ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖެ ޓީވީން ރިޒޯޓްތަކަށް ހުޅުވާލައިގެން ޓެލެޑްރާމާ މުބާރާތެއް ބާއްވަނީ

ރާއްޖޭގެ އެންމެ ގިނަބަޔަކު ބަލަމުން އަންނަ ޗެނަލް، ރާއްޖެ ޓީވީގެ ފަރާތުން ރިޒޯޓްތަކަށް ހުޅުވާލައިގެން ޓެލެޑްރާމާ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

“އިންޓަރ ރިޒޯޓް ޓެލެޓްރާމާ މުބާރާތް 2019″ގެ ނަމުގައި ރާއްޖެ ޓީވީން މުބާރާތެއް ބާއްވަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ އެ ސްޓޭޝަންގެ ޕްރެޒެންޓަރުން ހިމަނައިގެން ކުޅެފައިވާ ކުރު ޑްރާމާ އިޝްތިހާރެއް މެދުވެރިކޮށް ވަރަށް ފިލްމީ ގޮތެއްގައެވެ.

ރާއްޖެ ޓީވީގެ ނިއުސް އެންޑް ކަރަންޓް އެފެއާޒްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޢަބްދުﷲ ނަސީރު އިބްރާހީމް ފިރިހެން ލީޑް ކުޅެފައިވާއިރު، ޑްރާމާ އިޝްތިހާރުގެ އަންހެން ސަޕޯޓިން ލީޑުން ފެނިގެންދަނީ މީގެ ކުރިން އެ ސްޓޭޝަނުން އެކިއެކި މުނާސަބާތަކާއި ގުޅުވައިގެން ތައްޔާރުކޮށްފައިވާ ޑްރާމާ އިޝްތިހާރުތަކުން ފެންނަ ސިމާހާ ނަސީމެވެ. ސިމާހާ ނަސީމަކީ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ޕްރޮގްރާމެއް ގެނެސްދިނުމުގައި ފާހަގަކޮށްލެެވޭ ނޫސްވެރިއެއް ނަމަވެސް، ސިމާހާގެ މޮޅު އެކްޓިން އޭނާ އަންނަނީ ދައްކަމުންނެވެ.

މިފަހަރު ރާއްޖެ ޓީވީން އާއްމުކޮށްފައިވާ ޑްރާމާ އިޝްތިހާރުގެ އަންހެން ލީޑުން ފެނިގެންދަނީ އެ ސްޓޭޝަންގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކުން ފެންނަ ރިފްޤާ ޢަބްދުލް ވައްޙާބެވެ. ރިފްޤާ އަކީ ފިލްމީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ “ކުލަސްކްރީން” ހުށައަޅައިދޭ މޮޅު ޕްރެޒެންޓަރެކެވެ.

ރާއްޖެ ޓީވީން އުފައްދާ މިފަދަ ވީޑިއޯ ޑްރާމާ އާއި ލަވަތައް ޑައިރެކްޓްކުރުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެ ސްޓޭޝަންގެ ވަރަށް ސީނިއާ މުވައްޒަފެއް ކަމަށްވާ އާމިރު ސަލީމެވެ. އާމިރު ސަލީމަކީ ރާއްޖެ ޓީވީގެ އެންމެ މަޤްބޫލު އެއް ޕްރޮގްރާމް “ފަށާއިރު” ގެ ލީޑް ޕްރެޒެންޓަރެވެ.

ރާއްޖެ ޓީވީގެ “އިންޓަރ ރިޒޯޓް ޓެލެޑްރާމާ މުބާރާތް 2019” ން އެއްވަނައަށްދާ ޑްރާމާއަށް އެއްލައްކަ ރުފިޔާ ހުށައަޅާފައިވާއިރު، އިތުރު ވަނަތަކަށްވެސް ބޮޑެތި އިނާމުތަކެއް ކަނޑައެޅިފައިވާކަމަށް މަޢުލުމާތު ލިބެއެވެ.

https://www.facebook.com/RaajjeTelevision/videos/1853882641384348/UzpfSTEwMDAwMDQxMDkzMTcyMjoyMzIxMDU4NDUxMjUxMTYz/?fref=search&__tn__=%2Cd%2CP-R&eid=ARDMnmDMuyKLkAwCBHlMteVhEbRPYwJp1Rmq3Gpe5dgkco-SsAizq2boL71907m330HRg987yy5m7avL

 

ކަވަރފޮޓޯ: ރާއްޖެ ޓީވީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top