ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރޯޔަލް ރެޑްސްގެ ރަނިކަމަށް ނިމުމެއް ނައި
މަހިބަދޫ ޔޫތު ހޭންޑްބޯލް

އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ހަތަރުވަނަ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އެ ޓީމުގެ ރަނިކަމަށް ނިމުމެއް ނެތްކަން ރޯޔަލް ރެޑްސްއިން ދައްކައިފި އެވެ. މިހާތަނަށް މި މުބާރާތް ބޭއްވި ހަތަރު އަހަރު ވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ރޯޔަލް ރެޑްސްއިން ނެވެ.

ހަތަރުވަނަ މުބާރާތުގެ ފައިނަލްގައި ބައްދަލުކޮށްފައިވަނީ ވޭތުވެދިޔަ ތިން އަހަރު ވެސް ފައިނަލްގައި ރޯޔަލް ރެޑްސް އާއި ވާދަކުރި ޔުނީކް އެވެ. މި މުބާރާތުގެ ފައިނަލަށް މި ދެ ޓީމު ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗެއް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްގެން ނެވެ.

ރޭ ކުޅެވުނު މި މުބާރާތުގެ ފައިނަލް މެޗު ރޯޔަލް ރެޑްސްއިން ކާމިޔާބުކުރީ 22-16 އިން ޔުނީކް މައްޗަށް ކާމިޔާބު ހޯދައިގެން ނެވެ.

ފުރަތަމަ މިނިޓްގައި ފާތިމަތު ޝާރަތުގެ ލަނޑުން ލީޑު ނެގި ރޯޔަލް ރެޑްސްއިން ފުރަތަމަ ހަތް މިނިޓްތެރޭ 6 ލަނޑު ކާމިޔާބުކުރި އެވެ. ޔުނީކްއިން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބުކުރީ ވެސް ރޯޔަލް ރެޑްސްއިން 6 ލަނޑު ކާމިޔާބުކުރި ފަހުން ނެވެ. މި ހާފުގެ ފަހުކޮޅު ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ޔުނީކްއިން ނެވެ. މި ހާފުގައި ރޯޔަލް ރެޑްސްއިން 9 ލަނޑު ކާމިޔާބުކުރިއިރު ޔުނީކްއިން 8 ލަނޑު ކާމިޔާބުކުރި އެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު މޮޅަށް ކުޅުނީ ރޯޔަލް ރެޑްސްއިން ނެވެ. މި ހާފުގައި އެ ޓީމުން އިތުރު 13 ލަނޑު ކާމިޔާބުކުރިއިރު، ޔުނީކްއިން މި ހާފުގައި ވެސް 8 ލަނޑު ކާމިޔާބުކުރި އެވެ.

މިވެސް ކިޔާލަން:  ރޯޔަލް ރެޑްސް ސެމީއަށް، ކާލާމަންނަ ދެވަނަ މޮޅު ހޯދައިފި

މި މެޗުގައި ރޯޔަލް ރެޑްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ފާތިމަތު ޝާރަތު، އާއިޝަތު ޝަމްހާ އަލީ، ފާތިމަތު ޖުނާ، ޝަފްގާ ހުސައިން، މަރިޔަމް އަރުޝާ، މަރިޔަމް ހިންދު އަދި ހައްވާ ޝާމަތު އެވެ. ޔުނީކްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، އަންޖާ ރެޕަނޮވި، ސަންފާ ޝިޔާނާ، ފާތިމަތު ޝިފާ، އާމިނަތު ނުޒްހާ މުހައްމަދު، އިންސާ އަޙްމަދު ރިފްއަތު އެވެ.

16-22 އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ރޯޔަލް ރެޑްސް ހޯދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯޔަލް ރެޑްސްގެ އާއިޝަތު ރައުނާ އެވެ.

މި މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރޯޔަލް ރެޑްސްގެ ފާތިމަތު ޖުނާ އެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުނީކްގެ އަންޖާ ރެޕަނޮވި އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުނީކް ޓީމުގެ އިންސާ އަޙްމަދު ރިފްއަތު އެވެ. މި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ، އަންޖާ ރެޕަނޮވި (ޔުނީކް)، ފާތިމަތު ޖުނާ (ރޯޔަލް ރެޑްސް)، ސޮފާ ޤާސިމް (ކާލާމަންނަ)، ސަންފާ ޝިޔާނާ (ޔުނީކް)، މަރިޔަމް އަރުޝާ (ރޯޔަލް ރެޑްސް)، އާއިޝަތު ޝަމްހާ އަލީ (ރޯޔަލް ރެޑްސް) އަދި އާއިޝަތު ރައުނާ (ރޯޔަލް ރެޑްސް) އެވެ.

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top