ސުވާލު:
އަހަރެން އަބަދުވެސް ހުންނަނީ ހީސްލަވާހެން ހީވެފައެވެ. ވަރަށް ގިނައިން ހީސްލާން ވެސް ޖެހެއެވެ. ދުވާލަކު ކިތައް ފަހަރު ހީސްލާން ޖެހޭނެތޯ؟
ޖަވާބު:
އެވަރެޖްކޮށް ކޮންމެ އިންސާނަކު ދުވާލަކު 6 ނުވަތަ 8 ފަހަރު ކުޑަކަމުދާނެ އެވެ. 10 ވަރަކަށް ފަހަރު ކުޑަކަމުދިޔަޔަސް އެއީކީ އަދި މައްސަލައެއް ނޫނެވެ. ކުޑަކަމުދާން ޖެހޭ ހާލަތު ކުރިމަތިވަނީ އެތަކެއް ހާލަތުތަކެއް ގެ ސަބަބުންނެވެ. އޭގެ ތެރޭގައި ތިމާގެ އުމުރު، މަސާނާ (ބްލެޑަރ) ގެ ކުޑަބޮޑު މިން، އެތެރެ ކުރެވޭ ދިޔާތަކެތީގެ މިންވަރު، ކެފެއިން ހިމެނޭ ޒާތުގެ ބުއިންތައް ބޯ މިންވަރު ހިމެނެއެވެ. މިސާލަކަށް، ގިނަގިނައިން ކޮފީ ބޮއެ އުޅޭ މީހުންނަށް އަވަސް އަވަހަށް ކުޑަކަމުދާން ޖެހެއެވެ.
އާދަޔާޚިލާފަށް މާގިނައިން ކުޑަކަމުދާން ޖެހޭނަމަ، ޑޮކްޓަރަކަށް ދައްކަން ވާނެއެވެ. ރޭގަނޑު ދަންގަޑީގައި ދަށްބަނޑު ފަޅައިގެންދާވަރުވެގެން ނިދިން ހޭލެވި ފާޚާނާއަށް ދާންޖެހޭނަމަ، އޭގެ މާނައަކީ މަސާނާ ގެ މަސައްކަތް މާބޮޑަށް މައްޗަށް ޖެހުނީއެވެ. މަސާނާއަށް ބުރަބޮޑުވީ އެވެ. މާނައަކީ، މަސާނާގެ މަސްތަކުން އުފެދިފައިވާ ބިތްތައް ‘ތޮޅޭގޮތްވެ” ކުޑަކަމުދާން ބޭނުންވަނީ އެވެ. އެއީކީ މަސާނާގައި ކުޑަކަމުދާ ތަކެތި ގިނަވެގެން ކުރިމަތިވާ ކަމެއް ނޫނެވެ. މިކަން ހައްލުކުރުމަށް “ކޭގަލް ކަސްރަތު” ކުރެވިދާނެ އެވެ.
ކުޑަކަމުދާއިރު ނުވަތަ ކުޑަކަމުދިއުމަށްފަހުން، ދިލަނަގާ ނަމަ، އެއީ ޖަރާސީމު އުފެދިގެން (އިންފެކްޝަން އުފެދިގެން) ދިމާވާ ކަމަކަށް ވުން ގާތެވެ. މިފަދަ ސީރިއަސް ކަމެއް ކުރިމަތިވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދަންވާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި