ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ޅެންވެރިންގެ ބަހާރު ބާއްވައިފި

ދިވެހިރާއްޖޭގެ ތިރީސް ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ “ޅެންވެރިންގެ ބާހާރު” ގެ ނަމުގައި ބޭއްވި ޚާއްސަ ޙަފްލާގައި ގިނަ ޢަދަދެއްގެ ޅެންވެރިންނާއި އަދަބިއްޔާތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

 

ދިވެހި ބަހުގެ އެކެޑަމީން ސަލްޓަން ޕާރކުގައި ބޭއްވި ޅެންވެރިންގެ ބަހާރުގައި ޅެންވެރިންނަށް ހުޅުވާލައިގެން ޅެންކިޔުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިޔައެވެ. މީގެ އިތުރުން ދިވެހިން ކުރީގައި ޅެންބަސް ބޭނުންކޮށްގެން ބަހުސްކޮށް އުޅުނު ގޮތަށް ޅެން ބަހުސެއް ވެސް ބޭއްވުނެވެ.

 

މިއަހަރުގެ ޅެންވެރީންގެ ބަހާރު ޝަރަފްވެރި ކޮށްދެއްވީ ޅެންވެރިކަމާއި އަދަބީ ރޮނގުން ފާހަގަކޮށްލެވޭ އަދި ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާޞިލްކުރައްވާފައިވާ ޑރ. ޝަމްސުލް ފަލާޙު އެވެ. ރަސްމިއްޔާރު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ޑރ. ޝަމްސުލް ފަލާޙު ވިދާޅުވީ ޅެންވެރިކަމުގެ ސަބަބުން އާބަސްތައް އުފެދުމަށް މަގުފަހިވާކަމަށެވެ. މީގެ އިތުރުން ޅެންވެރިކަމާ ޤާނޫނީ ކަންކަމާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވެސް ފަލާހް ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ޅެންބަހުރުވައިން ކޯޓުތަކުގައި ކޮށްފައިވާ މުޢާމަލާތްތަކުގެ މައްޗަށް އޭނާވަނީ އަލިއަޅުއްވާލައްވާފަ އެވެ.

ޅެންވެރިންގެ ބަހާރު 2019 – ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ

ޅެންވެރިންގެ ބަހާރުގައި މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ އާއި ދިވެހިބަހުގެ އުސްތާޒު ޢަބްދުﷲ ސޯދިގުގެ އިތުރުން ގިނަ އަދަދެއްގެ މަޝްހޫރު ޅެންވެރިންވެސް ބައިވެރިވެލެއްވި އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top