ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކޮސް ގިނަ މިސްޓޭކް”ގެ ޝޫޓިން ފަށައިފި

ވީމީޑިއާ އޮރިޖިނަލްސް އިން އުފައްދާ ދެވަނަ ފީޗާ ފިލްމު “ކޮސް ގިނަ މިސްޓޭކްް”ގެ ޝޫޓިން މިއަދު ހެނދުނު އދ. ފެންފުށީގައި ފަށައިފިއެވެ. ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރ އިސްމާޢީލް ޝަފީޤް ބުނީ ލޯބީގެ ހެއްވާ މަޖާ ފިލްމު ”ކޮސް ގިނަ މިސްޓޭކްް“ގެ ޝޫޓިން ރޭވިފައިވާގޮތަށް މިއަދު ފެށިފައިވާކަމަށެވެ.

ފިލްމު “ކޮސް ގިނަ މިސްޓޭކްް”ގެ ފުރަތަމަ ދުވަހުގެ ޝޫޓިން ވީޑިއޯކޮޅެއް ފިލްމުގެ ފޭސްބްކް ޕޭޖްގައި ވެސް އާއްމުކޮށްފައިވެއެވެ. އެ ވީޑިއޯކޮޅުން ފެންނަނީ މުންޑަކާއި ގަންޖުފަރާހެއް ލައިގެން ހުރެ، ހަރު ހިނގުމެއްގައި ގެއަކުން ނިކުމެގެން ހާމިދު އަންނަ މަންޒަރެއް ނަގަމުންދާތަނެވެ. ފުބޫ އާއި ނަވާލްވެސް މަންޒަރުން ފެނެއެވެ. ފިލްމުގެ ކެމެރާމަން އާއި ޑައިރެކްޓަރ ޔޫއްޕެގެ މަސައްކަތްވެސް މި ޝޫޓިން ވީޑިއޯއިން ފެނިގެންދެއެވެ.

https://www.facebook.com/kosginamistake/videos/1144845289058583/

ފިލްމުގައި މަޝްހޫރު ގިނަ ތަރިންތަކެއް ހަރަކާތްތެރިވާއިރު މުހިންމު 13 ތަރިން ފިލްމުން ފެނިގެންދާނެއެވެ. އެގޮތުން ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް ހިމެނެއެވެ.

މި ފިލްމުންވެސް މި ދާއިރާއަށް ހިތްގައިމު މޫނެއް ފެނިގެންދާނެ، ފިލްމުގެ ފޭސްބްކް ޕޭޖަށް އިއްޔެ ކޮށްފައިވާ ޕޯސްޓަކުން އެނގެއެވެ. އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ކުޅޭނީ މަލިކާގެ ރޯލުކަމަށް ބުނެ އާ މޫނެއް ދައްކާލާފައިވެއެވެ.

އާއިޝަތު ލަހުފާ މުޙައްމަދު (ލަހޫ) ކުޅެނީ މަލިކާގެ ކެރެކްޓަރ – ފޮޓޯ: ކޮސް ގިނަ މިސްޓޭކް

ކޮސް ގިނަ މިސްޓޭކް“ އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ނޮވެމްބަރު މަހުގައެވެ.

ކޮސް ގިނަ މިސްޓޭކްް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top