މިހާތަނަށް އައި އިރު އިންސާފުވެރިކަމާއެކު ޖަޖް ކުރެވި އެވޯޑް ދެވިފައިވަނީ މަދުފަހަރަކު ކަމަށާއި ދިވެހި ފިލްމް އެވޯޑަށް އެއްވެސް ވަރަކަށް “ލުކް ފޯވާޑް” ނުކުރާކަމުގައި ކާމިޔާބު ޑައިރެކްޓަރ ނަހުލާ ބުނެފިއެވެ.
ފިލްމް އެވޯޑް ޖަޖް ކުރުމުގައި ޒާތީވުމާއި ބައެއްގެ ނުފޫޒު ފޯރުވުން މީ ގިނަ އެވޯޑް ތަކުގެ ހަގީގަތް ކަމަށާއި އެކަން އެންމެ ފަހުގެ އެވޯޑްގެ މާކްސް ޝީޓަށް ބަލާލުމުން އެނގޭކަމަށް ނަހުލާވަނީބުނެފައެވެ. އެންމެ ފަހުން ބޭއްވި ފިލްމް އެވޯޑްސްގައި ނަހުލާގެ 4426 އަށް މާކްސް ދިނުމުގައި ޒާތީވެފައިވާކަމަށާއި ނުފޫޒް ފޯރުވާފައިވާކަމަށް ތަކުރާރު ކޮށް ބުނެ ނަހުލާގެ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައިވަނީ 4426 އަށް މާކްސް ދީފައިވާގޮތުގެ ޝީޓެއްވެސް ޕޯސްޓްގައި އެޓޭޗްކޮށްފައެވެ.
ނަހުލާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އޭނާގެ ފިލްމްތައް، ފިލްމް އެވޯޑުގައި ބައިވެރި ކުރަނީ ހަމައެކަނި ފިލްމްތަކުގައި މަސައްކަތް ކުރާ ބައިވެރިންގެ ހައްގުގައި ކަމަށާއި އެހެންނަމަވެސް އެއިން ބައިވެރިއަކަށް ނަހުލާގެ ފިލްމަކުން އެވޯޑެއް ލިބުމަކީ ނާދިރު ކަމެއް ނަމަވެސް އެއިން ބައިވެރިއަކަށް އެވޯޑު ނުލިބުނީ ނަހުލާގެ ސަބަބުން ކަމުގައި ބުނުމުގެ ފުރުސަތު ނުދޭން ކަމަށެވެ.
އެންމެ ފަހުން ބޭއްވި ފިލްމް އެވޯޑްސްގައި ނަހުލާގެ 4426 ބައިވެރިކޮށް ހުރިހާ ޖަޖުން ރަނގަޅަށް މާކްސް ދިން އިރު ‘ޖަޖް ޖީ’ ގެ ނަމުގައި ޖަޖް ކުރި ޖަޖް ވަނީ އެފިލްމް އެވަރޭޖް ދަށްކޮށްލައިފައި ކަމަށް އޭރުވެސް ނަހުލާވަނީ ބުނެފައެވެ.
“އެންމެ ފަހު އެވޯޑްގެ މާކްސް ޝީޓް ބަލައިލުމުން އެކަން ސާބިތުވޭ. އެހެން ހުރިހައި ޖަޖުން ރަނގަޅަށް މާކްސް ދިން އިރު ޖަޖް ޖީ، ފިލްމުގެ އެވަރެޖް ދަށްކޮށްލައި ނޮމިނޭޝަން އާ ހިސާބަށްވެސް ދިޔަ ނުދިނުމަށް ހިފާލާފައި ވާވަރު ފެންނަން އެބަ އޮތް.” ނަހުލާގެ ޕޯސްޓްގައި ބުނެފައިވެއެވެ.
“މިކަން މިހެން ކޮށްލި އިރު މިކަން ބަލަހައްޓާނެ ފަރާތެއް، އިންތިޒާމުކުރާ ފަރާތުން ކަނޑައަޅާފަ ވެސް ނެތް. އޮޑިޓް ފާރމަކަށް ދީގެނޭ މިކަން ކުރީ ބުނުމަކުން ނިމުނީއެއް ނޫން. މާކްސް ތައް ހަމައެކަނި އެޑްކޮށްލުމަކުން ނުފުދޭ. މީ ނޭޝަނަލް އެވޯޑް، ބަޖެޓެއް އޮތީތީ މިކަން ކޮށްލުމުގެ ނިޔަތުގަ އެންސީއޭ އިން މިކަން ކުރުމަކީ ވަރަށް ބޮޑު ގޯހެއް.” ސީރިއަސް ތުހުމަތު ތަކެއް ނަހުލާ ކޮށްފައިވެއެވެ.
“އެންމެ ފަހު އެވޯޑްގައި އަޅުގަނޑުގެ ވަރަށް ވަރަށް ގާތް ދެ އެކުވެރިން ތިބި ޖަޖުންނަށް (މީ އަޅުގަނޑުގެ ކޮންމެ ފިލްމެއްގައިވެސް ވޯރކް ކޮށްދޭ ގާތް މީހުން). އޭގެ އެކަކު 4426 ގަ މަސައްކަތް ވެސް ކުރި. އަޅުގަނޑަކީ ޖަޖުން ހޯދާ އެވޯޑަށް ނުފޫޒުފޯރުވާ އުޅޭ މީހެއް ނޫން ވީމަ އެކަން އެނގުނީ އެވޯޑް ނައިޓްގަ. އެންމެ ހައިރާންވާން ޖެހުނު ކަމަކީ އެވޯޑް ނައިޓަށްފަހު، މި ދެމީހުން ވީނުވީއެއް ނޭނގި އަޅުގަނޑާ އެކީގަ ގުޅުން ކަނޑާލާފައި ވާކަން. މިހާތަނަށް އެންމެ ފަހަރަކުވެސް އެއްވެސް އެހެން މަސައްކަތެއްގަވެސް އެމީހުންނާ ކޮމިއުނިކޭޓްވެސް ނުކުރެވޭ. މީވެސް ކިހާބޮޑު އަޖައިބެއް. މިހާ އަންޕްރޮފެޝަނަލް މީހުން ލައްވާ ޖަޖުކޮށްގެން ރަނގަޅު ނަތީޖާއެއް ނެރެވޭނެބާ؟ އަދި އެންމެ ހިތާމަވެރި ކަމަކީ ޖަޖުކޮށް ނިމުމަށްފަހު އެންސީއޭ އަށް ޖަޖުކުރަން ދިން ފިލްމުގަނޑުވެސް ވިޔަފާރިކޮށްކޮށް އޮއްވާ ލީކްކޮށްލާފަ ވާކަން. އަދި މައްސަލަ ބަލަން އެންސީއޭ އާ އަދި ޕޮލިސް ވެސް އުޒުރުވެރިވެފައި ވާކަން.” 2012 ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލް ހުޅުވައިދިނުމަށް ‘ކެންޑްލް ރޯކޮށްދިން’ ދިވެހި ފިލްމު ޑައިރެކްޓަރ ނަހުލާ ބުންޏެވެ.
ފިލްމު އެވޯޑްސްއާ މެދު ނަހުލާގެ ކަންބޮޑުވުންތައް މީގެ ކުރިން ބަންޑުންކޮށްލީ އެވޯޑްގެ ފަހުންނެވެ. ނަމަވެސް މިފަހަރު މިވަނީ އެވޯޑްގެ ކުރިން، ސީރިއަސް ވާހަކަތަކެއް ތިލަކޮށްލާފައެވެ.
އަށްވަނަ ފިލްމު އެވޯޑަށް ނޮމިނޭޓް ވެފައިވާ މަޤާމުތައް އިޢުލާނުކުރުމާއި އެކު ދިވެހި ފިލްމު އިންޑަސްޓްރީ ގެ ފަންނާނުންނާއި ފިލްމު ބެލުންތެރިންވެސް ވަނީ ހިތްހަމަނުޖެނުން ފާޅުކޮށް ނޮމިނޭޝަންތައް އިންސާފުވެރި ނޫންކަމަށްބުނެ މީސްމީޑިޔާގައި ނުރުހުން ފާޅުކޮށްފައެވެ.
4426 ގައި ބެލުންތެރިން ސިއްސައިގެންދާ ފަދަ ކުޅަދާނަ އެކްޓިންއެއް ދައްކާލި ބަޠަލާ މަރިޔަމް އައްޒަ ނޮމިނޭޓްވެސް ނުވުމުން މުޅި ސޯޝަލް މީޑިއާގައި އޭރު ފިލްމު އެވޯޑަށް ބޮޑެތި ފާޑުކިޔުންތަކެއްވަނީ އަމާޒުވެފަ އެވެ.
މަންޖޭ ނަހުލާ ވާހަކައެއް ބުނަން ހެއްޔެވެ. ކޮންމެ ފަހަރަކު އެވޯޑް ލިބެން ޖެހެނީ ހަމައެކަނި ތިބޭފުޅާ އުފައްދާ ފިލްމުތަކަށްތޯ އެވެ. ތިބޭފުޅާ ހަދާ ފިލްމުތަކުގައި އަސަރު ހުއްޓަސް ފިލްމުތައް ޖަޖު ކުރުމުގައި ބަލާ ކަންތަތައްކަށް ރިޔާޔަތްކުރާއިރު، މިހާރު އަލަށް ފިލްމުހަދާ ފަރާތްތަކާ ފައިހަމަވެސް ކަނބުލޮގެ އުފެއްދުންތަކަށް ކޮށްނުލެވެއެވެ. އަނެއްކޮޅުން އިރެއްގައި ކަނބުލޮއަށް އެވޯޑް ލިބުނު ގޮތްވެސް މަމެންނަށް ފިސާރި ރަނގަޅަށް އެނގެއެވެ. އަނެއް ވާހަކައަކީ ކިތަން މޮޅުކަމަށް ދައްކަން އުޅުނަސް އައްޒަގެ އެއްވެސް އެކްޓިންއެއް މޮޅެއް ނޫނެވެ. އައްޒަގެ އެކްޓިންގައި އަސަރެއް، އައްލުކަމެއް ނުހުރެއެވެ. އައްޒައަށްވުރެން ނުޒުހަތު ގެ އެކްޓިން ވެސް މާމޮޅެވެ.
