ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެނާޖީ ޑްރިންކްތައް ބުއިމުން ހިތްހުއްޓުމުގެ ފުރުސަތު 11 ގުނަ އިތުރުވާކަމަށް ދިރާސާއަކުން ދައްކައިފި

ހަކަތަދޭ ބުއިންތައް (އެނާޖީ ޑްރިންކްސް) ބޭނުންކުރުމަކީ ކުއްލިއަކަށް ހިތްހުއްޓުމުގެ ނުރައްކާ 11 ގުނަ އިތުރުކޮށްދޭ ކަމެއް ކަމަށް ދާދިފަހުން ޝާއިއުކުރި ސައިންޓިފިކް ދިރާސާއަކުން ހާމަވެއްޖެއެވެ. މި ދިރާސާގެ ހޯދުންތައް ސައިންސް ޑެއިލީގައި ވަނީ ރިޕޯޓުކޮށްފައެވެ.

މި ދިރާސާ ކުރިއަށްގެންދިޔަ ސިއްހީ މާހިރުންނާއި ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި، ކެފެއިން އާއި ހަކުރު އަދި އެހެނިހެން މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭ އެނާޖީ ޑްރިންކްތައް ބުއިމުގެ ސަބަބުން، ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރު މަތިވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކުއްލިއަކަށް ހިތް ހުއްޓޭ (ކާޑިއެކް އެރެސްޓް) ހާދިސާތައް ރިޕޯޓުކުރެވޭ މިންވަރު އެހެން އާދައިގެ ބުއިންތަކާ އަޅާބަލާއިރު 11 ގުނަ އިތުރުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ދިރާސާގައި ބަލާފައިވަނީ ހަކަތަދޭ ބުއިންތައް ބުއިމަށްފަހު ސިއްހީ ކުއްލި ފަރުވާއަށް އެދި ހޮސްޕިޓަލްތަކަށް ގެންދެވުނު މީހުންގެ މައުލޫމާތަށެވެ. ހާއްސަކޮށް ޒުވާނުންނާއި، ކުރިން ހިތުގެ އެއްވެސް މައްސަލައެއް ނެތް މީހުންނަށް ވެސް މިފަދަ ބުއިންތައް ގިނައިން ބޭނުންކުރުމުން މި ނުރައްކަލާ ކުރިމަތިލާންޖެހޭ ކަމަށް ދިރާސާއިން ދައްކައެވެ.

މިފަދަ ބުއިންތަކުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ހިތުގެ މަސައްކަތަށް އާދަޔާ ހިލާފު ބާރުބޮޑުވެ، ހިތުގެ ތެޅުމުގެ ނިޒާމަށް ބުރޫއަރައެވެ. ހާއްސަކޮށް ކަސްރަތު ކުރުމުގެ ތެރޭގައާއި، ހަށިގަނޑުން ވަރުބަލިވެފައިވާ ވަގުތުތަކުގައި މިފަދަ ބުއިންތައް ބޭނުންކުރުމަކީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވުމަށް މަގުފަހިވާ ސަބަބެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

މި ހޯދުންތަކާ ގުޅިގެން ސިއްހީ މާހިރުން ވަނީ ހަކަތަދޭ ބުއިންތައް ބޭނުންކުރުމުގައި އާންމުން، ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިން، ސަމާލުވެ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ބުއިންތައް މާކެޓްކުރުމާއި ވިއްކުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެން ޖެހޭ ކަމަށްވެސް ދިރާސާ ކުރި ޓީމުން ވަނީ ލަފާދީފައެވެ.

މިވެސް ކިޔާލަން:  އޭއައިގެ އެހީގައި ހަދާ ލޭގެ ޓެސްޓަކުން ބަލިޖެހުމުގެ 15 އަހަރު ކުރިން ބަލިތައް ދެނެގަނެވޭ އީޖާދެއްކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top