ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޗްޑީސީ ވެސް ފެށީ މޮޅަކުން
ވޮލީބޯޅަ އެސޯސިއޭޝަން - އެފްބީ

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަން 1 ގައި ކުލަބް އެޗްޑީސީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވިއިރު، ޕޮލިސް ކުލަބް ކުޅުނު ދެވަނަ މެޗުން ވެސް އެ ޓީމު މޮޅުވެއްޖެ އެވެ.

މުބާރާތުގެ ތިންވަނަ މެޗު އިއްޔެ ހަވީރު ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ކުލަބް އެޗްޑީސީ އާއި ކުލަބް އެމްޓީސީސީ އެވެ. މި މެޗަކީ ކުލަބް އެޗްޑީސީގެ ފުރަތަމަ މެޗު ނަމަވެސް، ކުލަބް އެމްޓީސީސީގެ ދެވަނަ މެޗެވެ. މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލު ކުރީ ލަޔަންސް ރެކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ.

ފުރަތަމަ މެޗުން ބަލިވެފައިވާ ކުލަބް އެމްޓީސީސީ އާއި ކުލަބް އެޗްޑީސީ ބައްދަލުކުރި މެޗު ކުލަބް އެޗްޑީސީ ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. ފުރަތަމަ ސެޓްގެ ކުރީކޮޅު ކުލަބް އެޗްޑީސީއިން ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ޕޮއިންޓްތަކެއް ހޯދި ނަމަވެސް، ސެޓްގެ މެދަކާއި ހިސާބުން ކުލަބް އެމްޓީސީސީއިން ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. ވާދަވެރި ސެޓެއްގެ ގޮތުގައި ފެނުނު މި ސެޓް ކުލަބް އެޗްޑީސީއިން ހޯދީ 25-21 އިން ނެވެ.

ދެވަނަ ސެޓްގެ ފެށުން ފެނުނީ ފުރަތަމަ ސެޓަށްވުރެ ވާދަވެރިކޮށެވެ. މެޗުން މޮޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ކުލަބް އެމްޓީސީސީއިން މި ސެޓްގައި ރަނގަޅު ކުޅުމެއް ދައްކައި ކުލަބް އެޗްޑީސީއަށް ރަނގަޅު ވާދައެއް ކުރި ނަމަވެސް ސެޓްގެ ފަހުކޮޅު ވަނީ ކޮންޓްރޯލް ގެއްލި މެޗު ގެއްލިފަ އެވެ. މި ސެޓް ކުލަބް އެޗްޑީސީއިން ކާމިޔާބުކުރީ 25-18 އިން ނެވެ.

މިވެސް ކިޔާލަން:  ސިފައިންނާއި ޕޮލިސް ފެށީ މޮޅަކުން

ތިންވަނަ ސެޓްގައި ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗުން މޮޅުވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރި ކުލަބް އެމްޓީސީސީއިން މި ސެޓްގައި ވެސް ކުލަބް އެޗްޑީސީއަށް ރަނގަޅު ވާދައެއް ކުރިއެވެ. އެންމެ ވާދަވެރިކޮށް ފެނުނު މި ސެޓް ކުލަބް އެޗްޑީސީއިން ކާމިޔާބުކުރީ 25-23 އިން ނެވެ.

މުބާރާތުގެ ހަތަރުވަނަ މެޗު ޕޮލިސް ކުލަބް ކާމިޔާބުކުރީ ވެސް ސީދާ ތިން ސެޓުން ނެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗު ވެސް ސީދާ ތިން ސެޓުން ޕޮލިސް ކުލަބް ކާމިޔާބުކޮށްފައިވާއިރު، ލަޔަންސް ރެކްރިއޭޝަން ކުޅުނު ފުރަތަމަ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

ފުރަތަމަ ސެޓް ފެށިގޮތަށް ބޮޑު ލީޑެއްގައި އޮވެ ކުޅެމުންދިޔަ ޕޮލިސް ކުލަބުން ސެޓް ކާމިޔާބުކުރީ 25-18 އިންނެވެ. ދެވަނަ ސެޓްގައި ލަޔަންސް ރެކްރިއޭޝަންއިން ވަނީ ޕޮލިސް ކުލަބާއި ވަރުގަދަ ވާދައެއްކޮށް ހައިރާންކަން ގެނެސްފަ އެވެ. ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 28-26 އިން ނެވެ. ތިންވަނަ ސެޓްގައި ވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ކުރިން ދެ ސެޓަށްވުރެ މޮޅަށް ދެ ޓީމު ވެސް ކުޅުނު މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 31-29 އިން ނެވެ.

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުލަބް އެޗްޑީސީ އާއި ޕޮލިސް ކުލަބް ބައްދަލުކުރާއިރު، އެރޭ ބައްދަލުކުރާނީ ސިފައިންގެ ކުލަބާއި ކުލަބް އެމްޓީސީސީ އެވެ.

މިވެސް ކިޔާލަން:  ޤައުމީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަން މިއަދު ފަށަނީ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top