ތުރުކީ އެއަރލައިންގެ ޕައިލެޓަކު އޭނާގެ ޓީޗަރެއް ރޮއްވައިލީ ދަތުރަށް ފުރަން ތައްޔާރުވެފައި އޮތް މަތިންދާބޯޓުގައި އިންދައެވެ. ޕައިލެޓް އަމަލުކުރިގޮތުން ރޮވުނީ ޓީޗަރަށް އެކަންޏެއް ނޫނެވެ. ފަސިންޖަރުންގެ ތެރެއިންވެސް އެތަކެއް ބަޔަކު ރުޔެވެ. ލޮލުން ކަރުނަ ނުހިލޭ ހަމަ އެންމެ ފަސިންޖަރެއްވެސް ނެތެވެ.
ޕައިލެޓްގެ މި ސަޕްރައިޒަކީ ހިތަށް ފިނިކަން ލިބިގެންދިޔަ ބޮޑު ސަޕްރައިޒެކެވެ. މުދައްރިސަކަށް ލިބިގެންދާނެ އެންމެ ބޮޑު ސަޕްރައިޒްގެ ނަމޫނާ މިވަނީ ވީޑިއޯކޮށް 2018 ގައި ވައިރަލްވެސް ކޮށްލާފައެވެ.
މިފަދަ ވީޑިއޯތަކަކީ ހަމަ ގައިމުވެސް އެ ވީޑިއޯ ބަލައިލުމުން ކަރުގައި ލަނގޮނޑި ތާށިވާވަރުގެ އުފާވެރި މަންޒަރެއް ފެނިގެންދާނެ ވީޑިއޯ އެކެވެ.
މި ވީޑިއޯއިން ފެނިގެންދަނީ މުދައްރިސަކަށް، އޭނާގެ ދަރިވަރުންގެ ފަރާތުން ލިބިގެންދާނެ އެންމެ އުފާވެރި އެއް ހަދިޔާއެވެ. އަގުބޮޑު އެއްޗެއް ނުދިނަސް، ދިއްކޮށްލި މާބޮނޑި ނުލިބުނަސް، ޕައިލެޓް ދެއްކި ވާހަކަތަކުންވެސް އެންމެންގެ ހިތްތައް ރޮއްވައިލީ އުފާވެރިކަމުގެ ޖަޒުބާތު ކެކި އެރުމުންނެވެ.
މިއީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ޕައިލެޓާއި އޭނާގެ ފަޅުވެރިން ގުޅިގެން ކޮށްފައިވާ ވަރަށް ކުޑަކުޑަ، އެހެނަސް އެހާމެ ބޮޑުކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި