އައިޓީބީގެ ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށް މަޝްހޫރު މިއުޒިކް ބޭންޑް އިކުއެޓިކް ވައިބް ބޭންޑުން ”މަގޭ ރާއްޖެ“ގެ ނަމުގައި ޚާއްސަ ލަވައެއް ލޯންޗުކޮށްފިއެވެ.
އިކުއެޓިކް ވައިބްގެ މިއުޒިކަށް އަމިއްލަ ރާގަކަށް ހަދާފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ ޝަންމޫން މުޙައްމަދުއެވެ. މި ލައިވައިން ރާއްޖޭގެ ޙަޤީޤީ ރީތިކަން ފެނިގެންދަނީ ފުރިހަމަ ޅެންވެރިކަމާއި ގްރެފައިޓް އައިލެންޑް ގެެ ވީޑިއޯ މަސައްކަތުންނެވެ.
”މަގޭ ރާއްޖެ“ ލަވައިގެ މަންޒަރުތައް ޝޫޓްކޮށްފައި ވަނީ އައްޑޫ ސިޓީ އާއި އއ. އަތޮޅުގެ އިތުރުން ހއ. އަތޮޅުގައެވެ.
ޖަރުމަނުވިލާތުގެ ބާލިން ގައި ކުރިއަށްދާ އައިޓީބީ ފެއަރ އަށް ޒިޔާރަތްކުރި ގިނަ ބަޔަކަށް މި ލަވަ ކަމުގޮސްފައިވާއިރު ލަވައިގެ މަސައްކަތް އެއްކޮށް ނިންމާލުމަށްޓަކައި ތިން މަސް ހޭދަވި ކަމަށް އެ ބޭންޑުން ބުނެއެވެ.
މި ލަވައިގައި ބޮޑަށް ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުގެ ހިތްގައިމު ރީތި މަންޒަރުތަކެވެ. ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތަކާއި ރަށްތަކުގެ ފަޅާއި ފަރުގެ ދިރުން މި ލަވައިން ވަރަށް ބޮޑަށް ފެނިގެންދެއެވެ.

އިކުއެޓިކް ވައިބް ބޭންޑަކީ މީގެ ކުރިން ވެސް އައިޓީބީ ފެއަރގައި ރާއްޖެ ތަމްސީލު ކޮށްފައިވާ ބޭންޑެކެވެ. މި ބޭންޑުގައި ޖުމްލަ ފަސް މެމްބަރުން ހިމެނޭއިރު ބޭންޑު އުފައްދާފައި ވަނީ 2010 ވަނަ އަހަރުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




