ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތިމަރަފުށި، ވޭމަންޑޫ އަދި ވާދޫ ފެށީ މޮޅަކުން
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސައުތު ޒޯން 1 ގެ ފުރަތަމަ މެޗުން، ތިމަރަފުށި، ދެވަނަ މެޗުން ވޭމަންޑޫ އަދި ސައުތު ޒޯން 2 ގެ ފުރަތަމަ މެޗުން ވާދޫ މޮޅުވެއްޖެ އެވެ.

ސައުތު ޒޯން 1 ގެ ދެ މެޗު މިހާތަނަށް ކުޅެފައިވާއިރު، މި ޒޯންގައި ހިމެނެނީ ގުރޫޕް އޭގައި ހިމެނޭ ތިމަރަފުށި، ވިލިނގިލި، ދެއްވަދޫ އަދި ގުރޫޕް ބީގައި ހިމެނޭ ވޭމަންޑޫ، ގަން، އިސްދޫ އެވެ.

މި ޒޯންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ތިމަރަފުށްޓާއި ދެއްވަދޫ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗަކީ ޒޯންގެ މެޗެއްގައި އެންމެ ގިނަ ފުޓްސަލް ތަރިން ފެނުނު އެއް މެޗެވެ. 1-2 އިން ތިމަރަފުށި މޮޅުވި މި މެޗުގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ 2 ވަނަ މިނިޓްގައި އިބްރާހިމް އަސްވާދު އެވެ. ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ތިމަރަފުށީގެ މޮހްސެން މޮންތަޒެމީ އަތުން ބައިކޮޅަށް ވަތް ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވި އެވެ. ދެވަނަ ފަހަރަށް ތިމަރަފުށިން ލީޑު ނެގީ 34 ވަނަ މިނިޓްގައި އާދަމް ނާސިހް ކާމިޔާބުކޮށްދިން ލަނޑުން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީ ޓީމުގެ އާދަމް ނާސިހް އެވެ.

މި ޒޯންގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވޭމަންޑޫ އާއި އިސްދޫ އެވެ. މި މެޗަކީ ވެސް ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މެޗެކެވެ. މެޗު ފެށުމާއިއެކު މެޗުން މޮޅުވުމަށް ދެ ޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މި ހާފުގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިސްދޫ ޓީމުގެ ލޫތު އަޙްމަދު ފަތުހީއަށެވެ. އިސްދޫއަށް ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލުމުން ވޭމަންޑޫގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މިވެސް ކިޔާލަން:  މަތިވެރި އާއި ގާފަރު ފެށީ މޮޅަކުން

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ވޭމަންޑޫއިން ޖެހީ މެޗުގެ 31 ވަނަ މިނިޓްގައި ސޮލާހް އަލީ އެވެ. މި ހާފުގެ އިތުރު ވަގުތުގައި އިސްދޫއަށް ލިބުނު ދުރު ޕެނަލްޓީ ވެސް ވޭމަންޑޫގެ ކީޕަރު ހުސައިން ތޮލާލް ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޭމަންޑޫ ޓީމުގެ ހުސައިން ތޮލާލް އެވެ.

ސައުތު ޒޯން 2 ގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ވާދޫ އެވެ. ސައުތު ޒޯން 2 ގައި ހިމެނެނީ ވާދޫ އާއި ފުވައްމުލަށް އަދި ފަރެސްމާތޮޑާ އެވެ. މި ޒޯންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވާދޫ އާއި ފަރެސްމާތޮޑާ އެވެ. މުޅި މެޗު ޑޮމިނޭޓްކުރި ވާދޫއިން ވަނީ މެޗުގެ 6 ވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ އާހިލް އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ ވާދޫއިން ލީޑު ފުޅާކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުސައްނިފް މުޙައްމަދެވެ. 25 ވަނަ މިނިޓާއި 29 ވަނަ މިނިޓްގައި މުޙައްމަދު ނާއިލް ވާދޫއަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ ފަހުކޮޅު ފަރެސްމާތޮޑާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ލަނޑެއް ވަނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޢަބްދުﷲ އާހިލް ވާދޫގެ ހަވަނަ ލަނޑު ޖެހި އެވެ.

މިވެސް ކިޔާލަން:  މަތިވެރި އާއި ގާފަރު ފެށީ މޮޅަކުން
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top