ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސެންޓު ސީރީޒް: ޑޯލްޗޭ އެންޑް ގެބާނާގެ “ޕޯ ފެމް”
މުނިއަވަސް ގްރެފިކްސް

2012 ވަނަ އަހަރު ޑޯލްޗޭ އެންޑް ގެބާނާއިން ބާޒާރަށް ނެރުނު މި ސެންޓަކީ މަޝްހޫރު ސެންޓް އުފައްދާ ފަންނުވެރިން ކަމަށްވާ ޖީން-ޕިއެރޭ މޭރީ އަދި މާޓިން ޕެލިކްސްގެ އުފެއްދުމެކެވެ. މީގެ ވަސް ފެށިގެން އަންނަނީ މޭވާގެ ތާޒާ ވަހަކުންނެވެ. އެއަށްފަހު މަލުގެ ނާޒުކު ވަހެއް އިޙުސާސްވެ، އެންމެ ފަހުން މާޝްމެލޯ، ވެނީލާ އަދި ލަކުޑީގެ އަރާމު މީރުވަހަކަށް ބަދަލުވެގެންދެއެވެ.

މި ވަސް ޚާއްސަވާ ސަބަބު:

● ހޫނު މޫސުމުގެ ހިތްގައިމު މެންދުރުފަހެއްގައި، ހަކުރު ބުރުވާލާފައިވާ މޭވާގެ ތާޒާކަން އިޙުސާސްކޮށްދޭ ފަދައެވެ.
● އަންހެންވަންތަކަމާއި ނާޒުކުކަން އެކުލެވިގެންވާ މާބޮނޑިއެއްގެ މީރުވަސް ފަދައެވެ.
● ހޫނު ވެނީލާއާއި ސޭންޑަލްވުޑްގެ ތެރެއަށް ގިރިގެންދާ މަޑު މާޝްމެލޯގެ ފޮނިކަން ފަދައެވެ.

މިއީ ތާޒާ މަލުގެ ވަހާއި ކާތަކެތީގެ ފޮނި މީރުވަސް އެކުލެވިގެންވާ، ކުރީގެ ހަނދާންތައް އާކޮށްދޭ ފަދަ ރޮމޭންޓިކް ވަހެކެވެ.

ވަސް އެކުލެވިގެންވާ ގޮތް:

● މަތީ ނޯޓްސް: ރާސްބެރީ، ނެރޯލީ އަދި މެންޑަރިން އޮރެންޖް
● މެދު ނޯޓްސް: އޮރެންޖް ބްލޮސަމް އަދި ޖޭސްމިން
● ބޭސް ނޯޓްސް: މާޝްމެލޯ، ވެނީލާ، ސޭންޑަލްވުޑް އަދި ހީލިއޯޓްރޯޕް

ސެންޓު ޖެހުމާއެކު އެންމެ ފުރަތަމަ އިޙުސާސްވާނީ ރާސްބެރީއާއި މެންޑަރިން އޮރެންޖްގެ ތާޒާ ވަހެވެ. ރާސްބެރީގެ ސަބަބުން ކުޑަ ހުތްކަމެއް އެކުލެވޭ ފޮނި ވަހެއް ލިބޭއިރު، މެންޑަރިން އޮރެންޖުން އުޖާލާކަން ގެނެސްދެއެވެ. އަދި ނެރޯލީގެ ސަބަބުން މި މޭވާގެ ވަހަށް މާތް ފެންވަރެއް ލިބިގެންދެއެވެ.

މެދުތެރޭގެ ވަހެއްގެ ގޮތުގައި އިޙުސާސްވަނީ ހުދު މަލުގެ ނާޒުކު މީރުވަހެވެ. އޮރެންޖް ބްލޮސަމްއިން ތާޒާ ފޮނިކަމެއް ގެނެސްދޭއިރު، ޖޭސްމިންއިން މީރު މަޑު ވަހެއް އިތުރުކޮށްދެއެވެ. މި މީރުވަސްތަކުގެ ސަބަބުން ސެންޓަށް ފުރިހަމަ އަންހެންވަންތަ ސިފައެއް ލިބެއެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: އޭރިންގެ "މެޑިޓަރޭނިއަން ހަނީސަކަލް"

ސެންޓުގެ ވަސް ހަރުލާފައި ހުންނަ އެންމެ ފަހު ވަގުތުކޮޅަކީ އެންމެ އަރާމު ވަގުތެވެ. މާޝްމެލޯ، ވެނީލާ، ސޭންޑަލްވުޑް އަދި ހީލިއޯޓްރޯޕް އެކުލެވިގެން އުފައްދާ މި މީރުވަހަކީ ކްރީމީ އަދި ފޮނި ވަހެކެވެ. މާޝްމެލޯއިން ހަކުރުގެ ފޮނިކަން ގެނެސްދޭއިރު، ވެނީލާއިން ހޫނުކަން އިތުރުކޮށްދެއެވެ. ސޭންޑަލްވުޑުން ލަކުޑީގެ މީރުވަސް ގެނެސްދޭއިރު، ހީލިއޯޓްރޯޕުން ބާދާމުގެ ރަހަ އެކުލެވޭ ފަދަ މަޑު ވަހެއް ލިބިދެއެވެ.

● ވަސް ފެތުރޭ މިންވަރު: މިއީ މަޑު ނުވަތަ މެދުމިންވަރަކަށް ވަސް ފެތުރޭ ސެންޓެކެވެ.
● ދެމިހުންނަ ވަގުތު: އާންމުގޮތެއްގައި 5 އާއި 7 ގަޑިއިރާ ދެމެދު ވަސް ހުރެއެވެ. ނަމަވެސް މިއީ މީހާގެ ހަމުގެ ބާވަތާއި، ބޭނުންކުރާ މިންވަރާއި، މޫސުމަށް ބަލައި ބަދަލުވެދާނެ ކަމެކެވެ.

ރާއްޖެ ފަދަ ހޫނު ޤައުމުތަކުގައި މީގެ ފޮނިކަން އިތުރަށް އިޙުސާސްވުން އެކަށީގެންވެއެވެ. އެހެންކަމުން ދުވާލު ގަޑީގައި މަދު މިންވަރަކަށް ބޭނުންކުރުން ރަނގަޅެވެ. އަދި ރޭގަނޑުގެ ވަގުތުތަކަށާއި އޭސީކޮށްފައި ހުންނަ ތަންތަނަށް މިއީ ވަރަށް އެކަށީގެންވާ ސެންޓެކެވެ.

މި ސެންޓު ކަމުދާނީ ކޮންބަޔަކަށް؟

● ނާޒުކު މަލުގެ ވަސް އެކުލެވޭ ފޮނި ސެންޓަށް ލޯބިކުރާ އަންހެނުންނަށް.
● މާޝްމެލޯ، ވެނީލާ އަދި ކާތަކެތީގެ ފޮނި ވަސް ކަމުދާ ފަރާތްތަކަށް.
● މޭވާގެ ވަހާއެކު އޮރެންޖް ބްލޮސަމް އަދި ޖޭސްމިންގެ ވަހަށް ލޯބިކުރާ މީހުންނަށް.
● ރޮމޭންޓިކް، އަރާމު އަދި ހިތްގައިމު އަންހެންވަންތަ ވަހެއް ބޭނުންވާ ކޮންމެ މީހަކަށް.

މިއީ އަމިއްލަ ނަފްސަށް އިތުބާރު އޮންނަ، ނަމަވެސް މަޑުމައިތިރިކަމާއި ފުރިހަމަކަން ބޭނުންވާ މީހުންނަށް ޚާއްސަ ސެންޓެކެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: އީވް ސޯން ލޯރެންޓްގެ "މައިސެލްފް އެލް'އެބްސޮލޫ"

ބޭނުންކުރާނެ ގޮތުގެ އިރުޝާދު:

● އިތުރަށް ފޮނިކަން ގެނައުމަށް ވެނީލާ ނުވަތަ މާޝްމެލޯ ވަސް ދުވާ ބޮޑީ ލޯޝަނަކާއެކު ބޭނުންކުރާށެވެ.
● މަލުގެ ވަސް ގަދަކުރުމަށް އޮރެންޖް ބްލޮސަމް ބޮޑީ މިސްޓަކާއެކު ބޭނުންކުރާށެވެ.
● މަޑުމައިތިރި އިޙުސާސަކަށް ސޭންޑަލްވުޑް ނުވަތަ މަސްކް ލޯޝަނެއް ބޭނުންކުރާށެވެ.

މިއީ މާބޮޑަށް ކުޑަކުދިންގެ ވަހަކަށް ނުވެ، އަދި މާބޮޑަށް ރަސްމީ ވަހަކަށްވެސް ނުވެ، ފޮނިކަމާއި މާތްކަން އެކުލެވިގެންވާ ގޮތަށް އުފައްދާފައިވާ މޮޅު ސެންޓެކެވެ. މިއީ ފޮނި ރާސްބެރީއާއި، ހުދު މަލުގެ މާބޮނޑިއަކާއި، މަޑު މާޝްމެލޯއާއި ވެނީލާގެ ފުރިހަމަ މީރުވަހެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top