ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކްޓަރ، ޕްރޮޑިއުސަރ އަފްރާހް ނިޔާވެފައި އޮއްވާ ފެނިއްޖެ

އެކްޓަރ، ޕްރޮޑިއުސަރ މުޙައްމަދު އަފްރާހް ޙަސަން މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އަފްރާހް ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ނިދާ ނުތެދުވެގެން އޭނާއަށް ގޮވަން ދިޔައިރު އެވެ. އެއީ ހެނދުނު 11:00 އެހާކަށްހާ އިރު އެވެ.

އަފްރާހްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ތ. ތިމަރަފުއްޓަން އުފަން އަފްރާހް ވަނީ 90 ގެ އަހަރުތަކާއި 2000 ގެ ކުރީކޮޅާ ހަމައަށް ފިލްމުތަކާއި ޑްރާމާތަކުގައި ސައިޑް ރޯލްތަކެއް ކުޅެފަ އެވެ. ފިލްމީ މަސައްކަތާ އަފްރާހް ދުރަށް ޖެހުނީ ކައިވެނިކުރި ފަހުންނެވެ.

ދާދި ފަހުން ރިލީޒްކުރި ފިލްމު “ލޯތްބަށްޓަކައި” ޕްރޮޑިއުސްކުރި އަފްރާހަކީ ސްލޭމް ސްޓޫޑިއޯގެ ގިނަ ފިލްމުތަކެއްގައި އެކްޓްކުރި ފަންނާނެކެވެ. މީގެ އިތުރުން ގިނަ ފިލްމުތަކެއް އުފެއްދުމުގައި ފިލްމު ކްރޫތަކުގައިވެސް ހަރަކާތްތެރިވި ފަންނާނެކެވެ.

އަފްރާހް އެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ބިރުވެރި ފިލްމު “ޖިންނި” ފާހަގަކޮށްލެވެ އެވެ.

އުމުރުން 45 އަހަރުގެ އަފްރާހްގެ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top