އަރިއަތޮޅު ދެކުނުބުރީ އެއްލައިދޫ ރިސޯޓްގެ ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު މަރުވެއްޖެ އެވެ.
މިރޭ 9:55 ހައި އިރު ހިނގިކަމަށް ބެލެވޭ މި މާރާމާރީ ހިނގީ ލަންކާ ދެ މީހެއްގެ މެދުގަ އެވެ. މާރާމާރީ ހިނގީ ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 10:00 ޖަހަން އުޅެނިކޮށް ކަމަށެވެ. މާރާމާރީއާ ގުޅިގެން ފުލުހުންގެ ޓީމެެއް ވަނީ އެ ރިސޯޓަށް ގޮސްފައެވެ. މައްސަލައާ ގުޅޭ ހެކިތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ވަޅިން ހަމަލާދިނުމުން މަރުވި މީހާގެ ހަށިގަނޑު މިވަގުތު އޮތީ އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލްގައި ކަމަށްވެސް އެނގިފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން އަދި ކަށަވަރެއް ނުކޮށްދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!