ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޤައުމީ ޓީމަށް ސާބަސް! – ވީޑިއޯ ލަވަ

ދިވެހިންނަކީ އަބަދުވެސް ފުޓްބޯޅައަށް ފޯރިނަގާ ބައެކެވެ. ފުޓްބޯޅަ ސީޒަން އެއް އައުމުން އެކަމުގެ ފޯރި ނަގަނީ ކުދިބޮޑު އެންމެންނެވެ. ހުރިހައި ފަންނެއްގެ މީހުންނެވެ. އެގޮތުން ރާއްޖޭގެ މިއުޒީޝަނުންނާއި ލަވަކިޔުންތެރިންވެސް މިކަމުގައި އެންމެ ތަންފުކެއްވެސް ދުލެއް ނުދެއެވެ. ކޮންމެ ފުޓްބޯޅަ މޫސުމަކަށް އައު ލަވަތަކެއް އުފަންކުރެއެވެ. ވަކިން ޚާއްޞަކޮށް ފުޓްބޯޅައިން ދިވެހި ޤައުމީ ޓީމަށް ބޮޑު ކާމިޔާބީ އެއް ލިބުމުން އެކަން ފާހަގަކުރުމަށް ޚާއްޞަ ލަވަތަކެއް ނެރެއެވެ.

 

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ސާބަސް ދިނުމަށް ދިވެހި ފަންނާނުންތަކެއް މިވަނީ ވަރަށް ހިތްގައިމު ލަވައެއް އުފައްދާފައެވެ. “ޤައުމީ ޓީމަށް ސާބަސް!” މި ނަމުގައި އުފައްދާފައިވާ ލަވައިގައި 2008 ވަނަ އަހަރު ސާފު ޗެމްޕިއަންކަން ދިވެހިން ހޯދުމުން އުފަންވި ލަވަތަކުގެ ތެރެއިން “ކެރި ފިސާރި ޖޯޝުގާ..” މި ލަވައިގެ ޅެންވެރިކަމާއި ގުޅުވާލާފައި ވުމާއި ވަކިން ޚާއްޞަކޮށް ޒަމާނީ ކުލަޖެހިފައިވާ ރާގަކަށް އަދި މިއުޒިކަށް ތައްޔާރުކޮށްފައިވާ މި ލަވަ ވަރަށްވެސް ހިތްގައިމެވެ.

 

ލަވައިގެ ރަހަ ރަނގަޅުކޮށް، މުނިއަވަސް ގެ ކިޔުންތެރިންނަށް ގެނެސްދިނުމަށްޓަކައި މުނިއަވަސް އިން މިވަނީ ލަވައަށް ވީޑިއޯ އެއް ތައްޔާރުކޮށްފައެވެ.

 

ފަޚުރުވެރި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް އައްސަރިބަހުން ސާބަސް ކިޔަމުން، މި ލަވަ ހުށައަޅާލާނަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top