ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިރާއްޖެއަށް ތިންވަނަ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޗައިނާގައި މިހާރު ކުރިޔަށްދާ އިންޓަރނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުން ދިވެހިރާއްޖެ ބަލިވެ، ލީގު ބުރުގެ ތިންވަނަ މަގާމާއިއެކު ދިވެހިރާއްޖެއަށް މުބާރާތް ނިމިއްޖެ އެވެ.

މުބާރާތުގައި ދިވެހިރާއްޖެ ކުޅެން ޖެހޭ ފަހު މެޗުގައި މިއަދު ހަވީރު ޗައިނާ އާއި ބައްދަލުކޮށް 3-8 އިން ވީ ބައްޔާއިއެކު، ދިވެހިރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވީ އެވެ. ލީގު ބުރުގެ އެއްވަނަ ޗައިނާ ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެން ނެވެ. ދިވެހިރާއްޖެ އާއި ހޮންގްކޮންގް ބަލިކުރި ކެރޮއާއަކީ ލީގު ބުރުގެ ދެވަނަ ޓީމެވެ. ދިވެހިރާއްޖެއިން ހޮންގްކޮންގް ބަލިކޮށްފައިވާއިރު، އެ ޓީމަށް އެއްވެސް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިއަދު ހަވީރު ކުޅެވުނު މި މެޗުގެ 5 ވަނަ މިނިޓްގައި ޗައިނާއިން ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވު ޒެވެލް އެވެ. ލީޑު ނަގައި މާ ގިނައިރެއް ނުވެ ވު ޔުޗަންގް ކާމިޔާބުކޮށްދިން ލަނޑުން ޗައިނާއިން ލީޑު ފުޅާކުރި އެވެ. ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ ދިވެހިރާއްޖެއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް ޗައިނާއިން އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ޖެހި އެވެ. 8 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އަބްދުވެލް އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ދިވެހިރާއްޖެއިން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ލަނޑު ދިވެހިރާއްޖެއަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް އެވެ.

މިވެސް ކިޔާލަން:  ފުރަތަމަ މެޗުން ކޮރެއާ މޮޅުވެއްޖެ

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ޗައިނާއިން ނެވެ. މި ހާފުގެ ކުރީކޮޅު ވެސް ޗައިނާއިން ދެ ލަނޑު ޖެހި އެވެ. ޗައިނާއިން ފަސްވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ދިވެހިރާއްޖެއިން އިތުރު ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ ފަހުކޮޅު ޗައިނާއިން ވަނީ އިތުރު ތިން ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފުގައި ދިވެހިރާއްޖެއަށް ލަނޑު ޖަހައިދިނީ ޢަބްދުﷲ ޝާފިއު އާއި އަޙްމަދު ހަމީދު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top