ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ސެންޓޭއާ ރިޒޭ އަލުން ގައުމީ ސްކޮޑަށް

އީގަލްސްގެ ދެ ފޯވަޑުން ކަމަށްވާ، އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) އަލުން ގައުމީ ޓީމުގެ ސްކޮޑަށް ނަގައިފި އެވެ. މި ދެކުޅުންތެރިން އަލުން ސްކޮޑަށް ނެގީ މިދިޔަ މަހު ގުއާމް އާ ދެކޮޅަށް ކުޅެން ސްކޮޑަށް ނެގުމުން ޓީމާއެކު ނުދިޔަ މައްސަލައިގައި މާފަށް އެދުމުންނެވެ.

ކޮލިފައިންގައި ރާއްޖެ އަންނަ މަހު 14 ވަނަ ދުވަހާއި 19 ވަނަ ދުވަހު މާލޭގައި ފިލިޕީންސާއި ގުއާމާ ދެކޮޅަށް ކުޅޭ ދެ މެޗަށް ގައުމީ ޓީމު ސްކޮޑު މިރޭ ޓްރެއިނިން ކޭމްޕްގައި މެލޭޝިއާ އަށް ފުރާނެ އެވެ.

ޓީމާއެކު ނުދިއުމުން އެފްއޭއެމުން ވަނީ ކޮންމެ ކުޅުންތެރިޔަކު 50،000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top