މަންފާއެއް ލިބޭނެ ކަމަށެވެ.

ގާތްގަނޑަކަށް 4,000 ކަސްޓަމަރުން ބައިވެރިވި އެ ކުންފުނީގެ އަހަރީ ސާވޭއިން ދައްކާ ގޮތުގައި، އެންމެ ފަހުގެ މޮޑެލްތަކަށް އޮތް ޑިމާންޑާއެކު “އުންމީދު ކުރި ވަރަށް ވުރެ ރަނގަޅު އައިފޯން ރިފްރެޝް ސައިކަލް” އެއް ފެންނަމުންދެއެވެ. ވިކޭ މިންވަރު އިތުރުވުމުގެ އިތުރުން، ފޯނުތަކުގެ އަގުބޮޑު މޮޑެލްތަކާއި މެމޮރީ ބޮޑު ފޯނުތަކަށް ކަސްޓަމަރުން އިސްކަންދޭތީ، އައިފޯނުގެ އެވްރެޖް އަގު 20 އިންސައްތައަށް ވުރެ ބޮޑުވާނެ ކަމަށް އެވަކޯއިން ލަފާކުރެއެވެ.

“ޕްރޯ މެކްސް އަކީ އަދިވެސް އެންމެ މަގުބޫލު ފޯނު” ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ސާވޭގައި ބައިވެރިވި މީހުންގެ 53 އިންސައްތަ މީހުން އައިފޯން 18 ޕްރޯ ނުވަތަ ޕްރޯ މެކްސް ގަތުމަށް ގަސްތުކުރާއިރު، 32 އިންސައްތަ މީހުން ބޭނުންވަނީ ޕްރޯ މެކްސްއެވެ. މިއީ މިދިޔަ އަހަރުގެ 29 އިންސައްތައާ އަޅާބަލާއިރު އިތުރުވުމެކެވެ.

އާ “އައިފޯން ޑުއޯ” ފޯލްޑަބަލް ފޯނަށް އޮތް ޑިމާންޑް 14 އިންސައްތައިގައި ހުރިއިރު، އޮކްޓޯބަރު މަހުގެ މެދުތެރޭގައި އެ ފޯނު ނެރެން ކައިރިވުމުން އެ އަދަދު އިތުރުވާނެ ކަމަށް އެވަކޯއިން ލަފާކުރެއެވެ.

ސާވޭއިން ދައްކާ ގޮތުގައި ފޯނު އަޕްގްރޭޑް ކުރާ ގިނަ މީހުންނަކީ ބާ ފޯނު ބޭނުންކުރާ މީހުންނެވެ. މިގޮތުން 67 އިންސައްތަ މީހުން ބާ އައިފޯނެއް ބަދަލުކުރާކަމަށް ބުނެފައިވާއިރު، މިއީ މިދިޔަ އަހަރުގެ 48 އިންސައްތައާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މިވެސް ކިޔާލަން:  އައިފޯނުގެ 20 ވަނަ އަހަރީ މޮޑެލްއާ ގުޅޭ ޚާއްޞަ 10 ފީޗާއެއް

ކަސްޓަމަރުން މެމޮރީ ބޮޑު މޮޑެލްތަކަށް އިސްކަންދިނުމާއި، އެޕަލް އިން 2 ޓެރާބައިޓްގެ ޕްރޯ އަދި ޑުއޯ މޮޑެލްތައް ތައާރަފުކުރުމާ ގުޅިގެން، ފޯނު ވިއްކާ އެވްރެޖް އަގު ގާތްގަނޑަކަށް 28 އިންސައްތަ މަތިވާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، އެޕަލް ވޮޗް ގަތުމަށް ޝައުގުވެރިކަން ހުރި މިންވަރު 38 އިންސައްތައަށް އަދި އެއާޕޮޑްސްއަށް އޮތް ޝައުގުވެރިކަން 43 އިންސައްތައަށް އަރާފައިވާކަން އެވަކޯއިން ފާހަގަކޮށްފައިވެއެވެ.

މި ސާވޭއަކީ ހަމައެކަނި އެމެރިކާއަށް އަމާޒުކޮށްފައިވާ ސާވޭއެއް ނަމަވެސް، ޑިމާންޑް ހުރި ގޮތުން 2027 ވަނަ މާލީ އަހަރުގެ އާމްދަނީ ކުރިން ލަފާކުރި 7 އިންސައްތައަށް ވުރެ މަތިވާނެ ކަމަށް ބެލެވެއެވެ. އެވަކޯއިން ވަނީ އެޕަލްގެ ރޭޓިންގް “އައުޓްޕާފޯމް” ގައި ހިފަހައްޓައި، އެ ކުންފުނީގެ ހިއްސާގެ އަގު 380 ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top