ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެކުނު އޭޝިއާގެ އަދަބީ މަހާސަމާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފި

2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 އިން 20 އަށް އިންޑިއާގެ ނިއު ދިއްލީގައި އޮންނަ ދެކުނު އޭޝިއާގެ އަދަބީ މަހާސަމާގައި (ސައުތު އޭސިއަން ލިޓްރޭޗަރ ފެސްޓިވަލުގައި) ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން އާއްމުކޮށް ހުޅުވައިލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ކޮށްފައިވާ އިޢުލާނެއްގައި ބުނީ 2019ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18އިން 20އަށް އިންޑިއާގެ ނިއު ދިއްލީގައިއޮންނަ ދެކުނު އޭޝިއާގެ އަދަބީ މަހާސަމާގައި (ސައުތު އޭސިއަން ލިޓްރޭޗަރ ފެސްޓިވަލުގައި) ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީއަށް ލިބިިފައިވާކަމަށެވެ. އެކެޑަމީން ބުނީ މި ފުރުޞަތު ލިބުނީ މި މަހާސަމާ އިންތިޒާމު ކުރައްވާ ޖަމުއިއްޔާ ކަމުގައިވާ ފައުންޑޭޝަން އޮފް ސާކް ރައިޓާރސް އެންޑް ލިޓްރޭޗަރ އިން ކަމަށެވެ.

މި މަހާސަމާގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރު ޚަރަދު ފިޔަވައި ކެއުމާއި ހުރުމުގެ ޚަރަދަކީ މަހާސަމާ އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދެއްވާނެ ޚަރަދުތަކެއްކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މި މަހާސަމާގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2019 މޭ 26ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ދިވެހިބަހުގެ އެކެޑަމީއަށް ލިޔުމުން ހުށަހެޅުން އެދެއެވެ. ލިޔުމުން ހުށަހަޅާ އިރު މި އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާ މައުލޫމާތު ފައިލުގައި ހިމެނޭ ހުރިހައި ބައިތައް ފުރިހަމަކޮށް، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ވެސް ހުށަހަޅަންވާނެކަމަށް ވެސް ބުނެފައިވެއެވެ. ލިޔުންތައް ހުށަހަޅާނީ [email protected] އަށެވެ.

މި މަހާސަމާގައި ބައިވެރިވުމާގުޅޭ އިތުރު މައުލޫމާތު ހޯދަން ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު 3028018 ފޯނާ ގުޅުމަށް ވެސް އެކެޑަމީން އެދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top