ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލީކްކޮށްލިތާ ހަތަރު ދުވަސްފަހުން “ލީނާ” ބައިސްކޯފަށް

ޔޫޓިއުބްގައި ލީކްކޮށްލާފައިވާ ޢަބްދުﷲ މުއާޒް (މުއާ)ގެ ފިލްމު “ލީނާ” ބައިސްކޯފަށް ލައިފިއެވެ. މި ފިލްމު ބައިސްކޯފަށް ލާފައި މިވަނީ ފިލްމު ލީކްކޮށްލިތާ ހަތަރުވަރަކަށް ދުވަސް ފަހުންނެވެ.

މިދިޔަ ޖުލައި މަހު 23 ގައި ނެރެފައިވާ ފިލްމު “ލީނާ” ލީކްކޮށްލާފައި ވަނީ ކާކުކަން ނޭގޭ ކަމަށް މުއާޒް ވަނީ ބުނެފައެވެ. ލީކްވެފައިވާ ކޮޕީގައި އިނގިރޭސި ބަހުން ޖަހާފައިވާ ވޯޓަރމާރކް ގައި ވަނީ ފިލްމުގެ އެއް ޕްރޮޑިއުސަރު ސައްޔާޙް ޢާއްބާސްގެ ނަމެވެ.

ދިވެހި ފިލްމު ލިނާ އަކީ މުއާޒް ޑައިރެކްޓު ކޮށް ބެލުންތެރިންނާ ހިސާބަށް ގެނެސްދިން ފުރަތަމަ ފިލުމެވެ. ފިލްމު ލީކްވިޔަސް އެކަން ފުލުހުންނަށް ހުށައަޅަން މުއާޒް ބޭނުންނުވާކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. މުއާޒް އާއި ހަވާލާދީ ބުނެފައިވަނީ ރާއްޖޭގެ ޤާނުނު އޮތް ގޮތުން ތަޙްޤީޤު ކުރުމަކީ ބޭކާރުކަމެއް ކަމަށާއި ތަހުޤީޤު ކޮށްގެން އެކަން ކުރި މީހަކު ހޯދޭނެ ގޮތެއްވެސް އަދި އެމީހުންނަށް ލިބޭނެ އަދަބެއް ވެސް ނޯންނާނެ ކަމަށެވެ.

”ލީނާ“ގައި ފިލްމުގެ މެއިން ކެރްކްޓާ ލީނާ (އައްޒަ)ގެ ހަޔާތުގައި ދިމާވާ ތަފާތު ކަންތައްތަކެއް މި ފިލްމުން ދައްކުވައިދެއެވެ. މި ފިލްމުގައި މުއާ އާއި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޒީނަތު އައްބާސް، އަޙްމަދު ސައީދު، އަޙްމަދު އީސާ (އާނަންދު)، ރިއްޕެ އަދި މަރިޔަމް ހަލީމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top