ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕެޓްރޯލު ލިޓަރަކުން އެއް ރުފިޔާ، ޑީސަލުން ދެ ރުފިޔާ ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުތަނުން ހެޔޮކޮށްފި އެވެ. ޑީސަލް ލިޓަރަކުން ދެ ރުފިޔާ އަގުހެޔޮކޮށްފައި ވާއިރު ޕެޓްރޯލު ލިޓަރަކުން އެއް ރުފިޔާ މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

 

އެސްޓީއޯ އިން ބުނީ ތެލުގެ އަގަށް މި ގެނައި ބަދަލާއެކު، މީގެ ފަހުން ޑީސަލް ލިޓަރެއް 9.99ރ. އަށް ވިއްކާއިރު، ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.19ރ. އަށް ކަމަށެވެ.

 

މިއީ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް މިއަހަރު ގެނައި ފުރަތަމަ ބަދަލެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 70 ޑޮލަރަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top