♫🌟އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ ހިތަށް އަރަނީ ތަކޭ ފަރި ވަނާ
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ
ބަލަން އޮވެގެން މަ ކީމޭ ސަނާ🌟♫
އުޑުންތަރިތަކެއް ފެންނަ ހިސާބެއްގައި ނެތަސް، ތަރިތަކެއް ނުފެނުނަސް، ދިވެހި ލަވަތަކުން އެންމެ ހިތްގައި އެއްލަވަ ”އުޑުން ތަރިތައް“ ލަވައިގެ އިންސްޓްރޫމެންޓަލް ކަވަރގެ އަޑުއަހައިލުމުންވެސް ސަނާ ކިޔޭހައިވެއެވެ. މިއަދު ލަވަފޮށްޓަށް ނެރެފައިވާ އަކްޘަމް މަޢުމޫންގެ ”އުޑުން ތަރިތައް“ ކަވަރ އަކީ އަޑުއަހައިލަން ވަރަށް ހިތްގައިމު އިންސްޓްރޫމެންޓަލް މިއުޒިކް ޓްރެކެކެވެ.
”އެއީ ރާއްޖޭގެ ލަވަތަކުން އަހަރެންގެ އެންމެ ފޭވަރިޓް އެއްލަވައަށް ވެފައި އޭގެ ތެރެއިން އެއް ލަވައަށް އަހަރެން ކަވަރ އެއް ހަދަން ބޭނުންވީ.“ އިންސްޓްރޫމެންޓަލް ކަވަރއެއް ނެެރުމަށް ”އުޑުން ތަރިތައް“ ޚިޔާރުކުރީ ކީއްވެގެންތޯ އަހައިލުމުން އަކްޘަމް ބުންޏެވެ.
ކުރިއަރަމުން އަންނަ ރެކޯޑް ލޭބަލް ޑީބީ ރެކޯޑްސްގެ މި ހިތްގައިމު ކަވަރ، މިހާރު ލަވަފޮށިން އަޑުއަހައިލެވޭނެެެއެވެ.
ޑީބީ ރެކޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!




