ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސެންޓު ސީރީޒް: މޮންބްލާންކްގެ “ލެޖެންޑް އެލިކްސާ”
މުނިއަވަސް ގްރެފިކްސް

މިފަހަރު ބަލައިލާނީ ހަވާދުގެ މީރުވަހާއި، މާވަހުގެ ރީތިކަމާއި، ހޫނު ވެނީލާގެ ފޮނިކަން އެކުލެވޭ ފުރިހަމަ އުފެއްދުމަކަށެވެ.

މޮންބްލާންކްގެ “ލެޖެންޑް އެލިކްސާ” އަކީ މަޝްހޫރު ސެންޓު އުފައްދާ ފަންނުވެރިން ކަމަށްވާ އެންޓުއާން މެއިޒޮންޑިއު އަދި ގިޔޯމް ފްލެވީނީ ގުޅިގެން 2026 ވަނަ އަހަރު ބާޒާރަށް ނެރުނު ފިރިހެނުންގެ “އޮރިއެންޓަލް ފޫޝެއަރ” ވައްތަރުގެ ސެންޓެކެވެ.

މި ސެންޓު ޚިޔާރުކުރަންވީ ކީއްވެ؟

“ލެޖެންޑް އެލިކްސާ” އަކީ އާންމުކޮށް ފިރިހެން ސެންޓުތަކުން ފެންނަ ތާޒާ ވަސްތަކަށް އިތުރު ފުރިހަމަކަމަކާއި މުއްސަނދިކަމެއް ގެނެސްދޭ ސެންޓެކެވެ. ހަވާދުގެ ބާވަތްތަކާއި، މަޑުމައިތިރި މާވަހުގެ އިތުރުން ފޮނި ރެސިން އެކުލެވިގެން އުފައްދާފައިވާ މި ސެންޓުން ޒަމާނީ، ހަރުދަނާ އަދި އިތުބާރު ހުރި ޝަޚްސިއްޔަތެއް ސިފަކޮށްދެއެވެ.

މި ސެންޓުން އިޙުސާސްކޮށްދޭ ކަންކަން:

● ކާފޫރުތޮޅިއާއި ޕިންކް ޕެޕަރާއެކު އެކުލެވިފައިވާ ލެވެންޑަރގެ މީރުވަސް
● އައިރިސް މަލުގެ ނަލަކަމާ އެކުވެފައިވާ ހޫނު ފޮނިތޮށީގެ އަސަރު
● ވެނީލާއާއި އަމްބަރުގެ ފަދަ މީރު ރެސިންތަކުގެ އޮމާން އެކުވުން
● މަޑުމައިތިރި ފޮނިކަމަކާއެކު ފެންނަ ޝާހީ ފިރިހެންވަންތަކަން

މިއީ ތާޒާކަމާއި ހިތްގައިމު ހޫނުކަން އެއްކޮށްލައިގެން، އޭގެ އަސްލު ފެންވަރު ގެއްލުވައިނުލައި އުފައްދާފައިވާ ވަރަށް ޚާއްސަ ސެންޓެކެވެ.

ސެންޓުގެ ނޯޓްސްތައް:

● މަތީ ނޯޓްސް: ލެވެންޑަރ، ކާފޫރުތޮޅި، ޕިންކް ޕެޕަރ އަދި ބާގަމޮޓް
● މެދު ނޯޓްސް: ފޮނިތޮށި، އައިރިސް، ޕޮމަރޯޒް އަދި ކްލެރީ ސޭޖް
● ތިރީ ނޯޓްސް: ވެނީލާ، އެމްބްރޯފިކްސް™، ބެންޒޮއިން، ލަބްޑަނަމް

ފުރަތަމަ ޖަހައިލުމުން ދުވާނީ ލެވެންޑަރ އަދި ބާގަމޮޓްގެ ތާޒާ ވަހާއެކު، ކާފޫރުތޮޅިއާއި ޕިންކް ޕެޕަރުގެ ސަބަބުން ގެނެސްދޭ ދިރުންހުރި، ކުޅި އަސަރެކެވެ. މެދުމިންވަރަކަށް ސެންޓުގެ ވަސް ހަރުލުމުން، ހޫނު ފޮނިތޮށްޓާއި، ޕައުޑަރު ފަދަ މަޑު އައިރިސް، މޭވާގެ ރަހަ އެކުލެވޭ ޕޮމަރޯޒް އަދި ފަތްޕިލާވެލީގެ އަސަރު ހުންނަ ކްލެރީ ސޭޖްގެ މީރުވަސް ފާޅުވެ، ފޮނިކަމާއި ފުން މީރުވަހުގެ ފުރިހަމަ ގުޅުމެއް އުފައްދައެވެ. އަދި ސެންޓު ހަމައަކަށް އެޅިގެންދާއިރު، އެންމެ ބޮޑަށް ފާހަގަވެގެންދަނީ ބެންޒޮއިން އަދި ލަބްޑަނަމްގެ ހޫނު އަސަރާއެކު އަންނަ ވެނީލާގެ ފޮނި މީރުވަހެވެ. މީގެ އިތުރުން އެމްބްރޯފިކްސް™ އިން ގެނެސްދޭ ޒަމާނީ ލަކުޑި އަދި އަމްބަރުގެ އަސަރުގެ ސަބަބުން، ސެންޓަށް އޮމާން އަދި ގިނައިރު ހުންނަ ވަރުގަދަ ނިމުމެއް ލިބިގެންދެއެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: "ވެލެންޓީނޯ އުއޯމޯ ބޯން އިން ރޯމާ ޕަރޕަލް މެލަންކޯލިއާ"

ވަސް ފެތުރޭ މިންވަރާއި ވަސް ހުންނަ މުއްދަތު

● ވަސް ފެތުރޭ މިންވަރު: ވަރުގަދައަށް ފެތުރުނު ނަމަވެސް މިއީ ބޭނުންކުރާ މިންވަރަށާއި ހަށިގަނޑުގެ ހަމުގެ ގޮތުން ބަދަލުވެދާނެ ކަމެކެވެ.
● ވަސް ހުންނަ މުއްދަތު: އާންމު ގޮތެއްގައި 8 އާއި 12 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ވަސް ހުންނާނެކަމަށް ބެލެވުނަސް، މިއީ ކޮންމެ މީހެއްގެ ހަމުގައި ތަފާތުވެދާނެ ކަމެކެވެ.

މި ސެންޓުގެ ހޫނު އަދި ފޮނި އަސާސްގެ ސަބަބުން، މިއީ ރޭގަނޑުގެ ވަގުތުތަކަށާއި އޭސީ ކޮށްފައި ހުންނަ ތަންތަނަށް ނުހަނު ގުޅޭ ސެންޓެކެވެ. ރާއްޖޭގެ ހޫނުގަދަ މާހައުލުގައި މި ސެންޓު ބޭނުންކުރާއިރު މަދު މިންވަރަކަށް ޖެހުން މާ ބޮޑަށްވެސް އެކަށީގެންވެއެވެ.

މި ސެންޓު އެންމެ ބޮޑަށް ކަމުދާނީ ކޮން ބަޔަކަށް؟

● ހޫނު، ކުޅި އަދި ވެނީލާ އެކުލެވޭ ސެންޓުތަކަށް ލޯބިކުރާ ފަރާތްތަކަށް
● ލެވެންޑަރގެ ތާޒާ ވަހާއެކު ފޮނި ރެސިންގެ އަސަރަށް ގަޔާވާ ފިރިހެނުންނަށް
● ކްލެސިކް ރީތިކަމަކާއެކު ޒަމާނީ ސެންޓުތައް އިޚްތިޔާރުކުރާ މީހުންނަށް
● ރޭގަނޑުގެ އެއްވުންތަކަށާއި ޚާއްސަ މުނާސަބަތުތަކަށް ތަފާތު ސެންޓެއް ހޯދާ ފަރާތްތަކަށް
● މާ ބޮޑަށް ފޮނިނުވާ، ނަމަވެސް މީރު ފޮނިކަމަކާއެކު ހަރުދަނާކަން އެކުލެވޭ ސެންޓުތައް ބޭނުންވާ ފަރާތްތަކަށް.

“ލެޖެންޑް އެލިކްސާ” އަކީ މާ ބޮޑަށް ކާތަކެތީގެ ފޮނި ރަހަޔަށް ބުރަނުވެ، ހިތްގައިމު ފޮނިކަމަކާއެކު ހަރުދަނާ ސިފައެއް ގެނެސްދޭ ސެންޓުތަކަށް ލޯބިކުރާ ފިރިހެނުންނަށް ވަރަށް ފުރިހަމަ ސެންޓެކެވެ.

ސެންޓު އެއްކޮށް ބޭނުންކުރުމަށް އިރުޝާދެއް:

● ވެނީލާ ސެންޓަކާ އެއްކޮށްލުން: ސެންޓުގެ އޮމާން ފޮނިކަން އިތުރަށް ވަރުގަދަކުރުމަށް
● މަޑު މަސްކް އެއްކޮށްލުން: ވަސް އިތުރަށް އޮމާންކޮށް، ގާތް އިޙްސާސެއް ގެނެސްދިނުމަށް
● ލަކުޑީގެ ވަސް ހުންނަ ސެންޓަކާ ގުޅުވައިލުން: އޭގެ ފުން އަމްބަރު އަސަރުތައް އިތުރަށް ފާޅުކުރުމަށް
● މަދު މިންވަރަކަށް ބޭނުންކުރުން: އޭގެ ކުޅި ފެށުމާއި ފޮނި ނިމުމުގެ މެދުގައިވާ ހަމަހަމަކަން ނުގެއްލޭނެހެން ބެހެއްޓުމަށް

މިވެސް ކިޔާލަން:  ސެންޓް ސީރީޒް: ވަރްސާޗޭ "ކްރިސްޓަލް ނޮއާ"

މޮންބްލާންކްގެ “ލެޖެންޑް އެލިކްސާ” އަކީ ހަވާދުގެ މީރުވަހާއި، މާވަހުގެ ފުރިހަމަކަމާއި، މުއްސަނދި ވެނީލާ ރެސިން އެކުލަވައިލައިގެން އުފައްދާފައިވާ، ޒަމާނީ އަދި ނުހަނު ފުރިހަމަ ސެންޓެކެވެ. މި ސެންޓުގެ އެންމެ ޚާއްސަ ސިފައަކީ އޭގައި އެކުލެވޭ ކުޅި ތާޒާކަމާއި ހިތްގައިމު ފޮނިކަމުގެ މެދުގައިވާ ފުރިހަމަ ފަރަގެވެ. މިއީ މާތް، ހަރުދަނާ އަދި ހޫނު މިޒާޖުގެ ސެންޓުތަކަށް ލޯބިކުރާ ފިރިހެނުންނަށް ވަރަށް އަގުހުރި އިޚްތިޔާރެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top