މިއީ 2002 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު “ތުމްސޭ އައްޗާ ކޯން ހޭ” ގެ ޓައިޓްލް ލަވައެވެ. މިއީ ލަވަކިޔުންތެރިޔާ ތައުސީފް އަޚްތަރުގެ އަޑުން އިވިގެންދިޔަ ވަރަށް ހިތްގައިމު ލޯބީގެ ލަވައެކެވެ.
ބޮލީވުޑްގެ މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި މި ފިލްމުގެ ލަވަ އަލްބަމްގެ ލަވަތައް ކިޔައިދީފައިވަނީ ތައުސީފްގެ އިތުރުން ސޯނޫ ނިގަމް، އަލްކާ ޔަގްނިކް، ކުމާރު ސާނޫ، ސާރިކާ ކަޕޫރު އަދި ސުކްވިންދަރު ސިންގް އެވެ.
ސަމީރުގެ ޅެންވެރިކަމާއި ނަދީމް-ޝްރަވަންގެ މިއުޒިކުން ފައްކާކޮށްފައިވާ މި އަލްބަމަކީ އެ އަހަރު ނުކުތް އެންމެ މަޤުބޫލު އެއް ފިލްމީ ލަވަ އަލްބަމެވެ.
ހިންދީ ލަވަ އާއި ދިވެހި މާނަ
ޗާންދު ތާރޭ ޕޫލް ޝަބްނަމް، ތުމްސޭ އައްޗާ ކޯން ހޭ
ހަނދާއި، ތަރިތަކާއި، މަލާއި، އަދި ޝަބްނަމްގެ ތެރެއިން، ތިބާއަށްވުރެ ރީތީ ވަކި ކާކު ހެއްޔެވެ؟
ޗާންދު ތާރޭ ޕޫލް ޝަބްނަމް، ތުމްސޭ އައްޗާ ކޯން ހޭ
ހަނދާއި، ތަރިތަކާއި، މަލާއި، އަދި ޝަބްނަމްގެ ތެރެއިން، ތިބާއަށްވުރެ ރީތީ ވަކި ކާކު ހެއްޔެވެ؟
ކޯއީ ރުތު ހޯ ކޯއީ މޯސަމް، ތުމްސޭ އައްޗާ ކޯން ހޭ
ކޮންމެ ވަގުތެއް ވިޔަސް، އަދި ކޮންމެ މޫސުމެއްގައި ވިޔަސް، ތިބާއަށްވުރެ ވަކިން ރީތި އެހެން ފަރާތެއް ކޮބާ ހެއްޔެވެ؟
ޗާންދު ތާރޭ ޕޫލް ޝަބްނަމް، ތުމްސޭ އައްޗާ ކޯން ހޭ
ހަނދާއި، ތަރިތަކާއި، މަލާއި، އަދި ޝަބްނަމްގެ ތެރެއިން، ތިބާއަށްވުރެ ރީތީ ވަކި ކާކު ހެއްޔެވެ؟
*****
ޕިޔާރް ސޭ މުކްޅޭ ކޮ އާކޭ، ޗޫމްތީ ހޭ ޗާންދުނީ
ހަނދުވަރު އައިސް ލޯތްބާއެކު ތިޔަ މޫނަށް ބޮސްދެއެވެ.
ސާރި ދުނިޔާ މޭ ހޭ ބިކްރީ، ބަސް ތުމްހާރީ ރޯޝްނީ
މުޅި ދުނިޔެއަށް ފެތުރިފައިވަނީ ހަމައެކަނި ތިބާގެ އަލިކަމެވެ.
އޭސާ ކޮއީ ބީ ނެހީ، ހޯ މޭރީ ނަޒަރް މޭ ހަސީން
އަހަރެންގެ ލޮލަށް ފެންނަ ފެނުމުގައި، ތިޔަފަދަ ހިތްގައިމު އެހެން އެއްވެސް މީހަކު ނުވެއެވެ.
މޭރާ ދިލް ކެހެތާ ހޭ ޖާނަމް، ތުމްސޭ އައްޗާ ކޯން ހޭ
އަހަރެންގެ ހިތް ބުނެއެވެ. ލޯބިވާއެވެ! ތިބާއަށްވުރެ ވަކިން ރީތީ ކާކު ހެއްޔެވެ؟
މޭރާ ދިލް ކެހެތާ ހޭ ޖާނަމް، ތުމްސޭ އައްޗާ ކޯން ހޭ
އަހަރެންގެ ހިތް ބުނެއެވެ. ލޯބިވާއެވެ! ތިބާއަށްވުރެ ވަކިން ރީތީ ކާކު ހެއްޔެވެ؟
*****
ޖޯ ކުލޭ ޒުލްފޭ ތުމްހާރީ، ދިން މޭ ކާލީ ރާތު ހޯ
ތިބާގެ ތިޔަ އިސްތަށިގަނޑު ނިއުޅާލުމުން، ދުވާލުގެ ވަގުތު ކަޅު އަނދިރި ރޭގަނޑަކަށް ވެގެންދެއެވެ.
ތުމް ޒަރާ އާންޗަލް އުޅާ ދޯ، ދޫޕް މޭ ބަރްސާތު ހޯ
ކަލާގެ ތިޔަ ދޯޕައްޓާގެ ފަސްބައި މައްޗަށް އުދުއްސައިލަބަލާށެވެ. އޭރުން އަވީގެ ތެރެއަށް ވާރޭ ވެހިގެން ހިނގައިދާނެއެވެ.
ސާގަރް ކި ޕިޔާސީ ލެހެރް، ހޯ ޖޫމޭ ތުމްހޭ ދޭކް ކަރް
ކަނޑުގެ ކަރުހިއްކައިގެންފައިވާ ރާޅުތައްވެސް، ކަލާ ފެނުމުން އުފަލުން ނަށައިގަނެއެވެ.
ސާރީ ދުނިޔާ ސާރަ އާލަމް، ތުމްސޭ އައްޗާ ކޯން ހޭ
މުޅި ދުނިޔެއާއި މުޅި ކާއިނާތުގައިވެސް ތިބާއަށްވުރެ ރީތި އެހެން ފަރާތެއް ކޮބާ ހެއްޔެވެ؟
ސާރީ ދުނިޔާ ސާރަ އާލަމް، ތުމްސޭ އައްޗާ ކޯން ހޭ
މުޅި ދުނިޔެއާއި މުޅި ކާއިނާތުގައިވެސް ތިބާއަށްވުރެ ރީތި އެހެން ފަރާތެއް ކޮބާ ހެއްޔެވެ؟
ކޯއީ ރުތު ހޯ ކޯއީ މޯސަމް، ތުމްސޭ އައްޗާ ކޯން ހޭ
ކޮންމެ ވަގުތެއް ވިޔަސް، އަދި ކޮންމެ މޫސުމެއްގައި ވިޔަސް، ތިބާއަށްވުރެ ވަކިން ރީތި އެހެން ފަރާތެއް ކޮބާ ހެއްޔެވެ؟
ޗާންދު ތާރޭ ޕޫލް ޝަބްނަމް، ތުމްސޭ އައްޗާ ކޯން ހޭ
ހަނދާއި، ތަރިތަކާއި، މަލާއި، އަދި ޝަބްނަމްގެ ތެރެއިން، ތިބާއަށްވުރެ ރީތީ ވަކި ކާކު ހެއްޔެވެ؟
ހޯ ތުމްސޭ އައްޗާ ކޯން ހޭ
ތިބާއަށްވުރެ ރީތީ ކާކު ހެއްޔެވެ؟
